އިބްނު ރަޖަބް އަލްޙަންބަލީ ވިދާޅުވިއެވެ
އިބްނު ރަޖަބް އަލްޙަންބަލީ ވިދާޅުވިއެވެ:
”މިޙަދީޘާކީ {ޔަޙްޔާ ބުނު ސަޢީދް އަލްއަންޞާރީ} އެކަހެރިކަމާއި އެކު، {މުޙައްމަދު ބުނު އިބްރާހީމް އައްތައިމީ} އަރިހުން، {ޢަލްޤަމަތު ބުނު އަބީ ވައްޤާޞް އައްލައިޘީ} އަރިހުން {ޢުމަރު ބުނުލް ޚައްޠާބް} އަރިހުން އެކަނި އައިސްފައިވާ ޙަދީޘެކެވެ.
އަދި މިއަށް އިތުރު ރާސްތާއެއް ޞައްޙަ ކޮށެއް ނުވެއެވެ. ޢަލީ އިބްނު އަލްމާދީނީ އާއި އެނޫން ބޭފުޅުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. އަދި އަލްޚައްޠާބީ ވިދާޅުވިއެވެ: 'މިކަމުގައި ޙަދީޘް ޢިލްމުވެރިންގެ މެދުގައި ޚިލާފެއްވާ ކަމަކަށް އަހަރެންނަކަށް އެނގިފައި ނުވެއެވެ.' އެއީ އަބޫ ސަޢީދު އަދި އެނޫން ބޭކަލުންގެ މަގުން މިޙަދީޘް ރިވާވެފައިވާ ހިނދުގައެވެ. ބުނެވެއެވެ: ވަރަށް ގިނަ މަގުތަކުން މިޙަދީޘް ރިވާވެފައި ވެއެވެ. އެހެނަސް އެއިން އެއްވެސް އެއްޗެއް ޙުއްފާޡުންގެ އަރިހު (އެބަހީ: ޙަދީޘް އިމާމުންގެ އަރިހު) ޞައްޙަ ވެގެން ނުވެއެވެ.
ދެން (ޔަޙްޔާ ބުނު ސަޢީދް) އަލްއަންޞާރީ ގެ އަރިހުން އެތަކެއް ބަޔަކު މިޙަދީޘް ރިވާކުރިއެވެ. ބުނެވެއެވެ: ދުވިސައްތަ އައްވުރެ މީހުން އެކަލޭގެފަނުގެ އަރިހުން މިޙަދީޘް ރިވާކުރިއެވެ. އަދި ބުނެވެއެވެ: އެކަލޭގެފާނުގެ އަރިހުން ހަތްސަތޭކަ މީހުން މިޙަދީޘް ރިވާކުރިއެވެ. (އިބްނު ޙަޖަރުގެ ތަޙްޤީޤުގައި މިއަދަދު ތަކުގެ ޞައްޙަ ކަމާއިމެދު ސުވާލު ކުރެއްވިއެވެ. އަދި އޭގެ މަގުތައް ހަތްދިހަ އާއި ގާތްކަމަށް ވިދާޅުވިއެވެ. އަދި (އަލްފަތަޙް) ގައި ސަތޭކަ ހަމަނުވެވޭ ވިދާޅުވިއެވެ.)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.