16. އުއްމު މަޢްބަދް ގެ ޙަދީޘް [ޟަޢީފު]
➋
16. އުއްމު މަޢްބަދް ގެ ޙަދީޘް [ޟަޢީފު]
17. އިރު ތިމަންކަލޭގެފާނު ގެ ކަނާތަށް ތިޔަބައިމީހުން ގެނެސް، ހަނދު ތިމަންކަލޭގެފާނުގެ ވާއަތަށް ގެނެޔަސް.. [ޞައްޙައެއް ނޫން]
18. ނަބިއްޔު ﷺ ގެ މައިންބަފައިން ދިރުއްވި، ދެން އިސްލާމްވެ، އެއްފަހު ރުޖޫޢަވެވުނުކަމަށް [ދޮގު]
19. އަބޫ ޠާލިބު އިސްލާމްވީ ކަމަށް [ދޮގު]
20. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިކަމަށް: ޔާ ﷲ ދެޢުމަރުން ކުރެ އިބަ އިލާހު އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ޢުމަރަކުން، އިސްލާމް ދީން ޢިއްޒަތް ކުރައްވާށި [ޞައްޙައެއް ނޫން]
21. ޚަދީޖާ عليها الصلاة والسلام ކައިވެނި ބައްލަވައިގަތްހިނދު އެކަމަނާގެ އުމުރަކީ ވަކި މިވެނި ޢުމުރެއް ކަން [މިކަމުގައި އެއްވެސް އެއްޗެއް ޞައްޙަ ވެގެން ނުވޭ]
އަދި އެކަމަނާގެ ޢުމުރުފުޅާއިމެދު އައިސްފައިވާ (ބަލިކަށި) ރިވާޔަތްތަކުން އެންމެ ޞައްޙަކަން ބޮޑީ، އެކަމަނާގެ ޢުމުރުފުޅަކީ އަށާވީސް އަހަރުކަން.
22. ޚަދީޖަތުގެފާނާއި، ބޮޑު ބޭބެ އަބޫ ޠާލިބު ނިޔާވި އަހަރަކީ، "ހިތާމައިގެ އަހަރު" ކަމަށް އިތުރުއެކަލޭގެފާނުން ނަންދެއްވި ކަމަށް [މުންކަރު]
23. ނަބިއްޔު ﷺ މައްކާއިން މަދީނާ އަށް ހިޖުރަ ކުރެއްވީ މުޙައްރަމް މަހުގައި ކަމަށް [ޞައްޙައެއް ނޫން]
24. ދާރުއް ނަދްވާ ގައި ޤުރައިޝީ ކާފަރުންނާއި އެކު ޝައިޠާނާ ބައިވެރިވި ކަމާއި، އޭނާ މިހެން ބުންޏޭ: ކޮންމެ ޤަބީލާ އަކުން އެކަކު އަހަރެމެން ނަގާނީއެވެ. [ޞައްޙައެއް ނޫން]
25. ހިޖުރަ ކުރެއްވި ރޭ ނަބިއްޔު ﷺ ގެ ދާން ކޮޅުގައި ޢަލީ ނިދިކުރެއްވިޔޭ [މުންކަރު]
26. މުޝްރިކުން ނަބިއްޔު ﷺ ހިޖުރަ ކުރެއްވި ރޭ އެކަލޭގެފާނުގެ ގެކޮޅު ވަށައި ފާރަޔަށް ތިބިކަމާއި، އެކަލޭގެފާނު ﷺ ، ނިކުމެ ވަޑައިގަންނަވަމުން އެވެރިންގެ ލޯތަކަށް ވެލިހިރަފުސް ބުރުއްވައި، އެއިލާހު تعالى ގެ މި ވަޙީ ބަސްފުޅު {يس والقرآن الحكيم} އިން ފެށިގެން {فأغشيناهم فهم لا يبصرون} އަށް ކިޔުއްވި ކަމަށް [ޞައްޙައެއް ނޫން]
27. ޙަދީޘް، އަބޫ ޠާލިބު ނަބިއްޔު ﷺ އަށް ދެންނެވިޔޭ: ތިބާގެ މީސްތަކުން ތިބާޔަށް އުޅެނީ ކިހިނެއް ހަދާންތޯއެވެ؟ ޙަދީޘް ކުރެއްވިޔޭ: "އެއުރެން އެދެނީ ތިމަންކަލޭގެފާނަށް އެހެންޏާ ސިޙުރު ހަދާށެވެ. ނޫނީ ޤަތުލުކުރާށެވެ. ނޫނީ (ބިމުން) ބޭރުކޮށްލާށެވެ." ދެންނެވިޔޭ: ތިބާއަށް މިޚަބަރު ދިނީ ކާކުހެއްޔެވެ؟ ޙަދީޘް ކުރެއްވިޔޭ: "އަހަރެންގެ ރައްބެވެ." ދެންނެވިޔޭ: "ފަހެ މޮޅުއިތުރު (ނޫނީ މަޑުމޮޅި) ރައްބެއް ތިބާގެ ރައްބަކީ، އެހެންކަމުން ހެޔޮކޮށް އެއިލާހަށް ނަޞޭހަތްތެރިވާށެވެ." ޙަދީޘްކުރެއްވިޔޭ: "އަހަރެން އެއިލާހަށް ނަޞޭޙަތްތެރިވާންވީ ހެއްޔެވެ؟! އަދިކިޔެއްތަ؟ ތިމަންކަލޭގެފާނަށް ނަޞޭހަތްތެރިވެ ވޮޑިގަންނަވަނީ އެއިލާހެވެ." ޙަދީޘް ކުރެއްވިޔޭ: ދެން މިއާޔަތް ބާއްވަައިލެއްވުނޭ: {وإذ يمكر بك الذين كفروا ليثبتوك أو يقتلوك أو يخرجوك} [މުންކަރު]
28. ޢަބޫ ޠާލިބް ގެ ބައިވަރު ދަރިންވީކަމަށް، އެހެންކަމުން ނަބިއްޔު ﷺ ޢަލީ ނެންގެވިއެވެ. އަދި އެކަލޭގެފާނާއި އެކުވެލެއްވިއެވެ. އަދި އަލްޢައްބާސް ޖަޢްފަރު ނެންގެވިއެވެ. އަދި އެކުވެލެއްވިއެވެ. [ޟަޢީފު]
29. ރަސޫލު ﷲ ﷺ އަށްވުރެ ކުރިން، އަބޫ ބަކްރުއް ޞިއްދީޤު ހިޖުރަޔަށް ނިކުމެވަޑައިގެންނެވިއޭ [ބާޠިލް]
30. ހޮހަޅައިގެ ތެރޭގައި ހަރުފައެއް ނޫނީ ނަގުލަންދާއްޓެއް، އަބޫ ބަކްރު ހަށިކޮޅަށް ކަށިހެރި ވާހަކަ [ޞައްޙައެއް ނޫން]
~ ގަލަންދާނު
(ނުނިމޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.