46. ޙިމާރެއް ކަމަށްވާ ޔަޢްފޫރު، ރަސޫލު ﷺ އާއި ވާހަކަ ދެއްކުން [މުންކަރު]
❹
46. ޙިމާރެއް ކަމަށްވާ ޔަޢްފޫރު، ރަސޫލު ﷺ އާއި ވާހަކަ ދެއްކުން [މުންކަރު]
47. ނަބިއްޔު ﷺ އާއި ވާހަކަ ދެއްކި ފުއްލާ އެއްގެ ވާހަކަ [މުންކަރު]
48. ރަސޫލު ﷺ ގެ ތުއްޕުޅު ދަރިކަލުން އިބްރާހީމް އަވަހާރަވިއިރު، ޝަހާދަތް ލައިދެއްވި ވާހަކަ [ބާޠިލް]
49. ނަބިއްޔު ﷺ އާއި އެކަލޭގެފާނުގެ ފައިވާންކޮޅު ވަގަށް ނެގި މީހާ ގެ ވާހަކަ [ބާޠިލް]
50. ނަބިއްޔު ﷺ ގެ ގެކޮޅު ކުރިމައްޗަށް ކުނި އަޅާ ޔަހޫދީ ކަލޭގެ ވާހަކަ [ދޮގު]
51. އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާއި ތިނޯސް، އަދި ނަބިއްޔު ﷺ ނޫރުފުޅުން ކޮޓަރިކޮޅު ދިއްލުނު ކަމުގެ ޙަދީޘް [ބާޠިލް]
52. ޙަދީޘް: ”މޫނުގެ ކެހެރިބޯ ޖަމަލުގެ ވެރިޔަކީ ތިޔައިގެ ތެރެއިން ކޮންބޭކަނބަލެއްތޯއެވެ؟ ޙައުއަބުގެ ކުއްތާތައް ވައްވައް ޖަހަޖަހާ އޮއްވައި އެކަނބުލޭގެ ނުކުމެވަޑައިގެން ދާނެއެވެ.“ [މުންކަރު]
53. އުއްމުލް މުއުމިނީން ޙަފްޞާ ވަރިކުރެއްވި ކަމަށް [ޞައްޙައެއް ނޫން]
54. ރަސޫލު ﷲ ﷺ އާއި އެކު އެއްފަހަރެއްގައި ޞައްފިއްޔާ ދަތުރެއް ކުރެއްވިއެވެ. އަދި އެއީ އެކަމަނާގެ ބުރުވެ. އަދި ދަތުރުގައި އެކަމަނާ ލަސްވިއެވެ. ދެން ރަސޫލު ﷲ ﷺ އެކަމަނާއާއި އިސްތިޤްބާލު ކުރެއްވި ހިނދު ހުންނެވީ ކީރިތި ކުރައްވާށެވެ. އަދި ވިދާޅުވިއެވެ: "ކަލޭގެފާނު ތިމަންކަމަނާ ބެއިންދެވީ ބަރުހެލި ޖަމަލެއްގައެވެ." އެހެންކަމުން އެކަމަނާގެ ކަރުނަތައް ރަސޫލު ﷲ، އެކަލޭގެފާނުގެ އަތްޕުޅުން ފޮހެދެއްވައި ހަމަޖައްސަވައި ދެއްވިއެވެ..." [ދޮގު]
55. ސަލްމާން (އަލްފާރިސީ) އަކީ ތިމަންކަލޭގެފާނުނެންގެ ބޭފުޅެކޭ، އަހުލު ބައިތު ގެ (ރަސޫލު ﷺ ގެ ގެކޮޅުގެ) ބޭފުޅެކޭ [މުންކަރު]
56. ކަޢުބު ބުނު ޒުހައިރު މިސްކިތުގައި ނަބިއްޔާ ﷺ އަށް މިޅެން ކިޔުއްވިއޭ ، بانت سعاد فقلبي اليوم ، އެހެންކަމުން ނަބިއްޔާ އެކަލޭގެފާނުގެ ބުރުދާ (ރަޖާކޮޅު) ދެއްވި ވާހަކަ [މުންކަރު]
57. އަޞްޙާބު ބޭކަލުން ނަބިއްޔު ﷺ ގެ ލޭ ހިއްޕެވިކަމަށް [މިކަމުގައި އެއްވެސް އެއްޗެއް ޘާބިތެއް ނޫން]
58. ނަބިއްޔާ އާއި އިބިލީސް ބައްދަލުވެ ދިގު ވާހަކަތަކެއް ދެކެވުނުކަމާއި، ނަބިއްޔު ﷺ އޭނާ ފުށުން އެކިކަންތައްތަކާއި މެދު ސުވާލު ކުރެއްވި ކަމަށް، އޭގެ ތެރޭގައި އާދަމް عليه السلام އަށް ކެހިވެރިވިގޮތާއިމެދުވެސް ކަމަށް [ދޮގު]
59. ނަބިއްޔު ﷺ ގާތަށް އަޢުރާބީއެއް ބޮނޑަކާއި އެކު އައި ވާހަކަ، އަދި ނަބިއްޔު ﷺ އޭނާ އަށް ޙަދީޘް ކުރެއްވިޔޭ أتشهد أني رسول الله ތިމަންކަލޭގެފާނީ ﷲ ގެ ރާސޫލު ކަމަށް ތިބާ ހެކިވަމުހޭ؟ އޭނާ ދަންނަވައިފިޔޭ: މި ބޮނޑު އެކަމަށް ހެކިވެއްޖެއިއްޔާއޭ، ދެން އެ ބޮނޑު އެކަމަށް ހެކިވިޔޭ [ހަދާފައިވާ، ދޮގު]
60. ޙަދީޘް: ”އަންތަރާ އަށް ވުރެ އެބޭކަލަކާއި ބައްދަލު ކުރުމަށް ތިމަންކަލޭގެފާނު ލޮބުވެތިވާ އެއްވެސް އަޢުރާބީއެއްގެ ވާހަކަ ތިމަންކަލޭގެފާނު އަޑު ނުއަައްސަވަމެވެ.“ [މުންްކަރު]
(*އަންތަރާ އަކީ ޖާހިލިއްޔަތުގައި އުޅުނު ޢަރަބި ހަނގުރާމަވެރި އަދި ޅެންވެރިއެކެވެ.)
~ ގަލަންދާނު
(ނުނިމޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.