ފިރުދަޥްސް އަށް އެދި ދުޢާ ކުރުން
🔻
ފިރުދަޥްސް އަށް އެދި ދުޢާ ކުރުން
އަބޫ ހުރައިރާ އަރިހުން އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
((إِنَّ فِي الْجَنَّةِ مِائَةَ دَرَجَةٍ أَعَدَّهَا اللهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالْأَرْضِ، فَإِذَا سَأَلْتُمُ اللهَ فَسَلُوهُ الْفِرْدَوْسَ، فَإِنَّهُ أَوْسَطُ الْجَنَّةِ، وَأَعْلَى الْجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ)) (البخاري)
”ހަމަކަށަވަރުން ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށްޓަކައި ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. މީގެން ކޮންމެ ދެދަރަޖައެއްގެ ދެމެދުގެ ދުރުމިނުގެ މިސާލަކީ އުޑާއި ބިމާދެމެދުގެ ދުރުމިނެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ދަންނަވާކަމުގައިވަނީނަމަ ފިރުދަޥްސްއޭކިޔުނު ސުވަރުގެ ދެއްވުމަށް އެދޭށެވެ. ފަހެ، ހަމަކަށަވަރުން އެއީ ސުވަރުގޭގެ މެދެވެ. އަދި ސުވަރުގޭގެ އެންމެ މައްޗެވެ. އޭގެ މަތީގައި ވަނީ ރަޙްމާންވަންތަ އިލާހުގެ ޢަރުޝުއެވެ. ސުވަރުގޭގެ ކޯރުތައް ދެމިފައިވަނީ އެތަނުންނެވެ. (އެބަހީ: ފިރުދަޥްސް އިންނެވެ.)“
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.