ޟަޢީފު ޙަދީޘް: «الخوارج كلاب النّار»
•••
📌 ޟަޢީފު ޙަދީޘް: «الخوارج كلاب النّار»
އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”ޚަވާރިޖުން ނަކީ ނަރަކައިގެ ކުއްތާތައް ކަމަށް އޮންނަ ޙަދީޘަކީ އޭގައި ބަލިކަށިކަން ވާ ޙަދީޘެކެވެ. އެހެނަސް ޚަވާރިޖުން ކުށްވެރިކޮށް ވާ ޙަދީޘްތައް⁽¹⁾ ޘާބިތެވެ.“
އައްޝައިޚް އަލްމުޙައްދިޘް ޚާލިދުލް ޙާޔިކް މި ރިވާޔަތުގެ މައްޗަށް ލިޔުއްވި ދިރާސާ ގައި ވިދާޅުވިއެވެ:
”އަދި ޚުލާޞާ އަކީ: «الخوارج كلاب النّار» — މިޙަދީޘް އަކީ މުންކަރު ޙަދީޘެއް ކަމެވެ. އަދި އޭގެ (ހުރިހާ ރިވާޔަތެއްގެ) މަގުތައް އެނބުރި އަންނަނީ އަބޫ ޣާލިބު އަށެވެ. އަދި އޭނާ އަކީ ޙަދީޘް އޭނާ ފުށުން ބަލައި ނުގަނެވޭ (މުންކަރު) ރާވީއެކެވެ. އަދި އެނޫން މަގަކުން އައިސްފައިވާ ރިވާޔަތަކުންވެސް މި ވަރުގަދަކޮށެއް ނުދެއެވެ. އެއީ މަޖްހޫލު، މުރްސަލް އަދި މުންކަރު ކޮޅުތަކެވެ.
އަދި އަބޫ ޣާލިބު ފުށުން އަބޫ އުމާމާ ގާތުން މިގެނެސްފައިވާ ޖުމްލަ އަކީ، ޛުލް ޚުވައިޞަރާ އާއި މެދު އައިސްފައިވާ އެހެން ޙަދީޘް ތަކުގައި ނުވާ ޖުމްލައެކެވެ. ވީމާ އެއީ އޭގެ މައްޗަށް އިތުރު ކުރެވިފައިވާ ބައެކެވެ. އެހެންކަމުން ޟަޢީފު މުންކަރު ރާވީއެއް ފުށުން އެ (އިތުރުބައި) އަހަރެމެން ޤަބޫލުކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟“
_____
⁽¹⁾ ޚަވާރިޖުން: މިއީ ތަކްފީރު ކުރުމުގައި ޙައްދުފަހަނަ އަޅާފައިވާ ފިކުރަކަށް ތަބައުވާ މަގުފުރެދިފައިވާ ފިރުޤާއެކެވެ. އަދި މިބައިމީހުން ފާޅުވާނޭކަމަށް ރަސޫލު ﷲ ﷺ ވަނީ ޚަބަރުދެއްވާފައެވެ. (މީގެ ތަފްޞީލަށް ޔޫސުފް ބުނު ޢަބްދު ﷲ އަލްވާބިލް ގެ ”އަޝްރާޠުއް ސާޢަތި“ ގެ ދިވެހި ތަރުޖަމާގެ މިބަޔަށް ރުޖޫޢަވާށެވެ.)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.