އަދި ޠާވޫސް ބުނު ކައިސާން ގެ މުރްސިލް ގައި އަބޫ ދާޥޫދު އެކަލޭގެފާނުގެ "ސުނަން" ގައި އައިސްފައި ވެއެވެ. އަދި އެ ކަލޭގެފާނު އެރިވާޔަތް…
➋
އަދި ޠާވޫސް ބުނު ކައިސާން ގެ މުރްސިލް ގައި އަބޫ ދާޥޫދު އެކަލޭގެފާނުގެ "ސުނަން" ގައި އައިސްފައި ވެއެވެ. އަދި އެ ކަލޭގެފާނު އެރިވާޔަތް ރިވާކުރެއްވީ ސުލައިމާނު ބުނު މޫސާ އަރިހުން ، ޠާވޫސު އަރިހުން މުރްސަލް ގޮތުގައި (އެބަހީ އަޞްޙާބު ބޭކަލެއްގެ ނަން ނެތި) ރަސޫލު ﷲ ﷺ ފަރާތްޕުޅުން: އެކަލޭގެފާނުގެ ކަނާއަތް އެކަލޭގެފާނުގެ ވާއަތް މަތީ ބަންނަވައި، ދެން އެކަލޭގެފާނުގެ މޭފުޅުމަތީ އެދެއަތް އެކަތަކުރެއްވިއޭ، އަދި މިއީ އެކަލޭގެފާނު ނަމާދުގެ ތެރޭގައިއޭ ކަމެވެ.
އަދި މިއީ މުރްސަލް އެކެވެ. އޭގެ ބޭނުން ހިފުމެއް ނުވެއެވެ. އަދި ޠާޥޫސުގެ މުރްސަލް ރިވާޔަތްތަކީ ވައިފަދައިން ވާ އެއްޗެކެވެ. (އެބަހީ: ބަލިކަށިއެވެ.)⁽⁴⁾
އަދި އަޙްމަދު އަރިހުން އެކަލޭގެފާނުގެ "މުސްނަދު"⁽⁵⁾ ގައި ސިމާކު ގެ ޙަދީޘް ތަކުގެ ތެރެއިން، ޤަބީޞަތަ ބްނު ހަލްބު އަރިހުން މިކަލޭގެފާނުގެ ބައްޕަ އަރިހުން، ވިދާޅުވިޔޭ: ”ނަބިއްޔު ﷺ އެކަލޭގެފާނުގެ މޭފުޅުމަތީ އެޅުއްވިތަން އަހަރެން ދެކުނީމެވެ.“
އެހެނަސް ޤަބީޞާ އަކީ މަޖްހޫލު މީހެކެވެ. ސިމާކު ބުނު ޙަރްބު ގެ ފަރާތުން މެނުވީ އޭނާގެ އެއްވެސް ރިވާޔަތެއް އައިސްފައި ނުވެއެވެ. އަދި މި ޚަބަރުގައި އޭނާ ތަފައްރުދު ވެގެން ވެއެވެ. އެއަށް އެއްވެސް ބުރަދަނެއް ނުވެއެވެ.⁽⁶⁾
ـــــــــــــــــــ
[4] ނަޤުލު ކުރެއްވީ: އަލްޚަޠީބު "އަލްކިފާޔާ" 387 ގައި، ޔަޙްޔާ ބުނު ސަޢީދު އަރިހުން، އެކަލޭގެފާނު ވިދާޅުވިޔޭ: ”މުޖާހިދު ގެ މުރްސަލާތު ތައް ޣަޠާއު ގެ މުރުސަލާތު ތަކަށްވުރެ އެތައް ގުނަތަން އަހަރެންނަށް ލޮބުވެތި ވެގެން ވެއެވެ...“ އަދި ސުވާލު ދެންނެވުނޭ: މުޖާހިދު ގެ މުރްސަލާތު ތައް ތޯ ނޫނީ ޠާވޫސް ގެ މުރްސަލާތު ތައް ތޯ ލޮބުވެތިވެގެންވަނީ، ވިދާޅުވިއެވެ: ”އެދެއެއްޗެއް ގާތްވެގެން ނުވެއެވެ.“
[5] 5/226 ގައި.
[6] [މިއީ އަލްމުޙައްދިޘް ޑރ. މާހިރް އަލްފަޙްލު ގެ ތަޢްލީޤެކެވެ] :
އަދި މިބާބުގެ (އެބަހީ: މޭމަތީ އަތްބަނުމުގެ ރިވާޔަތް ތަކުގެ) ޚުލާޞާ އަކީ:
މޭމަތީ ހަށަން ބެންނެވިކަމަށް ވާރިދުވެފައިވާނީ ތިން ޙަދީޘެއް ގައެވެ:
ފުރަތަމައީ: މުއައްމަލް ބުނު އިސްމާއީލު ގެ ޙަދީޘް، އެކަލޭގެފާނު ސުފްޔާން އައްޘަޥްރީ އަރިހުން، ޢާޞިމް ބުނު ކުލައިބު އަރިހުން، މިކަލޭގެފާނުގެ ބައްޕަގެ އަރިހުން، ވާއިލު ބުނު ޙުޖްރު ގެ އަރިހުންނެވެ. އަދި މިޙަދީޘްގައި މޭމަތި ޛިކުރުކުރެވިފައިވުމީ، މުއައްމަލް ގެ ފުށުން ޝާޛާ (ނުހަމަ) އަދި ކުށެކެވެ. އެހެންކަމުން ހަމަކަށަވަރުން އިތުރުވީބައި «އެކަލޭގެފާނުގެ މޭމަތީގައި އޭ» އަކީ ޞައްޙަ ނޫން ޝާޛަތު (ޞައްޙަކަން ވަރުގަދަ ރާވީންގެ ރިވާޔަތާއި ނުހަމަ) އިތުރުވުމެކެވެ. އޭގައި ނުހަމަ ވެފައިވަނީ މުއައްމަލް ބުނު އިސްމާއީލު އެވެ. އަދި އެ ރިވާކުރުމުގައި ކުށް ޖެހުނެވެ. އަދި މި އިތުރުވީ ބައިގައި ވެސް، މުއައްމަލް ވަނީ މުޑިއަރާފައެވެ. އެހެންކަމުން އިބްނު ޚުޒައިމާާ 479 ގައި ވަނީ ވިދާޅުވިއޭ: (على صدره) ”އެކަލޭގެފާނުގެ މޭ މަތީ ގައޭ“ އެވެ. އަދި އެނޫން ފަހަރަކު: (عند صدره) ”އެކަލޭގެފާނުގެ މޭގައޭ“ ، އެއީ އަބުއް ޝައިޚް، އަޞްބަހާން ގެ "ޠަބަޤާތުލް މުޙައްދިޘީން" (2/268) ގައި ވާފަދައިންނެވެ. އަދި އެއްފަހަރަކު އެބައި ޛިކުރު ނުކުރެއެވެ. އެއީ އައްޠަޙާވީ "ޝަރަޙް މަޢާނީ އަލްއާޘާރް" (1/196 އަދި 258) ގައި ވާ ފަދައިން ނެވެ. އަދި މުއައްމަލް ގެ އިތުރުކުރެވުނު ބައި — އެކަމުގައި އޭނާ އެކެހެރިވެފައިވަ ކަމުގެ ވަރުގަދަކަމާއި އޭނާ އޭގައި މުޑިއަރާފައިވުމާއި އެކު — އެ ޞައްޙަ ވެގެން ނުވެއެވެ. އެއީ އެއާއި ދެކޮޅުވެރި ވެފައިވާ (ރިވާޔަތްތަކުގެ) ވަރުގަދަ ކަމުންނެވެ: ސުފްޔާން ގެ އަރިހުން ރިވާކުރެއްވި ބޭކަލުންނާއި، ޢާޞިމްގެ އަރިހުން ރިވާކުރެއްވި ބޭކަލުންނާއި، ވާއިލު އަރިހުން (އެހެންމަގުތަކުން) ރިވާކުރެއްވި ބޭކަލުންނެވެ. މިއަށް އިތުރުވާ އެއްޗަކީ، މުއައްމިލް ގެ އިތުރުވީ ބައި ނެންގެވި ކަމުގެ އަޞްލު ކަމުގައިވާ — ސުފްޔާނުއް ޘަޥްރީ، ފަހެ ހަށަން ބެންނެވުމުގައި މިކަލޭގެފާނުންގެ މަޛުހަބަކީ ކޫފާގެ އަހުލުންގެ މަޛުހަބެވެ. ފޫޅުން ތިރިއެވެ. އެކަލޭގެފާނުގެ މަގުން އެ ރިވާޔަތް ޞައްޙަނަމަ އެއާއި ޚިލާފުވެ ނުލެއްވީހެވެ. (ނުނިމޭ) =
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.