ـــــــــــــــــــ
➌
....
ـــــــــــــــــــ
=
ދެވަނައީ: އަބޫ ދާޥޫދު ގައިވާ ޠާވޫސް ގެ މުރްސަލް އެވެ. އޭގެ މުރްސަލް ކަމުގެ ސަބަބުން އެރިވާޔަތް ޟަޢީފުވެގެން ވެއެވެ. އަދި (އޭގެ އިތުރަށް) ސަނަދުގައި ހިމެނޭ ދެ ރާވީން ގެ (ޞައްޙަ ކަމުގެ) މައްޗަށް ބަސްބުނެވިފައި ވުމުގެ ސަބަބުންނެވެ. އެއިން އެކަކަކީ: އަލްހައިޘަމް ބުނު ޙުމައިދު އެވެ. ޢަލިއްޔު ބުނު މުސްހިރު ވަނީ އޭނާ ޟަޢީފު ކަމަށް ކަނޑައަޅުއްވާފައެވެ. ދެވަނަމީހަކީ: ސުލައިމާނު ބުނު މޫސާ އެވެ. އަލްބުޚާރީ އާއި އައްނަސާއީ އޭނާ އާއިމެދު ފާޑުވިދާޅުވެފައި ވެއެވެ.
ތިންވަނައީ: އަޙްމަދު ގެ (5/226) ގައި ވާ ރިވާޔަތެވެ. ވިދާޅުވިއެވެ: «އަހަރެމެންގާތު ޔަހްޔާ ބުނު ސަޢީދު (އަލްޤައްޠާނު) ވިދާޅުވިޔޭ، ސުފްޔާން ގެ އަރިހުން، ވިދާޅުވިކަމަށް: ސިމާކު އަހަރެމެންގާތު ބުންޏޭ، ޤަބީޞަތަ ބުނު ހަލްބު އަރިހުން، މިކަލޭގެފާނުގެ ބައްޕަ އަރިހުން...» ދެން އެރިވާޔަތް ޛިކުރު ކުރެއްވި އެވެ. އަދި މިރިވާޔަތް ޟަޢީފު އެވެ. މިއިން ޙުއްޖަތެއް ޤާއިމު ނުކުރެވޭހުއްޓެވެ. އެހެނީ ޤަބީޞަތަކީ މަޖްހޫލު (ކާކުކަން އެނގޭން ނެތް) މީހެކެވެ. އަދި އޭނާ ފަރާތުން އެއްޗެއް ރިވާކުރި މީހަކީ ހަމައެކަނި ސިމާކު އެވެ. މީގެ އިތުރުން މޭމަތީ ބޭއްވެވި ކަމުގެ އިތުރުވެފައިވާ ބައި ގެ މައްޗަށް ޘާބިތުކަން ނެތުމުގެ ސަބަބުން އެރިވާޔަތް މަޢުލޫލު ވެގެން ވެއެވެ. (ހާމަވެގެންނުވާ ބަލިކަށިކަން އެކުލެވެއެވެ.) އެހެންކަމުން ހަމަކަށަވަރުން މިޙަދީޘުގެ ނާރެސް ވަނީ ސިމާކު ގެ މަތީގައެވެ. އަދި އޭނާ އޭގައި (ކިޔައިދިނުމުގައި) ތަފާތުވިއެވެ. ފަހެ ޝުޢްބާ އާއި ޒާއިދާ އާއި ޝުރައިކު އާއި އަބުލް އަޙްވަޞް ، ސިމާކު ފަރާތުން މި ރިވާޔަތް ރިވާކުރިއެވެ. އެއިން އެއްވެސް ބޭކަލެއް މި އިތުރުވެފައިވާ «މޭމަތީ» މިބަސް ޛިކުރު ނުކުރައްވައެވެ. އޭގެ ތެރޭގައި މުޚްތަޞަރް ކޮށް ރިވާކުރެއްވި ބޭކަލުންވެސް ވެއެވެ. އަދި ސުފްޔާނުއް ޘަޥްރީ ވެސް ސިމާކު ފަރާތުން މިޚަބަރު ރިވާ ކުރެއްވިއެވެ. އަދި އެކަލޭގެފާނު ވެސް އޭގައި ޚިލާފުވެލެއްވިއެވެ. އަދި ޔަޙްޔާ އަލްޤައްޠާނު އެރިވާ ކުރައްވައި އޭގައި އެއިތުރުކުރުން އެކުލެވުނެވެ. އިހު ބަޔާންވެދިޔަ ފަދައިންނެވެ. އަދި ޢަބްދުއް ރައްޒާޤު އެކަލޭގެފާނުގެ "މުޞައްނަފް" 3207 ގައި މިރިވާޔަތް ގެންނަވައި އެ އިތުރު ކުރެއްވުން ޛިކުރު ނުކުރައްވައެވެ. އަދި ޢަބްދުއް ރަޙްމާނު ބުނު މަހްދީ އަރިހުން އައްދާރަޤުޠުނީ (1/285) ގައި ގެންނަވައި އެ އިތުރު ކުރެއްވުން ޛިކުރު ނުކުރައްވައެވެ. އަދި ވަކީޢު ބުނުލް ޖައްރާޙް ފުށުން، އަޙްމަދު ގެ (5/227) ގައި ގެންނަވައި އެ އިތުރު ކުރެއްވުން ޛިކުރު ނުކުރައްވައެވެ.
ވީމާ ޤަބީޞާ މަޖްހޫލު ވުމުގެ ސަބަބުން މި ބޭނުން ކުރުން ޞައްޙަވެގެން ނުވެއެވެ. މިޙަދީޘް ގެ ޢިއްލަތަކީ (ހާމަނޫން ބަލިކަށިކަމަކީ) އެއީއެވެ. ދެން އޮތްކަމަކީ «މޭ މަތީގަ އޭ» މި ލަފްޠު ގެ މައްޗަށް ޘާބިތުކަން ނުވުމެވެ. އެއީ ސުފްޔާން އަރިހުން ރިވާކުރެއްވި އެހެން ބޭފުޅުން ގެ ފުށުންނެވެ. އަދި ސިމާކު ގެ ފުށުން ރިވާކުރެއްވި އެހެން ބޭފުޅުންގެ ފުށުންނެވެ.
ފަހެ މި ޙަދީޘް ޞައްޙަ ކުރެއްވި ބޭކަލުން އެގޮތަށް ބުރަވެ ލެއްވެވީ (މި ބަޔާންވެވުނު ބަލިކަށިވުންތަކާއި އެކުވެސް) މިތިން ގޮތުން ވާރިދުވެފައިވާތީއެވެ.
(އަލްފަޙްލު ގެ ތަފްޞީލް ނޯޓް ނިމުނީ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.