ރޭގަނޑު ތަންމައްޗަށް އެރުމަށްފަހު (قل هو الله أحد) އާއި المعوذتين މިތިން ސޫރަތް ކިޔައި އަތްޖޯޑަށް ނަފަޘަ ކުރުން - އެބަހީ ދުލުގެކުރިން…
ރޭގަނޑު ތަންމައްޗަށް އެރުމަށްފަހު (قل هو الله أحد) އާއި المعوذتين މިތިން ސޫރަތް ކިޔައި އަތްޖޯޑަށް ނަފަޘަ ކުރުން - އެބަހީ ދުލުގެކުރިން ވައިކުޅު ބުރުވުން - ގެ މައްޗަށް ކުޑަ ތަފްސީލެއް
ނަފަޘަ ކުރުމަށް އަލްބުޚާރީގައި އައިސްފައިވާ އެއް ރިވާޔަތުގައިވަނީ:
ޢައިޝާ އަރިހުން ރިވާވެގެން ވެއެވެ: ”ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކޮންމެ ރެއަކުމެ ތަންމައްޔަށް އަރައިވަޑައިގެން:
1- ދެއަތްތިލަ ޖޯޑުކުރައްވައި
2- ދެން އެއަށް ނަފަޘަ ކުރައްވައެވެ.
3- "ފަހެ އެހެންކަމުން" ކިޔަވާ ވިދާޅުވެއޭ (فَقَرَأَ) އަތްޖޯޑަށް قُلْ هُوَ اللَّهُ أَحَدٌ އާއި قُلْ أَعُوذُ بِرَبِّ الْفَلَقِ އާއި قُلْ أَعُوذُ بِرَبِّ النَّاسِ ސޫރަތް.
4- ދެން ހަށިގަނޑުން ކުޅަދާނަވީތަނެއްގައި ދެއަތްތިލަ ފިރުމަވާލައްވައެވެ. ފައްޓަވަނީ އިސްތަށިފުޅުންނެވެ. ދެން މޫނާއި ހަށިގަނޑުން އަތްފޯރިތަނެއްގައެވެ.
5- މިހެން ތިންފަހަރު ހައްދަވައެވެ.“
ފަހުގެ ބައެއް ޢިލްމުވެރިން މިރިވާޔަތުގައިވާ ނަފަޘަ ކުރުމުގެ ވަޤުތާއި މެދު ޚިލާފުވެލެއްވިއެވެ. ވިދާޅުވެއެވެ: އެއީ ސޫރަތްތައް ކިޔެވުމުގެ ކުރިންނެވެ. 3 ވަނަ ނުކުތާގައި އޮތް فَقَرَأَ "ފަހެ އެހެންކަމުން ކިޔަވާ ވިދާޅުވި" އޭ ބުނެވޭ ލަފުޒުގައިވާ فَ ގެ މުރާދަކީ "ދެން" ނުވަތަ "އެއަށްފަހު" ގައި ކަމަށެވެ.
އަދި މިބަހަށް ބާރުދިނުމުގެ ގޮތުން އިބްނު ހިއްބާން ގެ ރިވާޔަތެއް ގެންނަވައެވެ. އެރިވާޔަތުގައިވަނީ:
...جمع يديه ثم نفث فيهما ثم قرأ...
"...އެކަލޭގެފާނު އަތްޖޯޑުކުރައްވައި، އެއަށްފަހު ނަފަޘަ ކުރައްވައި އެއަށްފަހު ކިޔަވާވިދާޅުވޭ..."
📌 ރައްދު:
ނަފަޘަ ކުރުން ސޫރަތްތަކުގެ ކުރިޔަށް އައިސްފައިވާ މިރިވާޔަތްތައް އައިސްފައިވަނީ ސަޢީދު ބުނު އަބީ އައްޔޫބު ހިމެނޭ ބަޔެއް ރިވާޔަތްތަކެއްގައި ޢުޤައިލް ގެ އަރިހުން އައްޒުހުރީގެ އަރިހުންނެވެ. އެއީ އިސްޙާޤު އާއި އިބްނު ޙިއްބާން އާއި އަޙްމަދު ރިވާކުރެއްވި ޙަދީޘްތަކެއްގައެވެ. އެހެނަސް ހަމަ ސަޢީދު ގެ މަގުން އިސްފަސް ކުރުމުގެ ތަރުތީބު ނުލައި ވާ ރިވާޔަތްތަކެއްވެސް އައިސްފައިވެއެވެ. އެހެންކަމުން ސަޢީދުގެ އަރިހުން ރިވާކުރެެްވި ރާވީންގެ ތެރޭގައި ލަފުޒުގައި ދެބަސްވުމެއް ވެއެވެ.
އަދި އައްޠަބަރާނީ "އައްދުޢާއު" ގައި ޤުތައިބާގެ މަގުން މުފްޟިލް ބިން ފަޟާލާ އަރިހުން (އިހު ބަޔާންވި ރިވާޔަތުގައި ހިމެނޭ) ޢުޤައިލް ގެ މަގުން އައިސްފައިވާ ރިވާޔަތެއްގައި ވަނީ
(كان إذا أوى إلى فراشه كل ليلة جمع كفيه فقرأ قل هو الله أحد وقل أعوذ برب الفلق وقل أعوذ برب الناس، ثم ينفث فيهما، ثم يمسح بهما ما استطاع من جسده...)
(ސޫރަތްތައް ކިޔަވައި ނިމުމުން) "...އެއަށްފަހު އަތްޖޯޑަށް ނަފަޘަ ކުރައްވި.." އޭއެވެ.
އެހެންކަމުން މިގޮތަށް ސީދާ ވަކި ތަރުތީބެއް އިސްފަސް ކޮށްފައިވާ ދެ ރިވާޔަތުގައިވެސް ޣަރީބް (އާދަޔާއި ޚިލާފު) ކަން އެބަހުއްޓެވެ. އަދި ޚިލާފުވުން ވެސް އެވެ.
އަދި މިނޫން - އިސްފަސް ކުރުން ޞަރީޙަކޮށް ބަޔާންވެވިފައި ނުވާ - ރިވާޔަތްތައް މަޝްހޫރެވެ. (އެބަހީ: އައިސްފައިވަނީ އާދަޔާ ޚިލާފުނޫން ޢާންމުކޮށް ރިވާވާ މަގުތަކުންނެވެ.) އަދި ޞައްޙަކަންވެސް އެރިވާޔަތްތަކަށްވުރެ ބޮޑެވެ.
ވީމާ ބުޚަރީގެ ރިވާޔަތުގައި އޮތް فَ ގެ މުރާދަކީ ކޮބައި؟
ފުރަތަމަކަމަކަށް:
އަލްބުޚާރީގެ އެހެން ރިވާޔަތެއްގައި ވެއެވެ:
كان رسول الله صلى الله عليه وسلم إذا أوى إلى فراشه نَفَث في كَفّيه بـ (قل هو الله أحد) وبالمعوذتين جميعا ، ثم يمسح بهما وجهه وما بَلَغَت يَداه مِن جَسَدِه .
"ﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތަންމައްޗަށް އަރައިވަޑައިގެންފިނަމަ، (قل هو الله أحد) އާއި المعوذتين "އިން" ނަފަޘަ ކުރައްވަތެވެ..."
އެހެންކަމުނަ މިތާގައި މި 3 ސޫރަތް "އިން ނަފަޘަ" ކުރައްވަޔޭ، އޮތުމުން އޭގެ މުރާދަކީ ކިޔެވުމަށްފަހު ނަފަޘަ ކުރެއްވުމެވެ.
ދެވަނަ ކަމަކަށް:
މިނޫން ޙާދިޘާ ތަކުގައިވެސް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަފަޘަ ކުރައްވާފައިވަނީ ކިޔެވުމަށް ފަހުގައިކަން ޘާބިތުވެއެވެ. އެއީ އަލްބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޢައިޝާ رضي الله عنها ގެ ޙަދީޘްގައިވާފަދައިންނެވެ:
أن رسول الله صلى الله عليه وسلم كان إذا اشتكى نَفَث على نفسه بالمعوذات ومَسَح عنه بِيده ، فلما اشتكى وَجَعه الذي تُوفِّي فيه طَفِقْت أنْفُث على نفسه بالمعوذات التي كان ينفث ، وأمسح بِيد النبي صلى الله عليه وسلم عنه . رواه البخاري ومسلم . ومثله ما في حديث اللديغ , وجاء فيه " فجعل يقرأ...ثم ينفث" .
"ﷲ ގެރަސޫލާ ﷺ އާލާސްވެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު، المعوذات އިން ހަށިކޮޅުގައި ނަފަޘަކުރައްވައެވެ. އަދި އަތްޕުޅު އަމިއްލަ ހަށިކޮޅުގައި ފިރުމާލައްވައެވެ. އެހެންކަމުން އެކަލޭގެފާނު އަވަހާރަވި އާލާސްކަންފުޅު ޖެހިވަޑައިގަތުމުން، އެކަލޭގެފާނު ހައްދަވާފަދައިން ތިމަންކަމަނާ المعوذات އިން އެކަލޭގެފާނު ނަފަޘަ ކުރެއްވީމެވެ. އަދި ނަބިއްޔާ ﷺ އަމިއްލަ އަތްޕުޅުން ހަށިކޮޅު (އަތްފޯރާހިސާބެއްގައި) ފިރުމެއްވީމެވެ."
1/2
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.