ތިންވަނަކަމަކަށް
ތިންވަނަކަމަކަށް:
އިހުގެ ޢިލްމުވެރިން ތެރެއިން އެއްވެސް ބޭކަލެއް ކިޔެވުމުގެ ކުރިން ނަފަޘަ ކުރުމަށް އެރިވާޔަތުން ދޭހަކޮށް ވިދާޅުވެފައެއްނުވެއެވެ.
ދެންފަހެ ލިޔުމުގެ ފެށުމުގައި ގެނެވުނު އަލްބުޚާރީގެ "فَ" އައިސްފައިވާ ރިވާޔަޔަތް:
"...ދެއަތްތިލަ ޖޯޑުކުރައްވައި، ދެން އެއަށް ނަފަޘަ ކުރައްވައެވެ. "ފަހެ އެހެންކަމުން" ކިޔަވާ ވިދާޅުވެއޭ (فَقَرَأَ) އަތްޖޯޑަށް قُلْ هُوَ اللَّهُ أَحَدٌ އާއި قُلْ أَعُوذُ بِرَبِّ الْفَلَقِ އާއި قُلْ أَعُوذُ بِرَبِّ النَّاسِ..."
އަސްލަކީ މިރިވާޔަތަކުން ކިޔެވުމުގެ ކުރިން ނަފަޘަ ކުރުމަކަށް ދަލީލެއް ނުވާކަމެވެ. އެހެނީ މިތާގައި فَ އައިސްފައިމިވަނީ، ﷲ ގެ ވަހީ ބަސްފުޅު (فَإِذَا قَرَأْتَ الْقُرْآَنَ فَاسْتَعِذْ) ގައި فَ އައިސްފައިވާފަދައިންނެވެ:
"ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާހިނދު، ފަހެ އެހެންކަމުން ﷲ ހަޒުރަތުން ރައްކައުތެރިކަމަށް އެދޭށޭ...."
އަދި އެނގިބަޔާންވެގެންވާ ފަދައިން، މިތާގައި އަޢޫޒު ކިޔުމަށް މިއައިސްފައިވާ އަމުރު، ވަނީ ޤުރުއާން ކިޔަވަން ފެށުމުގެ ކުރިންނެވެ. އަދި މިޙަދީޘްގައިވެސް މުރާދަކީ އެއީއެވެ. ކިޔެވެލި ކިޔުންވަނީ ނަފަޘަގެ ކުރިންކަމެވެ. އަދި މިއީ އަލްޢައިނީ ގެންނެވި ޝަރަޙައެކެވެ. އެއީ އަލްމުޡްހިރީ، "ޝަރަޙް އަލްމަޞާބީޙް" ގައިވިދާޅުވި ބަސްފުޅެއް ނަގުދުކުރައްވަމުންނެވެ.
އަލްޤުރުޠިބީ އެއާޔަތާއިމެދު ވިދާޅުވިއެވެ: "މިއީ މިޙަދީޘްގައިވާ ފަދައިންނެވެ: إذا أكلت فقل بسم الله "ތިބާ ކާހިނދު، ފަހެ އެހެންކަމުން ބިސްމިކިޔާށެވެ." ވިދާޅުވިއެވެ: އެބަހީ ކެއުމަށް އިރާދަކުރާ ހިނދުގައެވެ." (ކަންކުރުމުގެ ކުރިންނެވެ.)
الله اعلم.
📌 ތިންފަހަރު މަތިން އަތްހޭކުން
ޙަދީޘްގައި ސާފުކޮށްބަޔާންވެފައިވާ ފަދައިން، قُلْ هُوَ اللَّهُ أَحَدٌ ނިމެންދެން ކިޔައި، ދެން قُلْ أَعُوذُ بِرَبِّ الْفَلَقِ ނިމެންދެން ކިޔައި، ދެން قُلْ أَعُوذُ بِرَبِّ النَّاسِ އެސޫރަތްވެސް ނިމެންދެން ކިޔުމަށްފަހު ނަފަޘަ ކޮށް ގައިގައި އުނގުޅާނީއެވެ. އަދި މީގައި ފެށުންވަނީ ބޮލުންނެވެ. ދެން މޫނެވެ. ދެން ތަންމަތީގައި ހުރެ ހަށިގަނޑުން އަތްހޭކޭ ހިސާބެއްގައެވެ. އަދި މިކަން ކުރުމަށްޓަކައި ތެދުވެ ބުރަކަށްޓާއި އަތްނުފޯރާ ހިސާބުތަކަށް އަދި ތަންމަތީގައި ޖެހިފައިވާ ބައިގައި އަތްހޭކުމުގެ ތަކުލީފެއްނުވެއެވެ. އެހެނީ މިކަން މިހެން ޝަރުޢުވެފައިވާނަމަ، ރިވާޔަތުގައި އެކަން ނަންގަނެވުނީހެވެ. އަދި ރިވާޔަތުން ދޭހަވަނީ މިއާއި އިދިކޮޅަށެވެ. އަދި ހެދުމުން ނިވާވެފައިވާ ބަޔެއް އެހެނދުމެއްގެ މަތިން އަދި އަތްފައި މިސާލަކަށް ހާމަޔަށް ހުރެއްޖެ ނަމަ ހާމަޔަށް ހުރި ބަޔެއްގެ މަތިން އަތް ހާކާނީއެވެ.
ރިފަރެންސް:
https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=56&ID=6569
https://majles.alukah.net/t25463/
https://majles.alukah.net/t151957/
https://m.youtube.com/watch?v=GBHNSsY_X1o
2/2
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.