ފާޚާނާކޮށް އަވަދިވެ ނިކުންނަމުން ކިޔާ ދުޢާ #حديث_ضعيف
❌❌ ފާޚާނާކޮށް އަވަދިވެ ނިކުންނަމުން ކިޔާ ދުޢާ #حديث_ضعيف
❞ ޙަދީޘް: «الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي» ރިވާކުރެއްވީ އިބްނު މާޖާ، އަދި އެ ޟަޢީފު ވެގެން ވެއެވެ. އަދި މިބާބުގައި (ފާޚާނާއިން އަވަދިވުމުގެ ދުޢާ ތަކުގައި) އެއްވެސް އެއްޗެއް ޞައްޙަވެފައި ނުވެއެވެ. މިޙަދީޘް ނޫނީ އެހެން ޙަދީޘެއް ވިޔަސް މެއެވެ.
އަދި މިޙަދީޘް:
”ރަސޫލު ﷲ ﷺ ފާޚާނާއިން ނިކުމެވަޑައިގަންނަވަނީ ނަމަ غُفْرَانَكَ އޭ ކިއުއްވަޔޭ“⁽²⁾
މި ރިވާޔަތް ދެ އުނިކަމެއްގެ ސަބަބުން ބަލިކައްޓެވެ. ފުރަތަމަ އުނިކަމަކީ: ޔޫސުފު ބުނު އަބީ ބުރްދާ (ކާކުކަން) ނޭގުމެވެ. ދެވަނަ އުނިކަމަކީ: ޔޫސުފު ބުނު އަބީ ބުރްދާ މި ރިވާޔަތުގައި ތަފައްރަދު ވެފައިވުން (އޭނާގެ މަގުން އެކަނި މިރިވާ އައިސްފައިވުން) މިއީ ބަލައިނުގަނެވޭނޭ ކަމެވެ. އެހެނީ މިއީ މިބާބުގެ އަސާސަކަށް އޮތް ޙަދީޘެވެ. އަދި މި (ސަނަދުގެ) މަގުން މެނުވީ މިރިވާޔަތް އެނގިގެން ނުވުމެވެ. އަދި އަޞްލެއް، އިތުބާރުވެވިގެންވާ ފަރާތް ތަކުން މެނުވީ ޤަބޫލުވެވިގެން ނުވެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން، فوائد منتقاة (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــــ
[1] މިޝްކާތުލް މަޞާބިޙް (374)
[2] އަބޫ ދާވޫދު (30) އާއި އައްތިރުމިޛީ (7) އަދި އެނޫން ބޭކަލުން.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.