ފައިދާއެއް — އަލްއަޙްވަޛީ ވިދާޅުވިއެވެ: «ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.» އެބަހީ: އޭނާގެ މައްޗަށް އެ މަނައު ވެެގެން ވުމެވެ. އަދި މި…
ފައިދާއެއް:
އަލްއަޙްވަޛީ ވިދާޅުވިއެވެ: «ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.» އެބަހީ: އޭނާގެ މައްޗަށް އެ މަނައު ވެެގެން ވުމެވެ. އަދި މި އިބާރާތަކީ ވަޢީދެއް ގޮތުގައި ބުނެވޭ އިބާރާތެކެވެ. އަދި އިންޒާރުގެ ބޮޑުކަން ހާމަކުރުމަށެވެ. ނުވަތަ މިކަން ވުންް ވަނީ އޭގެ ދަނޑިވަޅު ނޫން ދަނޑިވަޅެއްގައި ކަމެވެ. އެބަހީ، މުޙުސިނުތަކުންނަށް ޖަންނަތުގެ ވަސް ދުވާ ފުރަަތަމަ ދަނޑިވަޅުގައި އޭނާ އަށް އެވަސް ނުދުވުމެވެ. ނުވަތަ އަޞްލަށް ވެސް ނުދުވުމެވެ. އަދި މިއީ މިއިންޒާރުގެ ބޮޑުކަން ހާމަކުރުމުގެ ގޮތުންނެވެ. އަދި މިއާ އެއްފަދަ ޤަޥްލުތައް ބައިވަރެެވެ. އަލްޤާޟީ ވިދާޅުވިއެވެ: އަލްޤާރީ ވިދާޅުވިއެވެ: އަދި ޖަންނަތަށް ވަދެވުނަސް އޭގެ ވަހުގެ ލައްޒަތުން އެކަނބުލޭގެ މަޙުރޫމު ވުން އަޖައިބުވަނިވިއެއް ނޫނެވެ. انتهى. (ތުޙްފަތުލް އަޙްވަޛީ 4/367 ، ދާރުލް ފިކްރުގެ ޗާޕް)
އަދި البأس އާއި މެދު ވިދާޅުވިއެވެ: (من غير بأس) ”އެއްވެސް ތުރައެއް ނެތި“ އެބަހީ: ވަކިވާން އެދެންޖެހުމަށް ދާންޖެހޭ، ވަރުގަދަ މަޖުބޫރިއްޔަތެއް އެކަނބުލޭގެއަށް ނެތް ޙާލުގައެވެ. اهـ (ތުޙްފަތުލް އަޙްވަޛީ 4/366 ، ދާރުލް ފިކްރުގެ ޗާޕް)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.