މުނާފިޤު ޤާރީ
❕ މުނާފިޤު ޤާރީ
قال النبيﷺ «أكثرُ منافقي أُمَّتِي قُرَّاؤُها»
(ތިމަންކަލޭގެފާނުގެ އުއްމަތުގެ މުނާފިޤުންގެ ގިނަބައިގަނޑީ އޭގެ ޤާރީ ވެރިންނެވެ.)⁽¹⁾
އަލްޙާޔިކު ވިދާޅުވިއެވެ:
❞ އަހަރެން ދެކެނީ، މިއީ (ޞައްޙަކަމުގައި) ޙަސަން ޙަދީޘެއް ކަމުގައެވެ. މިޙަދީޘާއި މެދު، އިމާމް މާލިކު ވިދާޅުވިއެވެ:
”ފަހެ އެމީހެއް ފުށު ހެވެއް ނުވާ މީހެއް، ޤުރުއާން ކިޔަވަފާނެއެވެ. މިޒަމާނުން މިފެންނަ ޙަޤީޤަތީ، މިޙަދީޘް ގެ މާނައިގެ ޞައްޙަކަމުގެ މައްޗަށްވާ ސާފު ދަލީލެއް ފަދައެވެ.“
އަދި އިހުގެ ބޭފުޅުންގެ ބަސްތަކުން އައިސްފައި ވެއެވެ:
”ހަމަކަށަވަރުން، އެވެރިންގެ ފިޤުހުވެރީން މަދު، ޤާރީވެރިން ގިނަ، އެއިރެއްގައި ޤުރުއާނުގެ އަކުރުތައް ހިތުދަސް ކޮށް، އޭގެ ޙައްދުތައް ދޫކުރަނިވި ޒަމާނެއް، މީސްތަކުންގެ މައްޗަށް އަންނާނެތެވެ.“
އިބްނު ޢަބްދުލް ބައްރު، "الاستذكار (8/91) ގައި، މިޙަދީޘް ޛިކުރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ:
”އަހަރެމެންގެ މިޒަމާނުގައި ޝަހަރުތަކާއި އެނޫން ތަންތަނުގައި ޤުރުއާން ތިލާވަތް ކުރުން ގިނަވެ އެހެނަސް އެޤުރުއާނުގެ ޙައްދުތައް ވީއްލި، އޭގެ އަހުލުންގެ ފާސިޤުވުން ތިބާއަށް ⌝ހެއްކަކަށް⌜ ފުދެއެވެ. ﷲ ގަންދީބުނަމެވެ. އެއިލާހުގެ ޙިމާޔަތާއި ތަޥްފީޤަށް އަދި ރަޙްމަތަށް އެދެމުއެވެ. އެހެނީ އެއީ އެއިލާހުފުށުން ⌝އެކަނި⌜ ވާ އެއްޗެކެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ.“
އަހަރެން (އަލްޙާޔިކް) ބުނަމެވެ: އެކަލޭގެފާނަށް އަހަރެމެންގެ މިޒަމާން ފެނިވަޑައިގެންނެވިނަމަ، ކޮންފަދައަކުން ވެލެއްވީހެވެ؟ ولا حول ولا قوة إلا بالله.“
— އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــ
[1] ރިވާކުރެއްވީ އަޙްމަދާއި އަލްބައިހަޤީ އާއި އައްޠަބަރާނީ، އަދި އެނޫން ބޭފުޅުންނެވެ. އައްސަޢްދު ވިދާޅުވިއެވެ: ” ⌝ގިނަ⌜ މަގުތަކަކުން އެ ރިވާވެފައިވެއެވެ. ފަހަރެއްގައި އެކަތި އަނެކަތިން އެވަރުގަދަ ކޮށްދެވިދާނެއެވެ.“ — اهـ. އަލްއަރްނައޫތާއި އަލްއަލްބާނީ އަދި އެނޫން ބޭކަލުން އެ ޞައްޙަކުރެއްވިއެވެ. #حديث_صحيح
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.