ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «من أكبر الكبائر أن يشتم الرجل والديه» ”ފާފަތަކުން އެންމެ ބޮޑު ފާފައިގެ ތެރޭގައި ވަނީ، މީހާކު އޭނާގެ…

✨ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «من أكبر الكبائر أن يشتم الرجل والديه» ”ފާފަތަކުން އެންމެ ބޮޑު ފާފައިގެ ތެރޭގައި ވަނީ، މީހާކު އޭނާގެ މައިންބަފައިންނަށް ހުތުރުއެއްޗެހި ގޮވުމެވެ.“ މީސްތަކުން ބުންޏެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! މީހަކު އޭނާގެ މައިންބަފައިންނަށް ހުތުރު އެއްޗެހި ގޮވައިފާނެހެއްޔެވެ؟“ ޙަދީޘް ކުރެއްވިއެވެ: «نعم، يسبُّ أبا الرجل فيشتم أباه، [ويشتم أمه فيسب أمه]» ޙަަދީޘް ކުރެއްވިއެވެ: ”އާއެކެވެ. އޭނާ މީހެއްގެ ބައްޕައަށް ހުތުރު އެއްޗެހި ގޮވައެވެ. ދެން އެމީހާ މީނާގެ ބައްޕައަށް ހުތުރު އެއްޗެހިގޮވައެވެ. [އަދި އެމީހާގެ މަންމައަށް ހުތުރު އެއްޗެހި ގޮވައެވެ. ދެން މީނާގެ މަންމައަށް އޭނާ ހުތުރު އެއްޗެހިގޮވައެވެ.]“ (ރިވާކުރެއްވީ ދެޝެއިޚުން އަދި އެނޫން ބޭކަލުން)
އަލްމާޒަރީ ވިދާޅުވިއެވެ:
❞ މިޙަދީޘުން ޙާޞިލްވާ ކަންތަކުގެ ތެރޭގައި: އެމީހަކަށް ޙަލާލުވެގެން ނުވާ ޙާލު ސިލްކު ހެދުންް ލުމަށް، ސިލްކު ފޮތި ވިއްކުން މަނައު ވުމާއި މެދު އޮތް ދެރައުޔުން އެކައްޗަށް މިއީ ޙުއްޖަތެކެވެ. އަދި އެޔަކުން ދިޔަ ފެލައިގެން ރާ ހަދައި އެބޯނޭ މީހަކަށް، މޭބިސްކަދުރު ވިއްކުންވެސް މެއެވެ. އެހެނީ (މަަނާކަމަކަމެއް ފޯދުމުގެ) ސަބަބު ގެނެސް ގަތް މީހާ، ސީދާ އެ ޢަމަލު ކުރި މީހާ ފަދައިން އެކަލޭގެފާނު ޛިކުރު ކުރެއްވީތީއެވެ. ❝
— އަލްއިމާމު އަބޫ ޢަބްދި ﷲ މުޙައްމަދި ބްނި ޢަލިއްޔި ބްނި ޢުމަރަލް މާޒަރިއްޔި [އަލްމާޒަރީ] (536 ހ.)
މަޞްދަރު: އަލްމުޢުލިމު ބިފަވާއިދިލް މުސްލިމް 1/204
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.