އަނިޔާވެރި ވެރިޔެއް ކުރިމަތީ ޙައްޤުބަސް ބުނާ މީހެއްގެ މަތިވެރިކަން
⬆️ އަނިޔާވެރި ވެރިޔެއް ކުރިމަތީ ޙައްޤުބަސް ބުނާ މީހެއްގެ މަތިވެރިކަން
ޠާރިޤް ބުނު ޝިހާބު އަރިހުން ރިވާވެގެން ވެއެވެ:
”ސަވާރީއަށް އެރުއްވުމަށް ފައިންޕުޅު އަޅުއްވާފައި ވަނިކޮށް، މީހަކު ނަބިއްޔު ﷺ އަރިހު ދެންނެވިއެވެ: ”އެންމެ މޮޅުއިތުރު ޖިހާދަކީ ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: «كَلِمَةُ حَقٍّ عِنْدَ سُلْطَانٍ جَائِرٍ» ”އަނިޔާވެރި ވެރިޔެއްގެ ކުރިމަތީ، ބުނެވޭ ޙައްޤު ބަހެކެވެ.“
”މިޙަދީޘުގެ ސަނަދު ޞައްޙައެވެ. ރިވާކުރެއްވީ އައްނަސާއީ، ޠާރިޤު ބުނު ޝިހާބުގެ ޙަދީޘް ތަކުންނެވެ. ⁽¹⁾ ޠާރިޤް އަކީ (ނަބިއްޔު ﷺ) ދެކެވަޑައިގެންނެވި އެހެނަސް (އެކަލޭގެފާނު ގާތުން ސީދާ ޙަދީޘު) އަޑުނުއައްސަވާ ބޭކަލެކެވެ. އެހެނަސް މިކަމުން، ޙަދީޘުގެ ޞައްޙަކަމަށް ގެއްލުމެއް ނެތެވެ.“ #حديث_صحيح
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ــــــــــــــــ
[1] އައްނަސާއީ (4209) ބާބު: އަނިޔާވެރި ވެރިޔާ ކުރިމަތީ ޙައްޤުބަސް ބުނާ މީހާގެ މަތިވެރިކަން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.