ﷲ ގެ ޙަޟުރަތުގައި މީހެއްގެ މަކާނު ވަނީ އެމީހެއްގެ ޢިލްމާއި އީމާނުގެ ނިސްބަތަކުންނެވެ. މިކަންތައް އޭނާގެ ކިބައިގައި ވަރުގަދަވާ ވަރަކަށް…
❞ ﷲ ގެ ޙަޟުރަތުގައި މީހެއްގެ މަކާނު ވަނީ އެމީހެއްގެ ޢިލްމާއި އީމާނުގެ ނިސްބަތަކުންނެވެ. މިކަންތައް އޭނާގެ ކިބައިގައި ވަރުގަދަވާ ވަރަކަށް އޭނާގެ ރައްބު ﷻ ޙަޟުރަތުގައި އޭނާ ގެ ގާތްކަން ކައިރިވެ، އޭނާގެ މަންޒިލު އުފުލެވި އޭނާ މަތިވެއެވެ. މިސަބަބަށްޓަކައި ޢަބްދު ﷲ ބުނު ޢަމްރު رضي الله عنه ގެ ޙަދީޘުގައި ވާރިދުވެފައިވެޔޭ: ނަބިއްޔު ﷺ ޙަދީޘު ކުރެއްވިޔޭ:
«يُقَالُ يعني: لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا»
« ˺ޤިޔާމަތް ދުވަހުން˹ ކީރިތި ޤުރުއާނުގެ އަހުލުވެރިޔާއަށް ބުނެވޭ ހުއްޓެވެ: ”ތިބާ ކިޔަވާށެވެ! އަދި (ސުވަރުގޭގައި) ތިބާގެ ދަރަޖަ މަތިވެރި ކުރަމުންދާށެވެ! އަދި ތިބާ ދުނިޔޭގައި ތަރުތީލުމަގުން އެ ފޮތް ކިޔަވައި އުޅުނު ފަދައިން، ލަސްލަހުން، ތަރުތީލުކޮށް ކިޔަވަމުންދާށެވެ! ފަހެ، ހަމަކަށަވަރުން، (ސުވަރުގޭގައި) ތިބާގެ މަންޒިލަކީ، އެންމެފަހުން ތިބާ ކިޔަވާ އާޔަތަކުން ތިބާއަށް ފޯރި ހިސާބެކެވެ.”
❝
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
ـــــــــــــــــــ
📝 އަހަރެން ބުނަމެވެ:
ޝެއިޚް ޢަބްދު ﷲ އައްސަޢްދު އެހެން ތަނެއްގައި ވިދާޅުވިއެވެ: ”النافلة ތަކީ (އެބަހީ: ސުންނަތް އަޅުކަންތަކީ) އަޖުރު އިތުރުކޮށްދީ ދަރަޖަ އުފުލުމަށް ވާ ސަބަބެކެވެ....“ ދެން މިޙަދީޘު ނަޤުލުކުރެއްވިއެވެ.
އަހަރެން ބުނަމެވެ: ”އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ: އައްތިރުމިޛީ އާއި އެނޫން ބޭކަލުން މިޙަދީޘު ރިވާކުރެއްވީ ޞައްޙަ ސަނަދަކުންނެވެ.“—اهـ. އަދި އައްޝެއިޚް ފަހްދުއް ސުނީދު ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ އަބޫ ދާވޫދެވެ. އެއީ ޙަސަނު ސަނަދަކުންނެވެ.“اهـ.
#حديث_صحيح
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.