އެހެންކަމުން މިތާނގައި އޮތް ބަސްފުޅު ”ދެން ނަމާދު ކުރާށޭ“، އެބަހީ އިރުއެހުމަށްފަހު ނަމާދު ކުރާށޭ، އަދި ބަސްފުޅު ”އެހެނީ އެނަމާދަކީ ހެކިވެވި…
-②-
އެހެންކަމުން މިތާނގައި އޮތް ބަސްފުޅު ”ދެން ނަމާދު ކުރާށޭ“، އެބަހީ އިރުއެހުމަށްފަހު ނަމާދު ކުރާށޭ، އަދި ބަސްފުޅު ”އެހެނީ އެނަމާދަކީ ހެކިވެވި އެއަށް (މަލާއިކަތުން) ޙާޟިރުވެލައްވާ ނަމާދެކޭ“ : މިއިން ނަބިއްޔު ﷺ ބަޔާން ކުރެއްވީ، އިރު (އުދަރެހުން) އެރުމަށްފަހު ނަމާދު ކުރުން ޝަރުޢުވެގެންވާ ކަމެވެ.
ވީމާ، (އެވަޤުތުގައި) ނަމާދު ކުރުމުގެ އަސާސު މިވަނީ މި (ދަލީލުތަކުގައި) އެކުލުވިފައެވެ.
⬆️ދެންފަހެ، (ނަމާދު ޖަގަހައިގައި) އިށީނދެ ހުރުމާއި މެދު، ދަންނައެ، މިއީ ˺ޞަޙީޙު˹ މުސްލިމް ގައި، ޘާބިތުވެފައިވާ ކަމެކެވެ. އޭގައި އަރައިރުމެއް ނުވެއެވެ.
އަލްއިމާމު މުސްލިމް ގެ ”ޞަޙީޙު“ ގައި، ޖާބިރު ބުނު ސަމުރާ އަރިހުން ރިވާވެގެން ވެއެވެ: ވިދާޅުވިއޭ:
(ރަސޫލު ﷲ ﷺ ފަތިސް ނަމާދު ކުރައްވައި ނިންމަވައިގެން، އިރު ރަނގަޅަށް އެރުމާއި ހަމަޔަށް، ނަމާދު ޖަގަހައިގައި އިށީންނަވައިގެން އިންނަވައެވެ.)
އަދި މިކަންތަކުގައި (މިއީ ސުންނަތެއް ކަމާއިމެދު) އަރައިރުމެއް ނުވެއެވެ. ދެބަސްވުން އޮތީ އަޖުރުގެ ކަންތަކުގައި އެކަންޏެވެ: ”އޭނާއަށް ޙައްޖަކާއި ޢުމްރާއެއް ފަދައިން އަޖުރު، އެއްކޮށް އެއްކޮށް އެއްކޮށް ވެޔޭ“ އޮތް ރިވާޔަތަށެވެ. ފަހެ މިއީ، ޟަޢީފު ޚަބަރެކެވެ. ވީމާ އެބަލައިގަތުމެއް ނުވެއެވެ. އެއީ އަލްފަޟާއިލު ތަކުގައި ވިޔަސް އެވެ. ❝
—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން (حفظه الله) (މަޞްދަރު: فوائد منتقاة، ބަސްކޮޅު)
~ ގަލަންދާނު 🖋
ــــــــــــــــ
އިތުރު ބަޔާން:
⬆️ނަމާދު ޖަގަހައިގައި އިށީނދެ ހުރުމުގެ މުރާދަކީ، ނަމާދުކުރި މިސްކިތުގައި މަޑުކޮށްގެން ހުރުމެވެ. އަދި އޭގައި ﷲ އަށް ޛިކުރު ކުރުމާއި ހެޔޮކަންކަމުގައި ހަނދުމަކޮށް ވާހަކަދެއްކުން ވެސް ޖުމްލަކޮށް އެކުލެވެއެވެ. އަދި ޝަރުޠުވެގެންވަނީ ފަތިސް ނަމާދު ކުރި ތަންކޮޅުގައި އެކަނި އިށީނދެ ހުރުމެއް ނޫނެވެ. ނުވަތަ މީސްތަކުންނާއި އެކީ އެކަހެރިވެގެން ހުރުމެއްވެސް ނޫނެވެ. އަދި އަޚުންނާއި އެއްވެ ހެޔޮ ވާހަކަ ދައްކައި ހީ ހެދުމުގައި މައްސަލައެއް ނުވެއެވެ. އިބްނު ރަޖަބު މިމައްސަލަ ފަތުޙުލް ބާރީގެ (4/56) ގައި ގެންނަވާފައިވެއެވެ. އިތުރު ތަފްޞީލަށް (ފަތުވާ 109794 އަށް ރުޖޫޢަވާށެވެ.)
⬆️ޙައްޖާއި ޢުމްރާއެއްގެ އަޖުރު ލިބޭނޭ ކަމަށް އޮތް ރިވާޔަތާއިމެދު އެހެން ބައެއް މުޙައްދިޘުންގެ ބަސްފުޅު
1️⃣އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”މިއީ ޞައްޙަ ނޫން ޙަދީޘެކެވެ. އޭގެ ހުރިހާ ސަނަދުތަކެއްވެސް ޟަޢީފެވެ. އެހެނަސް ޞަޙީޙު މުސްލިމް ގައި އެކަލޭގެފާނު ﷺ މިސްކިތުގައި އިރުއެރުމާއި ހަމަޔަށް އިށީންނަވައިގެން ހުނެވިކަމުގައި ޘާބިތެވެ. އަދި އޭގައި ނަމާދު ކުރެއްވިޔެކޭ ނަޤުލުވެފައި ނުވެއެވެ. ޝައްކެތްނެތް ގޮތުގައި މީހަކު މިސްކިތުގައި މަޑުކޮށްގެން ހުންނަ އިރު މިކަމަކީ (ނަފްލު ނަމާދު ކުރުމަކީ) އެކަށީގެންވާ ކަމެކެވެ. އަދި އެއީ ޚުދު އެކަލޭގެފާނު ﷺ ވެސް އެވެ. އަދި އިރު އެރުމަށްފަހު ޟުޙާ ނަމާދުގެ ދެރަކުޢަތް ކޮށްފިނަމަ މިކަންވެސް މިއީ ޙައްޤު ގޮތެކެވެ. އެހެނަސް އެއީ ”ޙައްޖާއި ޢުމްރާގެ އަޖުރޭ“ އޮތް ޙަދީޘް، ޞައްޙަވެގެން ނުވެއެވެ.“ (އައްސަޢްދުގެ ބަސްފުޅު، ޚުލާޞާ ކުރެވިފައި، އޯޑިއޯ)
2️⃣އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކް ވިދާޅުވިއެވެ: މިއީ މުންކަރު ޙަދީޘެކެވެ.
މީގައި ތަފައްރުދު ވެފައިވަނީ އަބޫ ޡިލާލުލް ޤަސްމަލީ، އަނަސްގެފާނު އަރިހުންނެވެ. (އޭނާގެ މަގުން އެކަނި އައިސްފައިވާ ރިވާޔަތެކެވެ.) އޭނާއަކީ ޣާފިލު އަދި މުންކަރު ޙަދީޘުތަކެއް ރިވާކޮށްފައިވާ މީހެކެވެ.“
3️⃣އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވެސް މިޙަދީޘު ޟަޢީފު ކުރެއްވިއެވެ. (ވީޑިއޯ)
4⃣އައްޝެއިޚް ޚާލިދުލް ފުލައިޖު ވެސް މިޙަދީޘް ޟަޢީފު ކުރައްވިއެވެ. އަދި ޞަޙީޙު މުސްލިމްގައިވާ ފަދައިން ނަމާދު ޖަގަހައިގައި މަޑުކުރުން ސުންނަތް ކަމަށްވިދާޅުވެ، އެހެންޏާ ހަތަރު ރަކުޢަން ނަންގަނެވުނި ޙަދީޘަށް ޢަމަލު ކުރުމަށް އަދި އެއީ ޖައްޔިދު ޙަދީޘެއް ކަމަށް ވިދާޅުވިއެވެ. ނޫނީ ޟުޙާ ނަމާދު އެވަޤުތުގައިވެސް ކުރެވިދާނޭ ކަމެވެ. (ޚުލާޞާކޮށް، އޯޑިއޯ)
5⃣އައްޝެއިޚް ފަހްދުއް ސުނީދު ވިދާޅުވިއެވެ: ”ތަފާތު ސަނަދުގެ މަގުތަކުން އެޙަދީޘު ރިވާވެގެންވެއެވެ. އެހެނަސް އެހުރިހާ އެއްޗެއް ޟަޢީފެވެ. އަދި ނަބިއްޔު ﷺ އަރިހުން އެއިން އެއްވެސް އެއްޗެއް ޞައްޙަވެފައި ނުވެއެވެ.“
6⃣އައްޠަރީފީ ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ އައްތިރުމިޛީއެވެ. އަދި އޭގެ ސަނަދު ޟަޢީފެވެ. އަދި (ޙަދީޘު އިމާމުންގެ) ޢިލްމުވެރިން ތެރެއިން އެކަކަށް ވުރެ ގިނަ ބޭކަލުން އެޙަދީޘު ޣަރީބު ކުރެއްވިއެވެ. އޭގެތެރޭގައި އައްތިރުމިޛީވެސް ހިމެނިލައްވައެވެ.“
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.