ސުވާލު: ޙަދީޘް އުނގެނުމުގައި ފަށައިގަންނަންވީ ކޯޗަކުންތޯއެވެ؟ އެހެންޏާ އޭގެ މަތަން ތައް (ބަސްކޮޅު) ދަސްކުރުމުން ހެއްޔެވެ؟ ނޫނީ އޭގެ ސަނަދު…
💬 ސުވާލު: ޙަދީޘް އުނގެނުމުގައި ފަށައިގަންނަންވީ ކޯޗަކުންތޯއެވެ؟ އެހެންޏާ އޭގެ މަތަން ތައް (ބަސްކޮޅު) ދަސްކުރުމުން ހެއްޔެވެ؟ ނޫނީ އޭގެ ސަނަދު ދަސްކުރުމުން ހެއްޔެވެ؟ ޖަވާބު: ”(ސަނަދެއް) ނޫނެވެ. މަތަން ދަސްކުރުމުން ފަށާށެވެ. އަދި އެއީ އޭގެ ތެރެއިން ކުރު މަތަން ތަކުންނެވެ. (އެބަހީ: ސަނަދާއި ނުލައި ކުރު ޙަދީޘް ތައް، އެރިވާކުރެއްވި ޞަޙާބީގެ ނަންފުޅާއި އެކުގައި އެކަނި ފަށައިގަންނަ އިރު ދަސްކުރާށޭ އެވެ.)“
~ އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ
~ ގަލަންދާނު 🖋
ފައިދާއެއް:
⬆️ އެހެން ތަނެއްގައި ޝެއިޚާއި ސުވާލުވެވުނެވެ: ސަނަދާއި ނުލައި ޙަދީޘް ދަސްކުރުން ހުއްދަތޯއެވެ؟ ވިދާޅުވިއެވެ: ”ހުއްދައެވެ. އަޞްޙާބު ބޭފުޅާގެ ނަމާއިއެކު ބޭނުންނަމަ ދަސްކުރާށެވެ.“ —اهـ
⬆️ އަދި ޢިލްމު އުނގެނޭ ދަރިވަރަށްވެސް މިއީ ލާޒިމު ކަމެއް ގޮތުގައި ދެކިނުލައްވާކަމަށް ވެސް ޝެއިޚު ވިދާޅުވިއެވެ.
⬆️ އަދިކިއެއްތަ، އަލްމުޙައްދިޘު ޞާލިޙުލް ޢުޞައިމި އާއި ސުވާވަލުވެވުނެވެ: ”ޙަދީޘަށް ޚާއްޞަ ވާ ދަރިވަރަށް ސަނަދުތައް ހިތުދަސާކުރުން ލާޒިމުތޯއެވެ؟“ ޖަވާބު: ”ޙަދީޘުގެ މަތަނުން އެކަނި ފުދެއެވެ. އެއާއިއެކު އޭގެ ދަރަޖަ އެނގުމެވެ. ފަހެ ސަނަދަކީ އޭގައި ލެވޭ ޒީނަތެކެވެ. އެކަން ވަނީ (ލާޒިމު ޢިލްމުގެ) އިތުރުން ވާ ޢިލްމުތަކުގެ ތެރެއިންނެވެ. ހިތުދަސްކުރުމުގެ ބާރު ހުރެ އަވަހަށް ދަސްވުން ވާނަމަ އެކަން ކުރަންވީއެވެ. އެހެން ނޫން ނަމަ، އޭނާގެ ހިތުދަސްކުރުން އެންމެ މަންފަޢު ހުރި އެއްޗެއްގައި ބޭނުން ކުރާށެވެ.“ — اهـ
⬆️ އަދި މިމައްސަލާގައި ތަފްޞީލުކޮށް ވެސް ވާހަކަ ދައްކަވާފައިވެއެވެ. އަދި ސަނަދުތައް އިހުޒަމާނުގައި ރައްކައުކުރުމަށް އޮތް ލާޒިމު މިއަދުނެތްކަމާއި އެގޮތުން އެ ލާޒިމު މިއަދު ޒީނަތަކަށް ބަދަލުވެފައިވާ ކަމާއި ކިޔަވާދަރިވަރުން ފުރަތަމަ މަތަނުތައް ހިތު ދަސްކޮށް ފަހުމް ކުރުމަށް ސަމާލުކަން ދިނުމަށް ނަޞޭޙަތްދެއްވިއެވެ. އަދި ޙަދީޘު ޢިލްމުގެ ދަރިވަރު ހިތުދަސްކުރުމުގައި ފުރަތަމަ ކަމަކަށް ދަސްކުރާން ވީ މަތަނު ތަކީ؛ (ހ) އައްނަވަވީއިމާމުގެ 40 ޙަދީޘް (ށ) ޢުމްދަތުލް އަޙްކާމު (ނ) ބުލޫޣުލް މަރާމު (ރ) ރިޔާޟުއް ޞާލިޙީން، ކަމަށް ވިދާޅުވިއެވެ.
⬆️ (އިތުރަށް އަޑުއަހައިލުމަށް: މިކަމުގައި އިޝާރާތްކުރެއްވި އިތުރު އޯޑިއޯއެއް) || ~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.