ލިޔުންތައް / ޙަދީޘް
ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ
ލިޔުނީ: Galandān Admin17 July 2025 at 09:060 ޚިޔާލުތައް

🎁ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
«من عرض عليه ريحان فلا يرده فإنه خفيف المحمل طيب الريح»
”އެމީހަކަށް رَيْحَان (ހުވަނދު-ގަނދަކޯޅި) ކޮޅެއް ހުށަހެޅިއްޖެ މީހާ، އެ ރައްދު ނުކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ އުފުލާލަން ލުއި، ވަސްމީރު އެއްޗެކެވެ.“
ރިވާކުރެއްވީ މުސްލިމް (2253 ގައި) އެވެ.
رَيْحَان ގެ މުރާދަކީ، އެ އެއެްޗެއްގައި މީރުވަސް ހުރެއްޖެ ކޮންމެ އެއްޗެކެވެ. އަދި (ހަމަ އެސަނަދުން އޮތް) އަޙްމަދު ގެ ރިވާޔަތުގައި (14/15 ނ. 8264) ވަނީ «من عرض عليه طيب..» (އެމީހަކަށް ހުވަނދު ކޮޅެއް ހުށަހެޅިއްޖެ މީހާ...) މިބީދައިން ނެވެ. (އެބަހީ: "ريحان" ގެ ބަދުލުގައި "طيب" މިހެންނެވެ. އަދި މިލަފުޛުން އައްނަސާއީ އާއި އަބޫ ދާވޫދާއި އެނޫން ބޭކަލުން ރިވާކުރައްވާފައި ވެއެވެ.)
— އައްޝެއިޚް ފަހްދުއް ސުނީދު (ބަސްކޮޅު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.