2⃣އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު، "ސުނަން" އަބޫ ދާވޫދުގެ ޝަރަޙައިގައި ވިދާޅުވިއެވެ: ❞ މި ސަނަދާއިމެދު ޙަދީޘް ޢިލްމުވެރިންގެ…
—②—
2⃣އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު، "ސުނަން" އަބޫ ދާވޫދުގެ ޝަރަޙައިގައި ވިދާޅުވިއެވެ: ❞ މި ސަނަދާއިމެދު ޙަދީޘް ޢިލްމުވެރިންގެ ބޮޑެތީން (އަލްޙުއްފާޡުން) މެދުގައި ޚިލާފު އެބައޮތެވެ. ޢަބްދުއްރަޙްމާނު އިބްނު ޔަޒީދު އިބްނު ޖާބިރު ، އަކީ އަލްއަޒްދީ އައްޝާމީ އައްދަމަޝްޤީ ކަމުގައި ބުނާނަމަ، އެއީ ޘިއްޤާ (އިތުބާރުވެރި ބޭކަލުން ތެރޭގައިވާ) މަތިވެރި ބޭކަލެކެވެ. އެހެނަސް ޙުއްފާޡުން ތެރެއިން އަލްބުޚާރީ ފަދަ ބައެއް ބޭކަލުން ކަނޑައެޅުއްވީ މި ޢަބްދުއްރަޙްމާނު އިބްނު ޔަޒީދަކީ ޟަޢީފު ވެގެންވާ ޢަބްދުއްރަޙްމާނު އިބްނު ޔަޒީދު އިބްނި ތަމީމު ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނު، އެބަހީ އަލްބުޚާރީ އަދި އެނޫން ބޭކަލުން މިޙަދީޘު ބަލިކަށި ކުރެއްވިއެވެ. އަބޫ ޙާތިމް އާއި އަބޫ ޒުރުޢަތާއި، އަބޫ ދާޥޫދާއި އިބްނު ޙިއްބާން ދެލި ކުރެއްވީ އެއީ އިބްނު ތަމީމު ގޮތުގައެވެ. (އިބްނު ޖާބިރު ގޮތުގައެއް ނޫނެވެ.) މިސަބަބަށްޓަކައި އެޙަދީޘު ޟަޢީފު ކަމުގައެވެ. ކަންމިހެން އޮތް އިރު އައްދާރަޤުޠުނީ ކަނޑައެޅުއްވީ އޭނާ އަކީ ޘިއްޤާ މީހެއް ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ ގާތުގައި އެ ޙަދީޘު ޞައްޙައެވެ. އަދި (އަހަރެންނަށް) ބެލެވެނީ މިޙަދީޘު ޟަޢީފު ކަމުގައެވެ. والله اعلم.❝ — ނިމުނީ.
3⃣އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ❞ ބައެއް ރާވީންނަށް، އެބަހީ ޙުސައިނުއް ޖަޢްފީ އާއި އަބޫ އުސާމާއަށް އޮޅުން އަރައި ، (މި ޢަބްދުއްރަޙްމާނު ބުނު ޔަޒީދަކީ) ޘިއްޤާ ބޭކަލުންތެރޭގައިވާ ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ޖާބިރު ކަމުގައި ސަނަދު ކުރެއްވިއެވެ. އަދި ޞައްޙަ ބުނުމަކީ އެއީ މަޖްހޫލު ވެގެންވާ ޢަބްދުއްރަޙްމާނު ބުނު ޔަޒީދު ބުނު ތަމީމު ކަމެވެ. (މަޖުހޫލަކީ: އޭނާ އިތުބާރުހުރި ފަރާތެއް ކަން ކަނޑައެޅޭނޭވަރު މަޢުލޫމާތެއް ނެތި ގޮތްނޭނގޭ މީހެއް ކަމުގައި ބެލެވޭ މީހުންނެވެ. އެގޮތުން އިހުގެ މުޙައްދިޘުންގެ ގާތުގައި ބަލިކަށިކަމަށް ކަނޑައެޅެއެވެ.) މިސަބަބަށްޓަކައި އަލްބުޚާރީ އާއި އަބޫ ޙާތިމް އާއި ޢިލްމުވެރިން ތެރެއިން ޢަދަދެއް (އިބްނު ޖާބިރޭ އޮތް އޮތުމަކީ) ކުށެއް ގޮތުގައި ކަނޑައެޅުއްވިއެވެ. މީގެ މައްޗަށް ބަލައި، ފަހެ މި ރިވާޔަތް ޟަޢީފެވެ. ❝ —ނިމުނީ.
4⃣ އަލްމުޙައްދިޘް އަބޫ ޢަބްދު ﷲ އަލްހާޝިމީ އައްސޫދާނީ ވިދާޅުވިއެވެ: ”މިޙަދީޘު ޟަޢީފެވެ. ޞައްޙަވެފައި ނުވެއެވެ.“ —ނިމުނީ.
5⃣ޑރ. އިބްރާހީމް އަލްޢުބައިކީ ވިދާޅުވިއެވެ:
❞ މިޙަދީޘުގެ ޞައްޙަކަމާއި މެދު ޚިލާފުވެއެވެ. އަލްބުޚާރީ އާއި އަބޫ ޙާތިމް އާއި އަބޫ ޒުރުޢަތާއި އެނޫން ބޭކަލުން އެ ޟަޢީފު ކުރެއްވިއެވެ. އަދި ގާތް ގޮތަކީ މިއެވެ. (ޟަޢީފު ކަމެވެ.) އަދި އަލްޙަސަން (އަލްބަޞްރީ) އަރިހުން މުރުސަލް ކޮށްވެސް މިއާއި އެއްގޮތް ރިވާޔަތެއް ވާރިދުވެފައި ވެއެވެ. (މުރްސަލް ރިވާޔަތް ތަކީ ސަނަދު މެދުކެނޑިފައި ވުމުގެ މައްޗަށް ބަލިކަށި ތަކެއްޗެވެ.)
🤚[ދެންފަހެ ދަންނައެ] ނަބިއްޔުންގެ ހަށިކޮޅު ބިންގަނޑު ނުކެއުމުގެ ކަންތަކީ ޢިލްމުވެރިން ތެރޭގައި މަޝްހޫރު ބުނުމެކެވެ. އަދި ނަބިއްޔުންގެ ބައެއް ޚަބަރު ތަކުގައި އައިސްފައިވާ ފަދައިން، އެބޭކަލުންގެ ހަށިތައް ދެމިއޮންކަމުގެ ވާހަކަތައް ޘާބިތުވެއްޖެނަމަ، ދެން އެއިން މިއަށް ބާރުދެއެވެ. އަދި އެތައް ޙާދިޘާ ތަކަކުން ޝަހީދުންގެ ހަށިތައް ބިންގަނޑު ނުކައި ހުރިކަން ޘާބިތުވެފައި ވެއެވެ. (އެހެނަސް މިއީ ޝަރުޠެއް ނޫނެވެ.) ވީމާ އެވެރިންނަށްވުރެ މާތް ބައެއްގެ ކަންތަކުގައި އެކަން އެހެން ވުމީ ހައިރާންވަނިވި ކަމެއް ނޫނެވެ.
މީގެ އިތުރުން މި ރިވާޔަތް «الانبياء أحياء في قبورهم يصلون» (ނަބިއްޔުން ވަނީ އެބައިމީހުންގެ ޤަބުރުތަކުގައި ދިރިތިބި ޙާލުގައި އަދި ނަމާދު ކުރުމުގަޔޭ) މިއީ ޘާބިތު ރިވާޔަތެއް ނޫނެވެ.❝
— އަލްޢުބައިކީ ބަސްކޮޅު، ނިމުނީ.
📝 އަހަރެން ބުނަމެވެ: މިމައްސަލައިގެ އަޞްލަކީ، ޙުކުރު ދުވަހުގައި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔެވުމަށް ވާރިދުވެފައިވާ އެއްވެސް ޙަދީޘަކީ އޭގައި ނުކުޅެދުމެއް ނުހިމެނޭ އެއްޗަކަށް ނުވުމެވެ. އަދި ހުކުރުދުވަހާއި ހުކުރު ވިލޭރޭ ޞަލަވާތް ކިޔެވުމުގެ މާތްކަން އަހަރެމެން ބަލައިގަންނަނީ އެ ރިވާޔަތް ތައް ގިނަގުނަވެފައި އޭގެން ބައެއް ތަކެތީގައި ބުރަދަނެއް ހުރުމާއި އެކު ފަޟާއިލު ތަކުގެ ބާބުގެ ތެރެއިންނެވެ. އަދި އެއީ ޖުމްލަކޮށް އަމުރުވެވިގެންވާ ކަމެކެވެ. އަދި އަހަރެމެން ވާނީ މިމައްސަލާގައި އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ ފަތުވާއެއް ކުރިން ގެނެސްފައެވެ. ވީމާ އިތުރަށް ބަލާން ބޭނުން ފަރާތެއް އެއަށް ރުޖޫޢަވާށެވެ.
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.