ފަރުޟުފަސް ނަމާދަށްފަހު އާޔަތުލް ކުރުސި ކިޔުމުގެ ފަޟުލު އަދި އެކަމުގައި ވާރިދުވެފައިވާ ޙަދީޘުގެ ދަރަޖަ
🎁🎁 ފަރުޟުފަސް ނަމާދަށްފަހު އާޔަތުލް ކުރުސި ކިޔުމުގެ ފަޟުލު އަދި އެކަމުގައި ވާރިދުވެފައިވާ ޙަދީޘުގެ ދަރަޖަ
ޙަދީޘު:
«من قرأ آية الكرسي في دبر كل صلاة مكتوبة، لم يمنعه من دخول الجنة إلا أن يموت»
"ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި، އާޔަތުލް ކުރުސި ކިޔައިފި މީހާ އާއިމެދު ދަންނައެ، އޭނާގެ މަރުފިޔަވައި އޭނާ ޖަންނަތަށް ވެއްދެވުން މަނާކުރާ ކަމެއް ނުވެއެވެ."
❞ ރިވާކުރެއްވީ އައްނަޞާއީ ޞައްޙަ ސަނަދަކުން ”اليوم والليلة“ ގައެވެ. އަދި އިބްނު ޙިއްބާން އާއި އިބްނު ޢަބްދުލް ހާދީ ވެސް އެޙަދީޘު ޞައްޙަ ކުރެއްވިއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ــــــــــــــــــــ
📝 އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އަލްސަޢުދު ވިދާޅުވިއެވެ:
”އައްނަސާއީ މުޙައްމަދު ބިން ޙުމައިރުގެ މަގުން، މުޙައްމަދު ބިން ޒިޔާދު ފަރާތުން، ﷲ ރުއްސުން ލެއްވި އަބީ އުމާމާ رضي الله عنه ގެ އަރިހުން ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: «من قرأ آية الكرسي في دبر كل صلاة مكتوبة، لم يمنعه من دخول الجنة إلا أن يموت» "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި، އާޔަތުލް ކުރުސި ކިޔައިފި މީހާ އާއިމެދު ދަންނައެ، އޭނާގެ މަރުފިޔަވައި އޭނާ ޖަންނަތަށް ވެއްދެވުން މަނާކުރާ ކަމެއް ނުވެއެވެ."
މި ޙަދީޘް ގެ ސަނަދު ގައި މައްސަލައެއް ނެތެވެ. އަދި ބައެއް ޢިލްމުވެރިން އެ ޞައްޙަވެސް ކުރެއްވި އެވެ. އެއީ އަލްމުންޛިރީ ފަދަ ބޭކަލުންނެވެ. އެ ރިވާޔަތްތަކުގެ ތެރެއިން ރިވާޔަތެއްގެ ސަނަދެއް ޞައްޙަ ކުރެއްވުމަށް ފަހު، އެބޭފުޅާގެ ޝެއިޚު، އަލްމަޤްދިސީ އެ ސަނަދު އަލްބުޚާރި ގެ ޝަރުތުތަކާއި އެއްވަރަށް ޞައްޙަ ކަމަށް ވިދާޅުވި ކަމަށް ނަގުލު ކުރެއްވި އެވެ.
އަދި އިބްނު ޙިއްބާން އަރިހުން މިވާހަކަ އެކަލޭގެފާނުގެ ފޮތް "އައްޞަލާތު" ގައިވެސް ނަގުލުވެފައިވެއެވެ.
އަދި އަނެއްބައި ބޭފުޅުން މިރިވާޔަތް ޟަޢީފް ކުރެއްވިއެވެ. އެއީ އިބްނުލް ޖަވްޒީ އާއި އިބްނު ތައިމިއްޔާ އަރިހުން ނަގުލުވެފައިވާ ފަދައިންނެވެ. އެހެނަސް ބޮޑަށް ގާތް ގޮތަކީ: އޭގެ ސަނަދުގައި މައްސަލައެއް ނުވުމެވެ. އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އެ ޟަޢީފު ކުރެއްވުމާއި އެކުވެސް އެ ކިޔެއްވުމުގައި ދެމިހުންނެވިއެވެ."
އައްސަޢްދުގެ ބަސްކޮޅު ނިމުނީ.
އައްޠަރީފީ، ނަމާދު ފޮތުގައި ވިދާޅުވިއެވެ: މިރިވާޔަތުގެ ސަނަދު ވަރުގަދަކަމަށް އިބްނު މުފްލިޙް ކަނޑައެޅުއްވިއެވެ. (އެ އީ "އަލްފުރޫއު" 2/228 ގައެވެ).
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.