حديث_صحيح
✅✅ #حديث_صحيح
لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ،
❞ ސީދާ ހެނދުނާއި ހަވީރުގައި 10 ފަހަރު التهليل ކިޔުމާއި މެދު ވާރިދުވެފައިވާ ޙަދީޘުތައް ޘާބިތުވެގެން ވެއެވެ.⁽¹⁾ އެތަކެތި ރިވާ ކުރައްވާފައިވަނީ އިބްނު ޙިއްބާން އާއި އެނޫން ބޭކަލުންނެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــ
[1] އޭގެ ތެރޭގައި، އިމާމް އަޙްމަދު، މުސްނަދު (8719) ގައި އަބޫ ހުރައިރާގެ އަރިހުން ރިވާކުރެއްވި ޙަދީޘު ހިމެނެއެވެ. އެކަލޭގެފާނު ވިދާޅުވިޔޭ، ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ:
«مَنْ قَالَ: لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، مَنْ قَالَهَا عَشْرَ مَرَّاتٍ حِينَ يُصْبِحُ، كُتِبَ لَهُ بِهَا مِائَةُ حَسَنَةٍ، وَمُحِيَ عَنْهُ بِهَا مِائَةُ سَيِّئَةٍ، وَكَانَتْ لَهُ عَدْلَ رَقَبَةٍ، وَحُفِظَ بِهَا يَوْمَئِذٍ حَتَّى يُمْسِيَ، وَمَنْ قَالَ مِثْلَ ذَلِكَ حِينَ يُمْسِي، كَانَ لَهُ مِثْلُ ذَلِكَ»
((ހެނދުނުވާ ހިނދުގައި މިހެން 10 ފަހަރު ކިޔައިފި މީހާ: لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، ދަންނައެ، އޭނާގެ މައްޗަށް ސަތޭކަ ހެޔޮކަން ލިޔެވޭ ހުއްޓެވެ. އަދި އޭނާގެ ފުށުން ސަތޭކަ ކުށް ފޮހެދެވޭ ހުއްޓެވެ. އޭނާއަށް އެކަން ވަނީ (އަޖުރުގެ ގޮތުން) އަޅަކު މިނިވަން ކުރުމާއި އެއްވަރަށެވެ. އަދި ހަވީރުވުމާއި ހަމަޔަށް އެއިން އޭނާއަށް އެދުވަހުގައި އަމާންކަން ލެވިގެން ވެއެވެ. އަދި ހަވީރުވާހިނދު އެފަދައިން ކިޔައިފިމީހާއަށް، ހަމަ އެފަދައިން ވެއެވެ.))
މުސްނަދުގެ ތަޢުލީޤުގައި الارناؤط ވިދާޅުވިއެވެ: ދެޝެއިޚުންގެ ޝަރުޠުގެ މަތީން އޭގެ ސަނަދު ޞަޢްޙައެވެ.
🎁🎁 އައްޠަރީފީ اذكار الصباح والمساء (ޞ. 56) ގައި ވިދާޅުވިއެވެ:
⬆️100 ފަހަރު التهليل ޛިކުރު ކުރުން: މިއީ ދުވަހުގެ ފެށޭ ވަގުތުގައެވެ. އަދި ދުވާލުގެ ތެރޭ އެމީހާ އެދޭ ގޮތަކަށް އެ ކިޔައިލެވިދާނެއެވެ. އެންމެ މޮޅުއިތުރީ ކުރީކޮޅުގައި ކިޔުމެވެ.
⬆️ދެންފަހެ 10 ފަހަރު التهليل ޛިކުރު ކުރުން، ދަންނައެ، މިއީ ހެދުނުގައި 10 އަދި ހަވީރުގައި 10 އެކެވެ. (ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ޚާއްޞަ އެއްޗަކީ މިއެވެ.)..
...ފަހެ ފަތިސް ނަމާދުގެ ބުޑުގައި އަދި މަޣްރިބު ނަމާދުގެ ބުޑުގައި التهليل 10 ފަހަރު ކިޔުމަށް ކަނޑައެޅުމާއި މެދު ދަންނައެ، ... (އެއަށްވުރެ) ޞައްޙަކަން ބޮޑީ، 10 ފަހަރުގެ التهليل އަކީ ހެނދުނާއި ހަވީރަށް ޢާންމު ވެގެންވާ އެއްޗެއް ކަމަށް ވުމެވެ...“
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.