ތުނބުޅި ގޮށްޖެހުމުގެ ނަހީއާއި މެދު ބަހެއް
⚙️ތުނބުޅި ގޮށްޖެހުމުގެ ނަހީއާއި މެދު ބަހެއް
ޙަދީޘް:
«يا رويفع، لعل الحياة تطول بك فأخبر الناس أن من عقد لحيته، أو تقلد وترا، أو استنجى برجيع دابة أو عظم، فإن محمدا بريء منه»
"އޭ ރުވައިފިޢުއެވެ! ފަހަރުގައި ކަލޭގެފާނުގެ ޢުމުރު ދިގުވެދާނެއެވެ. ފަހެ، މީސްތަކުންނަށް ޚަބަރުދޭށެވެ! ހަމަކަށަވަރުން، ތުނބުޅީގައި ގޮށް ޖަހާ މީހާ، ނުވަތަ ދުނިދަނޑީގެވަރަ ކަރުގައި އަޅާ މީހާ، ނުވަތަ ނަޢަމްސޫފިގެ ހިކިފައިވާ ބޮޑުކަމުދާ ތަކެތިން ނުވަތަ ކަށިން އިސްތިންޖާކުރާ މީހާ ދަންނައެ، ފަހެ، ހަމަކަށަވަރުން މުޙައްމަދުގެފާނު (ﷺ) އެމީހެއްގެ ފުށުން ބަރީއަވެވަޑައިގެން ވެއެވެ."
”...މިއީ މަޢުލޫލު (ސަނަދުގައި ހާމަނޫންކޮށް އުނިކަމެއް އެކުލެވޭ) އަދި ޟަޢީފު ޙަދީޘެކެވެ. އަދި މީގައިވާ ބަސްފުޅު ((ތުނބުޅީގައި ގޮށް ޖަހައިފި މީހާ))، އެމީހާ ފުށުން ރަސޫލު ބަރީޢަވެވަޑައިގަންނަވާ މި ބަރީއަ ޙައްޤު ވަނީ (އިތުރު ނިޔަތެއް ނެތި) ހަމައެކަނި ގޮށް ޖެހުމުގެ ސަބަބުންތޯ ނުވަތަ އޭނާގެ އެގޮށްޖެހުމަކީ ވަކި ކަމަކަށް އިޢުތިޤާދުކޮށް ނިޔަތްގަނެ، (މިޘާލަކަށް) އެސްފީނާއިން ދިފާޢުވުމަށްޓަކައި ޖަހާ ގޮށްޖެހުމަކަށް ވާނަމަހެއްޔެވެ؟ ފަހެ މިޙަދީޘު ޘާބިތުކަމަށް ދެކޭ ހިނދަކުވެސް، މިޙަދީޘުން ދޭހަވާން އޮތީ މިބަރީއަވުން ލާޒިމުވަނީ އަޤީދާގައި ކަމެއް ޝާމިލުކޮށްގެން މިކަން ކުރުމުގެ މައްޗަށް ކަމެވެ. އަދި ދަންނައެ، މީޙަދީޘު ޘާބިތުވެގެން ވެސް ނުވެއެވެ. ނުވަތަ އޭގެ ފަހުން އޮތް ((ދުނިދަނޑީގެވަރަ ކަރުގައި އަޅާ މީހާ)) — އެފަދަ މީހާ ކަންތަކުގައިވެސް (އޮޅުމެއްނެތި ހާމަވަނީ) ހަމަކަށަވަރުން މުޙައްމަދު ނަބިއްޔާ އެމީހެއް ފުށުން ބަރީއަވެވަޑައިގަތުން ވަނީ ޢަޤީދާއެއް މައްޗަށް އެކަން ކުރުމުގައި ކަމެވެ. (އަދި މިއީ ޖާހިލިއްޔަތުގެ އަހުލުން އެފަދަ ނިޔަތާއި އެކު ކޮށް އުޅު ޢަމަލުތައް ކަމަށް ވާރިދުވެފައިވެއެވެ.) އެހެނީ އޭގެތެރެއިން ބައެއް މީހުން ތުނބުޅީގައި ގޮށް ޖަހަނީ ނޫނީ އެއީން އެއްބަޔާއި އަނެއްބައި ގަތަނީ ޖިންނި އޭނާއަށް އަޅައިގަތުމަށް އަދި ހަށިގަނޑަށް ވަނުމަށް އުދަގޫކުރުވުމުގެ ނިޔަތުގައެވެ. ޝައްކެތްނެތް ގޮތުގައި މިއީ ބާޠިލު ކަމެކެވެ. (ޞައްޙަވީނަމަ މާނަކުރެވޭނެ ގޮތަކީ މިއީ ކަމަށް ވާހިނދުގައި) ދަންނައެ، މި ޙަދީޘު ރަސޫލު ﷲ ﷺ އަރިހުން ޘާބިތުވެގެން ނުވެއެވެ.“
#حديث_ضعيف
— އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ ޢަލްޢަދަވީ (ބަސްކޮޅި)
~ ގަލަންދާނު 🖋️
ــــــــــــــــــــــ
📝އަހަރެން ބުނަމެވެ: އަދި ޖާހިލިއްޔަތުގެ އަހުލުން މިކަން ބޮޑާކަމާއި ކިބުރުގައި ކުރާ ކަމުގައި، އަދި ހަނގުރާމައިގައި ކުރާ ކަމެއް ގޮތުގައި، އަދި ނަލަވުމަށް (އެއީ ތުނބުޅިތަތްކޮށް އެކަތިގަނޑަކަށް ހެދުން ކަމުގައި) ވެސް ވާރިދުވެފައިވެއެވެ. އަދި ކާފަރުންނާއި އެއްގޮތްވުމަށް މިކަން ކުރުމަކީ އެހެން ނަހީއެކެވެ. އަދި ސުންނަތަކީ ތުނބުޅި ދޫކޮށް ބެހެއްޓުމެވެ. އެހެނަސް ޙާއްޖަތެއް ޖެހޭ މީހާ، މިޘާލަކަށް ނިދާއިރު ހޫނުވާތީ ނުވަތަ މަސައްކަތެއްގެ ތެރޭގައި އުޅޭއިރު ތުރަޔަކުން ދުރުކުރުމަށް އެކަން ކުރާ މީހާގެ ކަންތަކީ އޭނާގެ ނިޔަތުގެ މައްޗަށް އޮތް އަދި ކާފަރުންނާއި އެއްގޮތް ވުމުގެ ބާބެއް ނޫނެވެ. الله أعلم.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.