ރަމަޟާން މަހުގެ ފުރަތަމަ ބައިގައި ވަނީ ރަޙުމަތޭ މެދުގައިވަނީ ފާފަފުއްސެވުމޭ އަދި ފަހުބައިގައިވަނީ ނަރަކައިން މިންޖުކުރެއްވުމޭ —…
#حديث_ضعيف
❔ ރަމަޟާން މަހުގެ ފުރަތަމަ ބައިގައި ވަނީ ރަޙުމަތޭ މެދުގައިވަނީ ފާފަފުއްސެވުމޭ އަދި ފަހުބައިގައިވަނީ ނަރަކައިން މިންޖުކުރެއްވުމޭ — ނަންގަނެވުނު ޙަދީޘް ގެ ދަރަޖަ އަކީ ކޮބައިހެއްޔެވެ؟
އިބްނު ޖުދްޢާން އަރިހުން ސަޢީދު ބުނު މުޞައްޔަބު އަރިހުން ސަލްމާން އަލްފާރިސީ އަރިހުން ރިވާވެފައިވާ ޙަދީޘް (ރަޟާން މަހު) އޭގެ ފުރަތަމަ ބައިގައިވަނީ ރަޙުމަތޭ، މެދުގައިވަނީ ފާފުއްސެވުމޭ ފަހުބައިގައިވަނީ ނަރަކައިން މިންޖުކުރެއްވުމޭ، އަދި މިއީ ދިގު ޙަދީޘެކެވެ. އަދި މީގައި މިބަޔާންވެވުނު ކަންކަން ހިމެނެއެވެ. މި ޙަދީޘް ޞައްޙައެއް ނޫނެވެ. އަދި މިނޫން މަގަކުންވެސް މިރިވާޔަތް އައިސްފައިވެއެވެ. އެޔެއްވެސް ޞައްޙައެއް ނޫނެވެ. އަދި އަހަރެން ޛިކިރުކުރި މަގު: އިބްނު ޖުދުޢާން — ޢަލީ ބިން ޒައިދު ބުނު ޖުދްޢާން، ސަޢީދު ބުނު މުޞައްޔިބު އަރިހުން، ސަލްމާން އަރިހުން — މިއީ (މިދެ ސަނަދުންކުރެ) ވަރުގަދަ ސަނަދެވެ. އަދި އިބްނު ޖުދުޢާން ގެ ފަރާތުން އޭނާ އެކަނި ގެނެސްފައިވާ ރިވާޔަތް ބަލައިގަތުމެއް ނުވެއެވެ. އަދި (މީގެ އިތުރުން) ސަޢީދު ބުނު މުޞައްޔިބު ސަލްމާން އަރިހުން (ބައްދަލުވެ) އަޑުއެއްސެވިކަން ޘާބިތެއްނޫނެވެ. އަދި މިނަފީ ވަރުގަދަވާ އެއްޗެއް އައިސްފައިވެއެވެ. އެއީ ސަލްމާން ދިރި އުޅުއްވީ ޢިރާޤުގައި ކަމެވެ. އަދި އަވަހާރަވީވެސް އެތާގައެވެ. އަދި ސަޢީދު ދިރުއުޅުއްވީ މަދީނާގައެވެ. މިހެންކަމުން މިރިވާޔަތް ޞައްޙައެއް ނޫނެވެ. މިސަބަށްޓަކައި އަބޫ ޙާތިމް މިއީ މުންކަރު ރިވާޔަތެއް ކަމަށް ވިދާޅުވިއެވެ. އަދި އިބްނު ޚުޒައިމާ ރިވާ ކުރެއްވި އިރު މީގެ ޞައްޙަކަމާއިމެދު ޝައްކުކުރެއްވިއެވެ."
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު (މަސްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.