ލިޔުންތައް / ޙަދީޘް
އުމަރު رَضِيَ ٱللَّٰهُ عَنْهُ ބަޔެއް އަޞްހާބުން ނާއި އެކު ހުންނަވައި، ދެން ކުޑަކޮށް ހިނިވަރުނަ ކުރައްވާފައި އެއަށް ފަހު…
ލިޔުނީ: Galandān Admin9 July 2020 at 06:410 ޚިޔާލުތައް
❌
އުމަރު رَضِيَ ٱللَّٰهُ عَنْهُ ބަޔެއް އަޞްހާބުން ނާއި އެކު ހުންނަވައި، ދެން ކުޑަކޮށް ހިނިވަރުނަ ކުރައްވާފައި އެއަށް ފަހު ކީރިތިކުރައްވައިފިޔޭ، އެކަމާއި ސުވާލިކުރެއްވުމުން ދަންނަވައިފިޔޭ:
"ޢަޖުވާ (ކަދުރުން) ޖާހިލިއްޔަތުގައި އަހަރެމެން ބުދުހަދައި އެއަށް އަޅުކަން ކުރަމެވެ. ދެން އެ ކައިލަމެވެ. އަހަރެންނަށް ހެވުނީ މިކަން ހަނދުމަވެފައެވެ.
އަހަރެންނަށް ރޮވުނީ، އަހަރެންނަށް އަންހެން ދަރިއެއްވިއެވެ. އޭނާ ދިރިހުއްޓާ ވަޅުލުމަށް އެދި ގެންދިޔައީމެވެ. ވަޅުގަނޑެއް ކޮނުނުތަނާ އޭނާ އަހަރެންގެ ތުނބުޅިއާއި (މަޖާކޮށް) ކުޅެންފެށިއެވެ. ދެން އޭނާ ދިރިހުއްޓައި އަހަރެން ވަޅުލީމެވެ.
ޝެއިޚް ޢަބްދުލް ޢަޒިޒް އަލްޚުޟައިރް ވިދާޅުވި އެވެ: މިއީ މުންކަރު (ޞައްޙަ ރިވާޔަތްތަކާއި ފުށުއަރާ) އެއްވެސް މަސްދަރެއް ނެތް ވާހާކާއެކެވެ. “
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.