ލިޔުންތައް / ޙަދީޘް
މަރްފޫޢު ގޮތުގައިވާ އަނަސް ބިން މާލިކުގެ ޙަދީޘް
ލިޔުނީ: Galandān Admin23 August 2020 at 08:320 ޚިޔާލުތައް
މަރްފޫޢު ގޮތުގައިވާ އަނަސް ބިން މާލިކުގެ ޙަދީޘް:
« الدَّال عَلى الخَير كَفَاعلهِ »
"ހެޔޮކަމަކަށް މަގުދައްކާ މީހާ އެކަންކުރި މީހާ ފަދައެވެ."
ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އަދި "އާދަޔާ ޚިލާފުކަން" ސަނަދުގައިވާކަމަށް ކަނޑައެޅުއްވިއެވެ.
އަދި އަލްބައްޒާރު އާއި އަބޫ ޙާތިމް އަދި އަލްޢުޤައިލީ މިރިވާޔަތުގެ ސަނަދުގައި ހާމަނޫން ބަލިކަށިކަން ވާކަމަށް ކަނޑައެޅުއްވިއެވެ... އެހެންކަމުން މިރިވާޔަތް މުންކަރެވެ.
އަދި ސަލާމަތާއި އެކު އައިސްފައިވާ ރިވާޔަތަކީ: އަބޫ މަސްޢޫދުލް އަންޞާރީގެ ޙަދީޘެވެ.
ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއޭ:
« مَن دَلَّ عَلى خَيرٍ فَلهُ مِثلُ أَجرِ فَاعِله.» (أخرجه مسلم)
"ހެވަކަށް މަގުދައްކައިފި މީހާ، އެކަން ކުރާ މީހާއާއި އެއްވަރަށް އަޖުރު ވެއެވެ."
— ޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރް (ޓުވިޓަރ)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.