ކައިވެނީގެ ފިޤުހު 5 : މުސްލިމު ވަލީވެރިޔާ ގެ ވަލީ، މުސްލިމު ނޫން މީހެއް ނޫނީ މުރުތައްދަކާއި ހަވާލުކުރެވި، ދެން ކޮށްދެވޭ ކައިވެންޏެއް ގެ…
①
#KaiveneegeFiguhu (5)
ކައިވެނީގެ ފިޤުހު 5 : މުސްލިމު ވަލީވެރިޔާ ގެ ވަލީ، މުސްލިމު ނޫން މީހެއް ނޫނީ މުރުތައްދަކާއި ހަވާލުކުރެވި، ދެން ކޮށްދެވޭ ކައިވެންޏެއް ގެ ޙުކުމް.
🔻🔻🔻
ސުވާލު: އަހަރެންގެ ކައިވެނި ޢަޤުދު ކުރުމަށް ބައްޕައަށް އާދެވޭން ނެތުމުން، ވަކީލަކު ހަމަޖައްސާން ޖެހި، އަހަރެންގެ ދެވަނައަށް އެންމެ ބޮޑު، ބޮޑުބޭބެ ވަކީލު ކުރުމަށް ބައްޕަ އަހަރެން ގާތު ދެންނެވިއެވެ. އެހެނީ އަހަރެންގެ އެންމެ ދޮށީ ބޭބެ ވީ ދަަތުރެއްމަތީގައެވެ. އަދި އަހަރެންގެ ކައިވެނި މިގޮތުގެ މަތީން މިސްކިތުގައި ކުރެވުނެވެ. ކައިވެނީގެ ޢަޤުދުގެ އެންމެހާ ޝަރުޠެއްވެސް ފުރިހަމަވާ ގޮތުގައެވެ. އިޖާބަ އާއި ޤަބޫލާއިވަލީ އާއި ދެހެކިންނާއި އިޢުލާން ކުރުމާއި އެކުގައެވެ. އެހެނަސް އަހަންނަށް އުދަގޫވަނީ އަހަރެންގެ ބޮޑުބޭބެ (ވަކީލެއް ކަމުގައި ހަމަޖެހުނު) ނަމާދު ނުކުރެއެވެ. ،(އޭނާ އަކީ ހުކުރާއި ރޯދަމަހުގެ ރޯދަ ހިފާ މުސްލިމެކެވެ. އޭނާގެ އަންހެނުންނަކީ ހިޖާބުވެގެން ހުރި ނަމާދުކުރާ މީހެކެވެ. އަދި (ބޮޑުބޭބެ) ބުނެއެވެ: އާއެކެވެ. އަހަރެން ނަމާދެއް ނުކުރަމެވެ. އެހެނަސް އަހަރެންނަކީ ހެޔޮލަފާ މީހެކެވެ. އަދި ނަމާދުކޮށް ފާފަތަކަށް އަރާ މީހުންވެސް އެބަތިއްބެވެ.)
އަހަރެންގެ ސުވާލަކީ، މިކަމުން އަހަރެންގެ ކައިވެނީގެ ޞައްޙަ ކަމުގެ މައްޗަށް އަޘަރު ކުރާނެތޯއެވެ؟ އަދި އެހެންކަމުން އޭގެ ތެރެއަށް ވަންނަ އެއްދާން ކުރުމާއި ފިރިމީހާ އާއި އެކު އުޅުމާއި މިފިރިމީހާ އާއި އެކު އޮތް މުޅި ހަޔާތުގެ މައްޗަށެވެ. އެހެނީ ނަމާދު ނުކުރާ މީހަކީ އިސްލާމް ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ފަތުވާދޭ ބައެއް މީހުން މިތާގައި އެބަވެއެވެ. އަދި ވަކީލެއް ގެ ޝަރުޠު ތަކުގެ ތެރޭ އިސްލާމް ކަން ހިމެނޭ ކަމުގައެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.