ޖަވާބު
②
ޖަވާބު:
الحمد لله.
ފުރަތަމަ ކަމަކަށް:
ވަލީ ވެރިޔާ ނޫނީ އޭނާ ފަރާތުން ނައިބަކަށް މެނުވީ ކައިވެނި ޢަޤުދު ކޮށް ދިނުން ނުވެއެވެ. އެއީ ނަބިއްޔު ﷺ މިޙަދީޘް ގެ މައްޗަށެވެ: «لا نكاح إلا بولي» "ވަލީ އާއި ނުލައި ކައިވެންޔެއް ނުވެއެވެ."⁽¹⁾
އަދި އިތުރުއެކަލޭގެފާނުން ﷺ ގެ ޙަދީޘް:
وقوله صلى الله عليه وسلم : «أيما امرأة نكحت بغير إذن وليها فنكاحها باطل ، فنكاحها باطل ، فنكاحها باطل» ”އެމީހެއްގެ ވަލީ ގެ އިޛުނަޔާއި ނުލައި ކައިވެނިކޮށްފި އަންހެނާ، ފަހެ އޭނާގެ ކައިވެނި ބާޠިލެވެ. އޭނާގެ ކައިވެނި ބާޠިލެވެ. އޭނާގެ ކައިވެނި ބާޠިލެވެ.“⁽²⁾
ވީމާ ޖުމްހޫރު ޢިލްމުވެރިންގެ އަރިހު، އަންހެނަކަށް އޭނާ އަމިއްލައަށް ކައިވެނި ކުރުން ނުވެއެވެ. އަދި ކައިވެނި ކޮށްދޭން ވަކީލަކު (އެބަހީ: އޭނާ ފަރާތުން ބަދަލުގައި ހުންނަ ފަރާތެއް) ޢައްޔަނު ކުރުންވެސް އެކަނބުލޭގެ އަތްމައްޗަކު ނުވެއެވެ. އަދި އޭނާގެ ކައިވެނި ޢަޤުދު ކޮށްދިނުންވަނީ ވަލީވެރިޔާ އެހެން ނޫނީ ވަލީވެރިޔާގެ ވަކީލެވެ.
އަދި ބައެއް ގައުމު ތަކުގައި އަޤުދު ކޮށްދޭ މީހާ ބުނާ މިބަސް — ތިބާގެ އަނބިމީހާ އަކީ އަހަރެންގެ މުވައްކިލު އޭ (އެބަހީ: އަހަރެން ވަކީލަކަށް އައްޔަން ކުރި ފަރާތަކީ އެއީ އޭ) ، އެބަހީ އަންހެންމީހާ އޭ — މި ބިނާވެފައިވާނީ އަންހެން މީހާ އަމިއްލަޔަށް ކައިވެނި ކުރުން ޖާއިޒު ކުރާ، ޙަނަފީ މަޛުހަބުގެ މައްޗަށެވެ. އަދި އެއުރެން ވަލީ ޝަރުޠު ނުކުރެއެވެ. އަދި މިއީ އެއެއްގެ މަތީ ޖުމްހޫރު ޢިލްމުވެރިން ތިއްބެވި ގޮތާއި ޚިލާފެވެ. މިއީ އިހުބަޔާންވެވުނު ޙަދީޘް ތަކާއި ޚިލާފުވުމުގެ އިތުރުންނެވެ. ކުރިމަތިވެފައިވާ ސުވާލުގައި، މި ބޮޑު ބޭބެއަކީ ވަލީވެރިޔާގެ — ބައްޕަގެ — (ފުށުންވާ) ވަކީލެވެ. އަނބިމީހާގެ ވަކީލެއް ނޫނެވެ.
ދެވަނައީ:
ގަދަހަދައި ނަމާދު އަޅާ މީހަކީ، ޢިލްމުވެރިންގެ އިޖުމާޢު އިން ކާފަރެކެވެ. ދެންފަހެ ކަންނެތްވެގެން ނޫނީ ފަރުވާ ކުޑަކޮށްގެން އެ އަޅާ މީހާ، ޢިލްމުވެރިން އޭނާގެ ކުފުރު އާއިމެދު ޚިލާފުވިއެވެ. އަދި ޤުރުއާނާއި ސުންނަތުގެ ނައްޞުތައް އަދި ޢަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް އެއަކަށް ދަލީލުދޭ ރާޖިޙު ގޮތަކީ އޭނާ އަކީ ކާފަރެއް ކަމެވެ.
މީގެ މައްޗަށް: ނަމާދު އަޅާ މީހާ، ފަހެ އޭނާ އަކީ މުސްލިމު އަންހެނާގެ ކައިވެނި ޢަޤުދުގައި ވަލީ ވެރިޔާ ކަމުގައި ހުއްދަ ނުވެއެވެ.
ޢަދި ހުކުރާއި ރޯދަމަހު އެކަނި ނަމާދު ކުރާ މީހަކީ، ނަމާދު އަޅާ މީހެއްގެ ދަރަޖާގައި ވާ މީހެކެވެ. ރާޖިޙު ވެގެންވާ ޤަޥްލުގެ މައްޗަށް އޭނާ އަކީ ކާފަރެކެވެ. ކުރިން ބުނެވުނު ފަދައިންނެވެ. އަދި ސުވާލު ނަންބަރު (2182) އާއި (5208) އިތުރަށް ބަލާށެވެ.
އަދި ނަމާދު ކުރާ ބަޔެއް މީހުންނަށް ވުރެ، އޭނާ ހެވޭ ބުނެ ބުނާ ބުނުމަކީ، އޭނާ ކުފުރުގެ ތެރެއަށް ވެއްޓުމަށް ފަހު އެއްވެސް ލާބައެއް އެއަކުން ނުކުރާނޭ ބަހެކެވެ. އަދި ކުފުރަށް ވުރެ ބޮޑީ ފަހެ ކޮން ފާފައެއް ހެއްޔެވެ؟ އޭނާ އެއަކުން މަނާވެ އެހެރި ނަމާދަކީ އިސްލާމްކަމުގެ ރުކުނެކެވެ. އަދި އޭގެ ތަނބެވެ. އަދި މުސްލިމަކާއި ކާފަރެއްގެ ދެމެދުވާ ފަރަޤެވެ!
އިބްނު ޤުދާމާ رحمه الله ވިދާޅުވިއެވެ: ދެންފަހެ ޢިލްމުވެރިންގެ އިޖުމާޢުގެ މަތިން، ކާފަރު މީހަކަށް، އެޙާލުގައި ވޭމެ މުސްލިމު އަންހެނާގެ މައްޗަށް ވަލީވެރިވެވުމެއް (ބަލަދުވެރިވުމެއް) ނުވެއެވެ. އެއީ މާލިކު އާއި އައްޝާފިޢީ އާއި އަބޫ ޢުބައިދު އަދި އައްރައުޔުގެ ބޭކަލުންގެވެސް ވިދާޅުވުމެވެ. އަދި އިބްނުލް މުންޛިރު ވިދާޅުވިއެވެ: ”މީގެ މައްޗަށް އެބައެއް ފުށުން އަހަރެމެން އުނގެނުނު އެންމެހާ ޢިލްމުވެރިން އިޖުމާޢު ވެލައްވައެވެ." —انتهى. "المغني" (9/377) އިން.
އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވިއެވެ: ”އޭނާ ނަމާދު ނުކުރާ ނަމަ، އޭނާގެ އެއްވެސް އަންހެން ދަރިއެއްގެ ކައިވެނީގެ ޢަޤުދު ކޮށް ދިނުން އޭނާއަށް ހުއްދަ ނޫނެވެ. އަދި ކައިވެނި ކޮށް ދީފިތަ؟ އެ ޢަޤުދެއް ވަނީ ފާސިދުވެފައެވެ. (ބާޠިލެވެ.). އެހެނީ މުސްލިމު އަންހެނާގެ ވަލީ އަކީ މުސްލިމެއް ކަމުގައި ވުމީ ޝަރުޠެކެވެ.“ —انتهى. "فتاوى نور على الدرب" އިން.
___
[1] رواه أبو داود ( 2085 ) والترمذي (1101 ) وابن ماجه (1881) من حديث أبي موسى الأشعري ، وصححه الألباني في صحيح الترمذي.
[2] رواه أحمد ( 24417) وأبو داود (2083) والترمذي (1102) وصححه الألباني في صحيح الجامع 2709
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.