ނުކިޔަމަންތެރިކަން ފާޅުކުރުމުގެ މާނަ، އަދި އެކަންކުރާ އަންބަކާއިމެދު އެޅެން ހުރި ފިޔަވަޅުތައް، އަދި އަތް އުފުލުމާއިމެދު ތަޙުޒީރެއް
⬆️ނުކިޔަމަންތެރިކަން ފާޅުކުރުމުގެ މާނަ، އަދި އެކަންކުރާ އަންބަކާއިމެދު އެޅެން ހުރި ފިޔަވަޅުތައް، އަދި އަތް އުފުލުމާއިމެދު ތަޙުޒީރެއް
①
ﷲ سُبْحَانَهُ وَتَعَالَىٰ ވަޙީ ކުރެއްވިއެވެ:
▶️وَٱلَّٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِى ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ◀️
(النساء 34)
[މާނައީ: (އެކަމުގެ ޢިލްމެއް ނޫނީ ނިޝާނެއްގެ ސަބަބުން) ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ ފަހެ، ކަލޭމެން ފުރަތަމަ އެކަނބަލުންނަށް وعظ އާއި نصيحة ދޭށެވެ! (އެވަރުން ނުވިނަމަ) އެކަނބަލުންނާ ނިދާ ތަނުން ދުރުވެގެންނާށެވެ! (އެއްތާ ނުނިދާށެވެ!) (އަދި އެވަރުން ނުވިނަމަ) ކަލޭމެން އެކަނބަލުން ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ!]
⬆️نُشُوز އަކީ ކޮބާ؟
އަންހެން ވެރިންގެ نُشُوز އޭ އާޔަތުގައި އޮތް —އޭގެ ސަބަބުން އެވެރިންނަށް ފިޔަވަޅު އެޅޭ — ”ނުކިޔަމަންތެރިކަން ދެއްކުމޭ" ބުނެވިފައިވާ ބަހުގެ މާނައާއި މެދު ޖުމްލަވޮތެއްގައިވާ ޢިލްމުވެރިންގެ ބަސްތަކުގެ ތެރޭގައި:
⬆️ޙަނަފީން ކުރެ އަލްކާސާނީ ވިދާޅުވިއެވެ: ”ކައިވެނީގެ ތެރޭ ނުޝޫޒަކީ ޙައްޤަކާއި ނުލައި އެކަނބުލޭގެ ގެއިން ބޭރުވެ އޭނާގެ ނަފުސު ފިރިމީހާއަށް މަނައު ކުރުމެވެ. އެއީ އެހެންޏާ އޭނާގެ އިޛުނަނެތި ބޭރަށް ނިކުމެ ފިލުމެވެ. ނޫނީ ދަތުރު ކުރުމެވެ. އެހެނަސް އެކަނބުލޭގެ ގޭތެރޭގައި ހުރެ އޭނާއަށް މަނައުވެގަންނަ ނަމަ، އެއްރިވާޔަތެއްގައިވަނީ، އެހިނދު ޚަރަދު ދޭން ޖެހޭނޭ ކަމެވެ. އެހެނީ އެކަނބުލޭގެ އެހެރީ ފިރިމީހާގެ ޙައްޤުގެ ތެރޭ ހިފެހެއްޓިފައެވެ. އަދި އެކަނބުލޭގެ ފުށުން އޭނާއަށް، ހާމަވާންއޮތް ފަދައިން ގިނަ ފަހަރަށް މަންފަޢު ލިބެއެވެ. ވީމާ ކިޔަމަންތެރިކަމުގެ މާނަ ވަނީ ޙާޞިލުވެފައިއެވެ. (بدائع الصنائع 4/22)
⬆️މާލިކީން ކުރެ އައްދަރްދީރް ވިދާޅުވިއެވެ: ”އައްނުޝޫޒަކީ ކިޔަމަންގަތުމަށް ވާޖިބު ކަންތައްތަކަށް ނުކިޔަމަންތެރިވެގަތުމެވެ. އެއީ މިޘާލަކަށް ފިރިމީހާ އޭނާފުށުން އެދުންވެރިކަން ފުއްދުމުން މަނަޢުވެގަތުން ނުވަތަ އޭނާގެ އިޛުނަޔާއި ނުލައި އޭނާ އެތަނަކަށް އިޛުނަ ނުދޭނޭކަން އެނގޭ ފަދަ ތަނަކަށް ގެއިން ނިކުމެ ދިޔުން ނުވަތަ ޣުސުލު ނޫނީ ނަމާދު ނުކުރުން ފަދަ ﷲ تعالى ގެ ޙައްޤުތަކެއް އެޅުމެވެ. އަދި އޭގެ ތެރޭގައި މަތީގައި ބުނެވުނު ފަދައިން އޭނާ ފުށުން ފިރިމީހާ މަނައު ކުރުމަށް ދޮރު ލައްޕައި ބަންދުކުރުން ވެސް ހިމެނެއެވެ.“ (الشرح الكبير 2/343)
⬆️ޝާފިޢީން ކުރެ އައްނަވަވީ ވިދާޅުވިއެވެ: ”އޭނާ އަކީ ނާޝިޒާ އެއްކަމުގައި ވުމުގެ ވައްތަރުތަކުގެ ތެރޭގައި، ˺ފިރިމިހާ ނުރުހުމުގައި˹ ގެއިން ބޭރަށް ނިކުތުމާއި، އޭނާއާއި އެކީ އުޅުމަށް ދެކޮޅުހެދުން ވެއެވެ. އަދި އެއްދާންކުރުމުން މަނައުވެގަތުމެވެ. މިއާއިއެކު އޭނާ މިކަންކަމުގައި ކިޔަމަންތެރިކަމަށް އަނބުރާ ގެނައުމަށް ބުރައުފުލަން ޖެހުމާއި ލޯބިން އުޅޭ އުޅުން ހުއްޓައިގެންވެސް އަޘަރެއް ނުކުރުމެވެ. އެހެނަސް ހަޔާތްގޮވައި ދުލުގެ ނުބައިކަން ދެއްކުމީ ނުޝޫޒެއް ނޫނެވެ. އެހެނަސް ފިރިމީހާއަށް އިހާނެތިކޮށް ހިތީތީ އެކަމުން އޭނާ ފާފަވެރިވާނެއެވެ. އަދި އަދަބު ދިނުން ޙައްޤެވެ.“ (روضة الطالبين 7/269)
⬆️ޙަންބަލީން ކުރެ އަލްޙައްޖާވީ ވިދާޅުވިއެވެ: ”ނުކިޔަމަންތެރިކަމުގެ އަޘަރުތައް އޭނާގެ ފުށުން ފާޅުވާނަމަ: އެއީ މިޘާލަކަށް އެއްދާން ކުރުމަށް ގޮވުމުން ތަތްކަން ދެއްކުމާއި ކޮއްޕައި ދެކޮޅުހެދުން، ނުވަތަ އިޖާބަ ދިނަސް ފޫހިކަމާއި ނުރުހުން ތެރިކަން ދެއްކުމާއި، އޭނާއާއި މެދު އަދަބު ކުޑަކޮށްފައި ވުމެވެ.“ (الإقناع 3/250)
⬆️އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ: ”އެއީ އެކަނބުލޭގެ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދައްކައި އޭނާ ފުށުން ވަކިވެ ދުރުވެގަތުމެވެ. އެގޮތަކީ، އެއްދާން ކުރުމަށް އަންނަން ބުނުމުން އޭނާއަށް ކިޔަމަން ނުވުމެވެ. ނުވަތަ އޭނާގެ އިޛުނަޔާއި ނުލައި ގެއިން ނިކުމެ ދިޔުމެވެ. ނުވަތަ މިޒާތުގެ އެކަނބުލޭގެ މައްޗަށް އޭނާއަށް ކިޔަމަންގަތުން ވާޖިބުވެގެންވާ ކަންކަމަށް ދެކޮޅުހެދުމެވެ.“
✨ އަދި އިބްނު ޤުދާމާ ވިދާޅުވިއެވެ: ”އެއީ ކައިވެނީގެ ޢަޤުދުގެ ސަބަބުން އެކަނބުލޭގެ މައްޗަށް (ފިރިމީހާއަށް) ދިނުން ލާޒިމު ޙައްޤަކާއިމެދު އެކަނބުލޭގެ ދެކޮޅުވެރިވުމެވެ.“
⚠️ނުޝޫޒު ސަބަބުން އެ އަންހެނާގެ މައްޗަށް ފިރިމީހާ އަދައުކުރުން ވާޖިބު ޙައްޤުތަކުގެ ތެރެއިން، ހޭދަކުރުމާއި ބޯހިޔާވަހިކަން ދިނުން އުވިދެއެވެ. އަދި އެކަނބުލޭގޭ ނުކިޔަމަންތެރިކަމުގެ މައްޗަށް އަދަބު ދިނުން ފިރިމީހާއަށް ހުއްދަވެއެވެ. އެއީ ހެޔޮނަސޭހަތާއި ވަޢުޡު ދީގެނާއި، ދެން އެދުމަތިން ހަޖަރުކޮށްގެނެވެ. (އެބަހީ: އެއްކިބާވެގަތުމެވެ.) ދެން އެއަށްފަހު (އިޞްލާޙު ނުވަނީނަމަ) ހާނީކަ ނުވާ ވަރަށް ޖަހައިގެނެވެ. މީގެ ތަފްޞީލު އަހަރެމެން ކުރިޔަށް ގެންނާނަމެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.