އިންސާނެއްގެ ޣައިރަތްތެރިކަމާއި މުރުއްވަތްތެރިކަން އޭނާގެ ފުށުން އެއްކޮށް ނިގުޅިފައިވާނަމަ، ފަހަރެއްގައި މިހެން ވެދާނެއެވެ
⚠️އިންސާނެއްގެ ޣައިރަތްތެރިކަމާއި މުރުއްވަތްތެރިކަން އޭނާގެ ފުށުން އެއްކޮށް ނިގުޅިފައިވާނަމަ، ފަހަރެއްގައި މިހެން ވެދާނެއެވެ.
—🔢—
ސުވާލު:
ފަރަންސޭސި ވިލާޔަތުގެ ޙަބީބާ بارك الله فيها ގެ ސުވާލަކީ: ”ދަރިންގެ ބަހަނާގައި އަހަރެންގެ ފިރިމީހާ އޭނާގެ ކުރީގެ އަންހެނުންނާއި ވާހަކަ ދައްކައެވެ. މިއީ ހުއްދަކަމެއްތޯއެވެ؟ އެކުދިންގެ އުމުރަކީ 13 އަހަރާއި 11 އަހަރު ކަމުގައި ބަޔާން ކޮށްލަދެމެވެ. އެދެކުދިންގެ (އެބަހީ: ދޮންދަރިންގެ) މަންމަ މިކަމުގެ ނާޖާއިޒު ފައިދާ ނަގަނީ އޭނާގެ ޒާތީ ކަންކަމުގެ ވާހަކަ ދެއްކުމަށެވެ. ހަމައެއާއި އެކު އަހަރެންނަށް އަވަގުރާނަ ގޮވުމަށެވެ. އަދި އޭނާއާއި ބައްދަލު ކުރުމަށްވެސް އެދި ކިޔައި ހަދައެވެ.
ޖަވާބު:
ފަރަންސޭސި ވިލާތު އަހަރެންގެ އުޚްތު ޙަބީބާ އެވެ. بارك الله فيك (ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ.)
ފިރިހެން މީހާ ގެ ކަންތަކުގައި ދަންނައެ، އޭނާ އޭނާގެ އަނބިމީހާ ވަރިކޮށް ރުޖޫޢަނުކޮށް ވަނިކޮށް ޢިއްދައިގެ ވަޤުތު ހަމަވެއްޖެނަމަ، އެކަނބުލޭގެއަކީ އޭނާއަށް ޢަޖުނަބީއެކެވެ. (ހިލޭ އަންހެނެކެވެ.) އެކަނބުލޭގެ އަތާއި އަތްޖޯޑު ކުރުން (ބީހުން) އޭނާއަށް ހުއްދަވެގެން ނުވެއެވެ. އެއީ އޭނާގެ ކުރީގެ އަނބިމީހާއަށް ވީކަމަކުހެވެ. އަތްޖޯޑުކުރުމެއް ބޮސްދިނުމެއް އަދި ޚަލްވަތެއް ވެސް ހުއްދަވެގެން ނުވެއެވެ.(ޚަލްވަތަކީ ހިލޭ އަންހެނަކާއި އެކު މުއާސަލާތުގައި އިތުރުފަރާތެއް ނެތް ގޮތުގައި އެކަނިވުމެވެ. [ތަފްޞީލު]) އަދި ދަތުރުމަތީ އެއަންހެނާއަށް ވާ މަޙްރަމަކަށްވެސާ މި ފިރިހެނާއަށް ނުވެވޭނެއެވެ. އަދި (ޝަރުޢީގޮތުން ކަށަވަރު) މަޞްލަޙަތަކަށްޓަކައި މެނުވީ އެކަނބުލޭގެއާއި ވާހަކަ ދެއްކުން އޭނާއަށް ޖާއިޒުވެގެން ނުވެއެވެ.
އެއީ މިޘާލަކަށް، ދަރިންގެ ކަންކަމާއި ގުޅޭ ގޮތުން ނަމަ، އެކަނބުލޭގެ އޭނާއަށް ގުޅައި ”ދަރިން އިސްކޫލުގައި މައްސަލަތަކެއް އެބަޖެހެޔޭ" ނޫނީ މިޘާލަކަށް "ދަރިންނަށް ތަރުބިއްޔަތު އެބަބޭނުންވެޔޭ" — މިއީ މަޞްލަޙަތުގެ ގިއުގަނޑުގެ ތެރޭގައި ވާ ކަންކަމެވެ.
މިއާ ޚިލާފަށް އޭނާ އާއި އެކު ހަމައެކަނި އާދައިގެ ވާހަކަ ދައްކައިލުމަށް ނޫނީ ފިރިހެނަކާއި އަންހެނެއް ދެމެދުގައި ވާފަދައިން ހިތްހަމަޖައްސައިލުމަށް ފޯނުކުރުމީ، މިއީ ޙަރާމް ހަމަހިލާ ހުއްދަނޫން ކަންކަމެވެ.
ކަނބުލޭގެ ބުނެފައިވާ ގޮތުން އޭނާ ކަނބުލޭގެއަށް އެއްޗެހިގޮވުމަށް ވެސް ގުޅައެވެ. އޭނާއަށް ކަނބުލޭގެއަށް އެއްޗެހިގޮވަން ކުޅަދާނަވެގެން ވަނީ ކޮންފަދައަކުން ހެއްޔެވެ؟! ކަނބުލޭގެ ފިރިމީހާ އާއި އޭނާގެ ކުރީގެ އަނބިމީހާ އާއިއެކު (ޖާއިޒު) ގުޅުން ވަނީ އުވިގޮސްފައެވެ. ވީމާ އެފަދަ ބަހެއް އޭނާ އާއި ހަމަޔަށް (ބަލައިގަނެވި) އަންނަން ވީ ގޮތަކީ ކޮބައިހެއްޔެވެ؟ އެކަނބުލޭގެ އެކަނބުލޭގޭ އަމިއްލަ ޙަޔާތާއިގެން ކުރިޔަށް ދާންވީއެވެ.
ދެންފަހެ އެކަނބުލޭގެ ޙަޔާތުގެ ކަންކަމާއި މެދު މަޝްވަރާ ހޯދުމާއި މެދު ދަންނައެ، މިކަންކަމުގައި މީހެއް އޭނާގެ ކުރީގެ ފިރިމީހާއާއި މަޝްވަރާކުރުމެއް ނުވެއެވެ. އޭނާގެ ކުރީގެ ފިރިމީހާއެއް އެކަމުގެ ހެޔޮވެގެންވެސް ނުވެއެވެ. މީހެއް ގެ ކުރީގެ ފިރިމީހާ އޭނާއަށް މިޘާލަކަށް "މިވެނި މީހަކާއި އަވަހަށް އިންނާށޭ އަދި އެވެނި މީހަކާއި ހިލާ ނުއިންނާށޭ" ބުނެ ހެޔޮހިތާ ނަޞޭޙަތެއް ދެވޭނެހެއްޔެވެ؟ އަހަރެންނެއް ޤަބޫލު ނުކުރަމެވެ. އިންސާނެއްގެ ޣައިރަތްތެރިކަމާއި މުރުއްވަތްތެރިކަން އޭނާގެ ފުށުން އެއްކޮށް ނިގުޅިފައިވާނަމަ، ފަހަރެއްގައި މިހެން ވެދާނެއެވެ. އެހެނަސް މުސްލިމެއްގެ ފުށުގައި އަބަދުވެސް މުރުއްވަތްތެރިކަމާއި ޣައިރަތްތެރިކަން އަދި ހަރުދަނާ ގޮތެއް ހުރުން ވެއެވެ.
ވީމާ އެކަނބުލޭގެ (ލަފަޔާއި ނަޞޭޙަތް އެދޭނަމަ) ރުޖޫޢަވާންވީ އެނޫން މީހަކަށެވެ. މިޘާލަކަށް ދެބަސްވުން ޙައްލުކޮށް ބަލައިދޭނޭ އަދި ކަންދަންނަ ފަރާތް ތަކަށެވެ. އަދި ކައިވެންޏެއް ބޭނުން ނަމަވެސް އަހަންވީ އެފަދަ މީހުން ގާތުންނެވެ. އެހެނަސް ތިބާގެ ކުރީގެ ފިރިމީހާއަށް އެކަމުގައި ދިޔުމީ ގޯހެކެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.