އެހެންކަމުން ތިބާގެ ފިރިމީހާއަށް އޮތް ނަޞޭޙަތަކީ ﷲ އަށް ބިރުވެތި ވުމެވެ! ތިބާގެ ފިރިމީހާ އެކަނބުލޭގެއަށް ދޮރުހުޅުވައިދިންތަން ފެނުމުން…
—🔢—
އެހެންކަމުން ތިބާގެ ފިރިމީހާއަށް އޮތް ނަޞޭޙަތަކީ ﷲ އަށް ބިރުވެތި ވުމެވެ! ތިބާގެ ފިރިމީހާ އެކަނބުލޭގެއަށް ދޮރުހުޅުވައިދިންތަން ފެނުމުން އެކަނބުލޭގެ އެވަނީ އެދޮރާށިން އަވަހަށް ވަދެފައެވެ. ތިބާގެ ފިރިމީހާގެ މައްޗަށް ވަނީ އަވަހަށް މިދޮރު ބަންދުކުރުމެވެ. އެހެނީ މިއީ ނުބައިކަމުގެ ދޮރާއްޓެކެވެ.
އެހެނަސް (މިޘާލަކަށް) އޭނާ އެކަނބުލޭގެ އާއި އިންނަން ބޭނުން ނަމަ - ދެން މިއީ މުޅިން އެހެން ކަމެކެވެ. (އަދި އެއަށް އޮތް ރާސްތާވެސް ތަފާތެވެ.) އެހެނަސް އޭނާ އާއި ކައިވެނި ކުރަން ނޫޅޭ ޙާލު، އަދި (ޝަރުޢީ މަޞްލަޙަތުގެ ޙާލަތްތަކުން ބޭރުވެ) ހިތްހަމަޖެހުމާއި ލައްޒަތަށްޓަކައި އޭނާ އާއި ގުޅުން ބޭއްވުމީ، (ޙަރާމްވެގެންވާ އަދި) ބަންދުކުރަން ޖެހޭނޭ ދޮރާއްޓެކެވެ. ފަހެ އެއީ އޭނާއަށް ހިލޭ އަންހެނެކެވެ.
ޖެހިލުންކުޑަކޮށް މިފަދަ ކަމެއް އެއަންހެންމީހާ މީނާއާއި ކުރިމަތި ކުރުވައިފިނަމަ، އޭނާ އެކަމުން ޢުޛުރުވެރިވެ އެކަނބުލޭގެއަށް ބުނަންވީ، "އަހަރެންނަކީ އާއިލީ މައްސަލަތައް ބަލައިދޭ މީހެއް ނޫނޭ އެކަންކަން ބަލައިދޭ ޚާއްޞަ ފަރާތްތައް ވެޔޭ، އަދި ކައިވެނި ކުރާން މީހުން ހޯދައިދީ އެފަދަ ފަރާތް ވެޔޭ، އެހެނަސް އަހަރެންނަށް އެކަން ވެވެން ނެތޭ" އެވެ.
بارك الله فيك
— ޢަޒީޒް ބުނު ފަރްޙާން އަލްޢަންޒީ (ވީޑިއޯ)
~ ގަލަންދާނު 🖋
ـــــــــــــــــــــــــ
⏺ ވަރިކޮށްފައިވާ ފަރާތަކާއި މުޢާމަލާތް ކުރުމުގެ ޝަރުޠުތައް
❞ ދަންނައެ، ފިރިމީހާ ތިބާ ވަރިކޮށް ތިބާގެ އިއްދައިގެ ވަޤުތު ހަމަވެފައިވާނަމަ އޭނާ އަކީ ތިބާއަށް ހިލޭ ފިރިހެނެކެވެ. (އަޖްނަބީއެކެވެ.) އަދި އަޖްނަބީ އަކާއި މުޢާމަލާތް ކުރެވުން ވަނީ:
⬆️ ފިތުނައިން އަމާން ކަން އޮވެއްޖެ ޙާލަތުގައި
⬆️ޝަރުޢީ ގޮތުން ހުއްދަ ޒަރޫރީ ޙާއްޖަތަކަށެވެ.
މިފަދަ މުޢާމަލާތެއް ކުރެވުން ވަނީ:
⬆️ ސީރިއަސް ބަހުރުވައިން
⬆️ އިއްފަތްތެރިކޮށް
⬆️ ޚަލްވަތެއް ނުއަންނަ ގޮތަށް، އަދި
⬆️ މަޑުމޮޅިކަން (އަންހެނާގެ) ވާހަކަދެއްކުމުގައި ނެތިއެވެ.
[ޚަބަރުދާރު] އޭނާ އާއި ވާހަކަ ދެއްކުމުގައި ފިތުނައިން އަމާންކަން ތިބާގެ ނަފްސަށް ނުވާނަމަ ސީދާ ވާހަކަދެއްކުމުން ދުރުހެލިވުން ވާޖިބުވެގެން ވެއެވެ. އަދި ދަރީންގެ ކަންތަކާއި ތިބާގެފުށުން ތަމްޘީލުވާނޭ އެހެން ފަރާތެއް ތިބާގެ މަޙުރަމުން ނޫނީ އެނޫން ފަރާތަކުން ޢައްޔަންކުރުން ވެއެވެ. ހަމަކަށަވަރުން (سد الذرائع) ޙަރާމަކަށް މަގުފަހިވާ ރާސްތާ ހުއްޓުވުމަކީ، ވާޖިބުވެގެންވާ ކަމަކެވެ.❝ — اهـ.
— ފަތުވާ ނަންބަރ 134197 (އިސްލާމްވެބް)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.