އަލްވާބިލް އައްޞައްޔިބު" (ޞ. 22 -24) ގައި އިބްނުލް ޤައްޔިމް < [ﷲ] ގެ ނަހީކުރެއްވުން މަތިވެރިކުޅައުމުގެ ޢަލާމާތްތައް > މިހެން ފަޞްލެއް…
②
"އަލްވާބިލް އައްޞައްޔިބު" (ޞ. 22 -24) ގައި އިބްނުލް ޤައްޔިމް < [ﷲ] ގެ ނަހީކުރެއްވުން މަތިވެރިކުޅައުމުގެ ޢަލާމާތްތައް > މިހެން ފަޞްލެއް ކަނޑައަޅުއްވައި، އޭގެ ދަށުން ވިދާޅުވިއެވެ:
”އަދި ﷲ ގެ އަމުރުފުޅު އަދި ނަހީ މަތިވެރިކުޅައުމުގެ ޢަލާމާތްތަކުގެ ތެރޭގައި، ރުޚްޞާ ތަކަށް (އެބަހި: ޙާަލަތާއި ވިދިގެން ޝަރުޢީ ކަންކަމުގައި ދެއްވާފައިވާ ލުއިތަކަށް) ހިފެހެއްޓުމެއްނެތި — އެއީ އެކަން ކުރާ މީހާ އަކީ ގޮތެއްނެތް މީހަކަށްވެ، މެދުމިނުގެ މަންހަޖުގައި ގާއިމުވެފައިވާ މީހަކަށް ނުވާހިސާބަށް ދާންދެން— ދޫ ނުދިނުން ހިމެނެއެވެ.“
(ދެން އޭގެ މިޘާލުތައް ގެންނަވަމުން ވިދާޅުވިއެވެ)
”...އަދި މީގެތެރެއިން ވަނީ، ޢުޛުރު ވާހިނދު ދަތުރުވެރިޔާއަށް ދެނަމާދު އެއްކުޅައުމަށް އިތުރުއެކަލޭގެފާނުން ލުއިދެއްވުމެވެ. (އެނޫން ގޮތަކުންނަމަ) ކޮންމެ ނަމާދެއް އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް ލުއިދެއްވެވީއެވެ. އެއީ (ސަވާރީން) ފޭބުމަށް ޣުޛުރުވެރިވާތީ ނުވަތަ އުދަޤޫވާތީ، ދަތުރުގެ (ކޮންމެ ނަމާދަކަށް) މެދުނުކެނޑުމުގެ ގޮތުންނެވެ.
ދެންފަހެ މަންޒިލެއްގައި އޭނާ ދެދުވަހަށް ނޫނީ ތިންދުވަހަށް ނޫނީ ދުވަހަކަށްވިޔަސް މަޑު ކުރާނަމަ، ދެނަމާދު ޖަމަޢަ ކުރުން އޭނާގެ މައްޗަށް ލާޒިމުވެގެން ނުވެއެވެ. އެއީ އުދަގުލެއްނެތި ކޮންމެ ނަމާދެއްވެސް އޭގެ ވަޤުތުގައި ކުރުމަށް ކުޅަދާނަވުމުގެ ސަބަބުންނެވެ. އެހެނީ ޖަމަޢަ ކުރުމަކީ ރާތިބު ސުންނަތެއް ނޫނެވެ. މިއީ ދަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތާއި ޚިލާފަށެވެ: އެއީ ދަތުރުގެ ސުންނަތް ގޮތަކީ ޢުޛުރެއް އޮތަސް ނެތަސް، ޖަމަޢަ ކުރުން ކަމުގައެވެ. މިއާއި ޚިލާފަށް، ޖަމަޢަ އަކީ ރުޚްޞާއެކެވެ. (ލުޔެކެވެ.) އަދި (ދަތުރުގައި) ރާތިބު ސުންނަތަކީ ޤަޞްރެވެ. ވީމާ ދަތުރުވެރިޔާގެ ސުންނަތަކީ ހަތަރު ރަކުޢަތް ޤަޞްރު ކުރުމެވެ. އޭނާއަށް އެކަން ކުރުމަށް ޣުޛުރެއް އޮތަސް އަދި ނެތަސް އެވެ. ދެންފަހެ އޭނާ ދެނަމާދު ޖަމަޢަ ކުރުމަކީ، ޙާޖަތާއި ރުޚްޞާ އެކެވެ. މިއާއި އެޔާއި މިއީ ތަފާތު ދެކަމެކެވެ.“ اهــ .
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.