ސުވާލު: ވިތުރި ކުރުން މޮޅުއިތުރީ، އެހެންޏާ ޖަމާޢަތާއި އެކު މިސްކިތުގައިތޯ ނޫނީ ގޭގައިތޯއެވެ؟
♻️ސުވާލު: ވިތުރި ކުރުން މޮޅުއިތުރީ، އެހެންޏާ ޖަމާޢަތާއި އެކު މިސްކިތުގައިތޯ ނޫނީ ގޭގައިތޯއެވެ؟
”ތަރާވީޚު ކުރުން މޮޅުއިތުރީ ވިތުރިއާއި އެކުގައެވެ. ސަލަފުންގެ ޒަމާނުގައި އޮތްގޮތަކީ މިއެވެ. އަދި ގިޔާމަކީ މިއެވެ. އެއީ އިމާމު މީހާއާއި އެކު ނަމާާދުކުރުމެވެ: ނަބިއްޔު ﷺ މި ޙަދީޘްފުޅު މައްޗަށެވެ: «مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ» {އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި (އެބަހީ: ތަރާވީޙުގައި) ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއެވެ.}
ރިވާ ކުރެއްވީ ވަރުގަދަ ސަނަދަކުން އަބޫ ދާވޫދެވެ.
❓ގިނަބަޔަކު މިޙަދީޘާއިމެދު ގެންނަ މައްސަލައެއް ވެއެވެ: ބުނެއެވެ: «އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެ» ކަމަށް ޙަދީޘް ކުރެއްވި ހިނދު، ނަބިއްޔު ﷺ މުސްލިމު ތަކުންނާއިއެކު މިނަމާފު ނޫނީ ޤިޔާމު ނުކުރައްވައެވެ!؟
މިއަށް އޮތް ޖަވާބުވަނީ އަންނަނިވި ދެގޮތުން ކުރެ އެއްގޮތެއްގައެވެ:
ފުރަތަމަ ގޮތަކީ: ނަބިއްޔު ﷺ އަށް ވަނީ ޣައިބުގެ ތެރެއިން ބައެއް ކަންކަމުގެ ޚަބަރުތައް ދެއްވިފައެވެ. އަދި ﷲ އެކަލޭގެފާނަށް ދެއްވި ޢިލްމުން، އެކަލޭގެފާނަށްފަހު މީސްތަކުން މިނަމާދު ކުރާނޭ ކަން އެކަލޭގެފާނަށް އެނގިވަޑައިގެން ވުމެވެ. ވީމާ، އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނޭ ކަމެވެ.
ދެވަނަ ޤަޥްލަކީ — އަދި ބޮޑަށް ހެޔޮވެގެންވަނީ މި ޤަޥްލެވެ — އެއީ ނަބިއްޔު ﷺ އެއްރޭ މުސްލިމުތަކުންނާއި އެކު (ތަރާވީޙް) ނަމާދު ކުރެއްވި ކަމެވެ. އަދި ދެވަނަ ރެއެއްވެސް މުސްލިމުތަކުންނާއި އެކު އެނަމާދު ކުރެއްވިކަމެވެ. އަދި މާނަވެވެނީ އެކަލޭގެފާނު ނަމާދު މިކުރެއްވި ވަޤުތުގައި މިހެން ޙަދީޘް ކުރެއްވުމެވެ: {އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއޭ އެވެ.}
✅ ކޮންމެ ގޮތެއްވިޔަސް، މިޙަދީޘް ޘާބިތެވެ. އަދި މޮޅު އިތުރީ އިމާމު މީހާއާއި އެކު (ޖަމާޢަތުގައި) ކުރުމެވެ.
އަދި އިމާމު މީހާ ސަލާމް ދޭނަމަ އޭނާ އާއި އެކު ސަލާމް ދިނުން މޮޅު އިތުރެވެ. އެއީ (ވިތުރިން) ސަލާމް ދިނުމުން (އަމިއްލަޔަށް) އިތުރު ރަކުޢަތެއް ކޮށް، ދެއަދަދުގެ ނަމާދަކަށް ހަދައި އެއަށްފަހު ރޭގަނޑު ފަހުބައިގައި ވިތުރިކުރުމަށްވުރެއެވެ. އަދި (އިމާމް އާއި އެކު ވިތުރި ނިންމުމަށްފަހު) ދަންވަރު ތެދުވެ ނަމާދު ކުރާނަމަ، ދެއަދަދުން ދެއަދަދުން ވާ ގޮތަށް ކުރާނީއެވެ.
ℹ️ ދެންފަހެ އިމާމް މީހާ ސަލާމް ދީފިނަމަ ވަކިން ތެދުވެ އެއް ރަކުޢަތް އެއަށް އެއްކޮށް ރޭގަނޑުގެ ފަހުބައިގައި ވިތުރިކުރުމާއި މެދު، ދަންނައެ: މިއީ އިމާމު މީހާ އާއި ޚިލާފު ވުމުގެ ސިފައެއް އެކުލެވޭ ކަމެކެވެ. ވީމާ މޮޅު އިތުރީ އިމާމް މީހާ އާއި އެކު ސަލާމްދީ އަދި (ދަންވަރު) ތެދުވާނަމަ ދެއަދަދުން ދެއަދަދަށް ވާ ގޮތަށް ނަމާދު ކުރުމެވެ.
⚠️އެހެނަސް އިމާމް މީހާ އާއި އެކު ނަމާދުކޮށް ވިތުރީގެ (ފަހުރަކުޢަތަށް އަމިއްލަޔަށް އެކަތި އިތުރުކުރާ މީހާ) ، ފަހެ އޭނާގެ ނަމާދު ވެސް ޞައްޙަ އެވެ. މިއީ ޞަޙާބީން ކުރެ އަދި ތާބިޢީންނާއި އިމާމުން ކުރެ ބައިގަނޑެއްގެ ބަސްފުޅެވެ.
އެހެނަސް ފުރަތަމަ ބުނެވުނު ޞިފަ (އެބަހީ: އިމާމު އާއި އެކު ވިތުރިކޮށް ނިންމައި، ދެން ފަހުން ކުރާނަނަމަ ވިތުރިއެއް ނުކޮށް ދެރަކުޢަތުން ނަމާދު ކުރުން) މިއީ މޮޅުއިތުރު ގޮތެވެ. (އަދި އަބޫ ބަކްރުއް ޞިއްދީޤު އަރިހުން މިގޮތަށް ޢަމަލުކުރައްވާ ކަން ވާރިދުވެފައިވެއެވެ. އެއީ އަވަހާރަލެއްޕެވުމުގެ ކުރިން ވިތުރި ކުރައްވާކަމެވެ. ދެން ދަންވަރު ތެދުވެވަޑައިގަންނަވައިފި ހިނދު، ދެރަކުޢަތުން ދެރަކުޢަތުން ނަމާދު ކުރައްވައޭއެވެ. އަދި މިއީ އިމާމް އަޙްމަދު ޢަމަލު ކުރެއްވި ގޮތެވެ. އެކަލޭގެފާނު އިމާމު މީހާ ނިމުމާއި ހަމަ އަށް ޖަމާޢަތުގައި ހުންނަވައި ވިތުރި ކުރައްވައެވެ. ދެން ދަންވަރު ދެރަކުޢަތުން ނަމާދު ކުރައްވައެވެ. އަލްމުޣްނީގައި މިވާހަކަ ޛިކުރުކުރެވިފައިވެއެވެ.)
❔މީހަކު ބުނެފާނެއެވެ: ވިތުރިއަށްފަހު ދެރަކުޢަތުން ނަމާދު ކުރުން ހުއްދަ ހެއްޔެވެ؟ ޖަވާބަކީ، އާއެކެވެ. އެއީ އިމާމް މުސްލިމް ގެ ޞަޙީޙު ގައި އައިސްފައިވާ ރިވާޔަތުގެ މައްޗަށެވެ. އެއީ ނަބިއްޔު ﷺ ނުވަ ރަކުޢަތް ކުރައްވައި ވިތުރިއަށްފަހު، ދެން ދެރަކުޢަތް (ނަމާދެއް) ކުރެއްވި ކަމެވެ. އެހެންކަމުން މިއީ ވިތުރިއަށްފަހު ދެއަދަދުން ނަމާދު ކުރުމުގެ މައްޗަށް ހުއްދައެކެވެ.
ℹ️ދެންފަހެ ނަބިއްޔު ﷺ ގެ ޙަދީޘް «اجعَلُوا آخر صلاتكم بالليل وترًا» (ތިޔަބައިމީހުންގެ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހަދާށެވެ.) މިޙަދީޘް އައުންވަނީ މުސްތަޙައްބު ވެގެންވާ ގޮތުގެ ބާބުގެ ދަށުންނެވެ. އަދި ވާޖިބު ވުމުގެ ދަށުންނެއް ނޫނެވެ.“
— ޝައިޚް ސުލައިމާން އަލްޢަލްވާން (މަޞްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.