ޝުކުރުގެ ސަޖިދަޔާއި ތިލާވަތުގެ ސަޖިދަ؛ ވުޟޫއު އާއި ނުލައި އަދި ޤިބުލަޔަށް ކުރިމަތި ނުލައި ކުރުން، ޖާއިޒެވެ⁽¹⁾ . (ހުއްދަ އެވެ.). މިއީ އިބްނު…
••
❞ ޝުކުރުގެ ސަޖިދަޔާއި ތިލާވަތުގެ ސަޖިދަ؛ ވުޟޫއު އާއި ނުލައި އަދި ޤިބުލަޔަށް ކުރިމަތި ނުލައި ކުރުން، ޖާއިޒެވެ⁽¹⁾ . (ހުއްދަ އެވެ.). މިއީ އިބްނު ޢުމަރު ގެ ދެކިލެއްވުމެވެ.⁽²⁾ އަދި މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- އިޚްތިޔާރު ކުރެއްވި⁽³⁾ ގޮތެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން فوائد منتقاة ، (މަސްދަރު)
~ ގަލަންދާނު
____________
[1] ތިލާވަތުގެ ސަޖިދާ ގައި، މިއީ ޖުމްހޫރު ޢިލްމުވެރިންގެ ގެ ރައުޔު އާއި ޚިލާފެވެ. އޭގައި ޖުމްހޫރުންގެ ޤަޥްލަކީ، އޭގެ ޙުކުމަކީ ސުންނަތް ނަމާދުގެ ޙުކުމް ފަދަ ކަމެވެ. އަދި އެހެންކަމުން ނަމާދުގެ އެންމެހާ ޝަރުޠެއް، ޠަޙާރަތާއި އަންހެނާ ފަރުދާ ވުމާއި ޤިބުލައާއި މިނޫން ޝަރުޠުތައް ހިމެނޭކެމެވެ. އެހެނަސް ދަލީލުން ބޮޑަށް ބުރަވެވެނީ މިއާއި ޚިލާފަށެވެ. އޭގެ ތެރޭގައި އަލްބުޚާރީ ރިވާކުރެއްވި އިބްނު ޢުމަރުގެ ރައުޔު އާއި، އިބްނު ޢައްބާސް އަރިހުން އަލްބުޚާރީ ރިވާކުރެއްވި ޙަދީޘް ވެއެވެ. އެއީ: ”ނަޖަމް ސޫރަތް ކިޔަވައި ވިދާޅުވަމުން ނަބިއްޔު ﷺ ސަޖިދަ ކުރެއްވިއެވެ. އަދި އެކަލޭގެފާނާއި އެކު މުސްލިމުންނާއި މުޝްރިކުން އަދި އިންސީންނާއި ޖިންނީން ސަޖިދަކުރޫ އެވެ.“ އަލްބުޚާރީ މި ރިވާޔަތް ބާބު ކުރެއްވީ: [ބާބު: މުސްލިމުންނާއި އެކު މުޝްރިކުން ސަޖިދަކުރުން، އަދި މުޝްރިކުންނަކީ ނަޖާސުން (ނުޠާހިރު ބަޔެއް) އަދި ވުޟޫ ނުކުރެތޭ. އަދި އިބްނު ޢުމަރު رضي الله عنهما ވުޟޫއު އާއި ނުލައި ސަޖިދަ ކުރައްވަތެވެ.] މިހެންނެވެ. އަދި މިއީ ތާބިޢީންގެ ބޮޑުން ކުރެ، އައްޝަޢްބީ ގެ ރައުޔުފުޅު ކަމަށް އިބްނުލް މުންޛިރު އަރިހުން އަލްޤުރުޠުބީ ރިވާކުރެއްވި އެވެ. (تفسير القرطبي (9 / 438) ) އައްޝަޥްކާނީ (نيل الأوطار (5 / 347)) ގައި އިބްނު ޢައްބާސް ގެ ޙަދީޘް މިކަމަށް އިސްތިދްލާލް ކުރައްވައި ގެންނެވިއެވެ. އަދި އަލްޙާފިޡް އިބްނު ޙަޖަރު (الفتح (2 / 554) ) ގައި ވެސް މެއެވެ. (ތަފްޞީލަށް: ސުވާލާއިޖަވާބު # 235969 )
[2] އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު ގެ ބާބު ކުރެއްވުމުގައި، މުޢައްލަޤު ކޮށް (ބައްލަވާ)
[3] الفتاوى الكبرى (5 / 340)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.