ނޫނީ ﷲ ތިޔަބައިމީހުންގެ މެދުގައި ބައިބައިވުން ލައްވަވާފާނެތެވެ.) — ރިވާކުރެއްވީ އަލްބުޚާރީ ފިޔަވައި (ހަފޮތުގެ) ޖަމާޢަތުންނެވެ. މިތާގައި…
➌
ނޫނީ ﷲ ތިޔަބައިމީހުންގެ މެދުގައި ބައިބައިވުން ލައްވަވާފާނެތެވެ.) — ރިވާކުރެއްވީ އަލްބުޚާރީ ފިޔަވައި (ހަފޮތުގެ) ޖަމާޢަތުންނެވެ. މިތާގައި މިއީ އަބޫ ދާވޫދު ނަންބަރު 649 ގައިވާ ލަފުޡެވެ.
އެހެންކަމުން ޞަފު ސީދާ ކުރުމަށް އެޞަޙާބީ رَضِيَ اللَّهُ عَنْهُ ގެ ފަހުމް ފުޅަކީ މިއީއެވެ: ސީދަލަށް ހުރުމާއި ހުސްޖާގަ ފުރުމެވެ. ކުޑަހުޅުތައް ޖެއްސުމެއް ނޫނެވެ.
މިސަބަބަށްޓަކައި، އަލްބުޚާރީ - رحمه الله تعالى - އެކަލޭގެފާނުގެ «ޞަޙީޙު» ގައި މިހެން ވިދާޅުވި ހިނދު: «ބާބު: ޞަފުގައި ކޮނޑާއިކޮނޑު ޖެއްސުން އަދި ފަޔާއި ފައި ޖެއްސުން. އަދި އައްނުޢްމާނު ބުނު ބަޝީރު ވިދާޅުވި، އަހަރެމެން ތެރެއިން މީހަކު އޭނާއާއި ޖެހިގެންވާ މީހާގެ ކުޑަހުޅާއި ކުޑަހުޅު ތަތްކުރާތަން ދެކުނީމޭ» އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވި⁽¹⁰⁾ އެވެ: "މިބަސްފުޅުގެ މުރާދަކީ ޞަފު އެއްވަރު ކުރުމާއި ހުސްޖާގަ ފުރިހަމަ ކުރުމަށް (ހިތްވަރުގެ ގޮތުން) ބަސްމަގުގައި ފާޑުބޮޑު ކުރުމެވެ." انتهى
އަދި އަލްބުޚާރީ ގެ ބާބުކުރެއްވުމުގައިވާ މިބަސްފުޅަށް އަލްޙާފިޡް (އިބްނު ޙަޖަރު) رحمهما الله تعالى ގެ މިފަހުމުގެ ސަލާމަތްތެރި ކަމަށް ވާ ދަލީލަކީ، (އެބަހީ ބަހުރުވައިގައި ވާ ފާޑުބޮޑުކުރުން ކަމަށް)، އައްނުޢުމާނު ބުނު ބަޝީރު رَضِيَ اللَّهُ عَنْهُ ގެ އަރިހުން އަލްބުޚާރީ رحمه الله تعالى މުޢައްލަޤުކޮށް (އެބަހީ ފުރިހަމަ ނޫން ސަނަދަކުން)، އަދި އޭގެ ގުޅުވާލެވިފައިވާ (އެބަހީ ފުރިހަމަ) ސަނަދަކުން އަބޫ ދާވޫދު އެކަލޭގެފާނުގެ "ސުނަން" 648 ވަނަ ނަންބަރުގައި، އަދި އިބްނު ޚުޒައިމާ އެކަލޭގެފާނުގެ "ޞަޙީޙް" ގެ 160 ވަނަ ނަންބަރުގައި، އަދި އައްދާރަޤުޠުނީ އެކަލޭގެފާނުގެ "ސުނަން" 1/282 ގައި، އެ ތިނެތީގައި، އައްނުޢުމާނު ބުނު ބަޝީރު ވިދާޅުވިޔޭ:
«فرأيت الرجل يُلزق منكبه بمنكب صاحبه، وركبته بركبة صاحبه، وكعبه بكعبه،)
"އެހެންކަމުން މީހަކު އޭނާގެ ގާތުގައިވާ މީހާގެ ކޮނޑުގައި އޭނާގެ ކޮނޑު، އޭނާގެ ކަކޫ އަނެކާގެ ކަކުލާއި އަދި ކުޑަހުޅު އަނެކާގެ ކުޑަހުޅާއި ތަތްކުރާތަން އަހަރެން ދެކުނީމެވެ." — އަބޫ ދާވޫދުގެ ރިވާޔަތުގެ ބަސްކޮޅު.
އެހެންކަމުން ކަކުލާއި ކަކޫ ޖެއްސުން މިއީ ނުލާހިކު ކަމެކެވެ. ވީމާ އެއިން ފާޅުވަނީ، މީގެ މުރާދަކީ: ހުސްޖާގަ ފުރައި ސީދަލަށް ތިބުމަށް އަދި ޞަފު އެއްހަމަ ކުރުމަށް ފޯރިދެއްވުމެވެ. އަދި ޙަޤީޤަތިގައި ތަތްކޮށް (އެކަތި އަނެކެއްޗާއި) ޖެއްސުން ކަމެއް ނޫނެވެ.
މިސަބަބަށްޓަކައި އިބްނު ޢައްބާސް – رضي الله عنهما- އަރިހުން ރިވާވެފައިވާ ޙަދީޘް: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: «خِيَارُكُمْ أَلْيَنُكُمْ مَنَاكِبَ فِي الصَّلاَةِ» (ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ނަމާދުގައި އެމީހެއްގެ ކޮނޑު އެންމެ މަޑުމޮޅި މީހާ އޭ) رواه ابو داود — މިޙަދީޘާއިމެދު އަލްޚައްޠާބީ - رحمه الله تعالى ވިދާޅުވި⁽¹¹⁾ އެވެ: "އޭގެ މާނައަކީ ނަމާދުގައި މަޑުމޮޅިވެ ހުރުމުގެ ލާޒިމުކަމެވެ. އަދި އޭގައި މީހާ ހަމަޖެހިގެން ވުމެވެ. އަދި އޭނާއާއި ޖެހިގެންވާ މީހާގެ އާއި ނުވިދި އަދި ކޮނޑުގައި ކޮނޑު ނުމޮޑެވި ހުރުމެވެ." انتهى
އަދި އަލްމުނާވި - رحمه الله تعالى - ވިދާޅުވި⁽¹²⁾ އެވެ: "އަދި އޭނާގެ ކޮނޑު އޭނާގެ ގާތުގައިވާ މީހާގެ ކޮނޑާއި ނުވިދުމެވެ. އަދި ޖާގަ ހަނި ވުމުގެ ސަބަބުން ހުސްޖާގަ ފުރަން އެދި ޞަފަށް ވަންނަ މީހާ، އެކަމުން މަނައު ނުކުރުމެވެ."
އަދި (ބަސްމަގުގައި ފާޑު ބޮޑު ކުރުން) ނަމާދުގައި ތަވައްރުކު ކުރުމުގެ (އެބަހީ: ފަހު އައްތަހިއްޔާތަށް އިށީންނަގޮތުގެ ) ވައްޓަފާޅި އާއިމެދު އައިސްފައިވާ ރިވާޔަތް ތަކުގެ ތަފާތު ލަފުޡުތަކަށް ބެލުމުން (ވެސް އެނގިދެއެވެ.). މިގޮތުން އަބޫ ޙުމައިދުއް ސާޢިދީ رَضِيَ اللَّهُ عَنْهُ ގެ ޙަދީޘް ގައި، ވިދާޅުވިއެވެ: «...وقعَدَ على مَقعدتِه» (އަދި ފޫކޮޅު މައްޗަށް އިށީންނެވޮއެވެ.) މިފަދައިން ބަސްމަގު ބޭނުން ކުރެއްވުން މިއީ، "އެއްކޮށް ބުނެ އެހެނަސް އެއިން ބަޔެއް މުރާދުކުރުން" ގެ ދަށުންނެވެ. (إطلاق الكل وإرادة البعض). އެހެނީ ތަވައްރުކު ކޮށް އިށީންނަ މީހާ އޭނާގެ މުޅި ފޫކޮޅު ބިންމަތީ ޖެއްސުމީ ނުކުޅަދާނަކަމެކެވެ.
މިސާބަބަށްޓަކައި މިޙަދީޘް ގެ އެހެނިހެން ލަފުޡުތައް މިމާނަ ފުއްދުމުގެ ގޮތުން އައިސްފައިވެއެވެ:
«وَقَعَدَ عَلَى شِقِّهِ الأَيْسَرِ»
(ވާތްފަރާތު ފޫކޮޅު މައްޗަށް އިށީންނެވި (قَعَدَ) އޭ)
«أَفْضَى بِوَرِكِهِ الْيُسْرَى إِلَى الأَرْضِ»
(ވާތްފަރާތު އުނަގަނޑު ބިންމަތީ ޖެއްސެވި އޭ)
«وَجَلَسَ عَلَى شِقِّهِ الأَيْسَرِ مُتَوَرِّكًا»
(ވާތްފަރާތު ފޫކުޅު މައްޗަށް މުތަވައްތިކުކޮށް (جَلَسَ) އިށީންނެވިޔޭ)
މިސަބަބަށްޓަކައި ބުއްދީގެ އަހުލުވެރިޔަކަށް، (އަދި ފޫކޮޅު މައްޗަށް އިށީންނެވި އޭ) މި ލަފުޡުން ތަވައްރަކު ކުރުމަށް ޝަރުޢުވެގެންވަނީ، މުޅި ފޫކޮޅު ބިންމަތީ ޖައްސައިގެން ކަމަށް ހީވުމެއް ނުވެއެވެ. އެހެނީ މިއީ ތަބީޢީ ގޮތުން އަދި ބުއްދީގެ ގޮތުންވެސް ނުކުޅަދާނަ ކަމެކެވެ. އެއީ ސީދާ ކުރުމުގެ މައްޗަށް އައިސްފައިވާ ލަފުޡާއިމެދު ކުރިން ވާހަކަ ދެކެވުނު ފަދައިންނެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.