އަދިވެސް އެބޭކަލުން ވިދާޅުވިއެވެ: އައްޝާފިޢީ ހުއްޖަތް ގެންނެވި ޙަދީޘު
②
އަދިވެސް އެބޭކަލުން ވިދާޅުވިއެވެ: އައްޝާފިޢީ ހުއްޖަތް ގެންނެވި ޙަދީޘު:
«لعلكم تقرؤون خلف إمامكم؟» قلنا نعم. قال: «لا تفعلوا إلا بفاتحة الكتاب» (ޙަދީޘް ކުރެއްވިޔޭ: ”ފަހަރެއްގައި ތިޔަބައިމީހުންގެ އިމާމުމީހާ ފަހަތުން ތިޔަބައިމީހުން ކިޔަވަނީ ކަމުގައި ވެދާހެއެވެ؟“ އަހަރެމެން ދެންނެވީމޭ: އާދޭހޭ، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ”އެގޮތަށް ތިޔަބައި މީހުން ކަންތައް ނުކުރާށެވެ. އެހެނަސް ފާތިޙަތުލް ކިތާބި އަށް މެނުވީއެވެ.“)
މިޙަދީޘު ޟަޢީފެވެ. ފަހެ މަކްޙޫލުވަނީ އޭގައި އައްޒުހުރީ އާއި ދެގޮތަށް ގެންނަވާފައެވެ. އަދި މަކްޙޫލަށްވުރެ އައްޒުހުރީ ޘާބިތުކަން ބޮޑެވެ.
އަދި އައްޒުހުރީ ވަނީ މަޙްމޫދު ބުނުއް ރަބީޢު އަރިހުން ޢުބާދަތި ބުނިއް ޞާމިތި އަރިހުން: (لا صلاة لمن لم يقرأ بفاتحة الكتاب) މިރިވާޔަތް ގެންނަވާފައެވެ. (މާނައީ: ފާތިޙަތުލް ކިތާބި ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ.)
އަދި މިޙަދީޘު މާނަކުރެވެނީ ސިއްރިއްޔާ ނަމާދު ތަކުގެ މައްޗަށެވެ. އެއީ މިޙަދީޘާއި އެނޫން ރިވާޔަތްތަކާއި ޖަމަޢަ ވާގޮތުގައި މާނަ ނެރެގެނެވެ.
3⃣[ތިންވަނަ ރައުޔު: ނައްޞުތައް އެކަތިއަނެކިތި ޖަމްޢުކޮށްގެން ދެބަސް ނުވާނެހެން މާނަކުރުން]
އަދި އެބޭކަލުން ވިދާޅުވެތެވެ: އަދި އެކަމަށް ކުޅަދާނަވީ ވަރަކުން ތަފާތު އެކި ނައްޞުތައް (ދެބަސްނުވާނޭހެން) ޖަމަޢަވަނިވި މާނަ އެއް ނެރުން ވާޖިބުވެގެން ވެއެވެ.
އަދިކިއެއްތަ އަލްމަރާޤީ ވިދާޅުވިއެވެ:
والجمعُ واجبٌ متى ما أمكنا
އަދި ޖަމަޢަކުރުން ވާޖިބޭ، އެކަމަށް ކުޅަދާނަވީ ކޮންމެތަނަކުން
وإلا فللأخيرِ نسخٌ بينا
އެހެން ނުވަނީނަމަ، ފަހުން އައިއެތިން މަންސޫޚަކުރެޔޭ ސާފުކޮށް
✅ އަދި މިޤަޥްލަކީ މިމައްސަލާގައިވާ ޤަޥްލުތަކުގެ ތެރެއިން ˺ޞައްޙަކަމުގައި˹ އެންމެ ގާތްކަންބޮޑު ޤަޥްލެވެ. އެއީ ސިއްރިޔާ ނަމާދުތަކުގައި (އިމާމުމީހާ އަޑުމަޑުކޮށް ކިޔަވާހިނދުގައި) މެނުވީ އަލްފާތިޙާ ވާޖިބުވެގެން ނުވުމެވެ. ދެންފަހެ އަލްޖަހްރިއްޔާ ނަމާދުތަކުގައި (އިމާމުމީހާ އަޑުފާޅުކޮށް ކިޔަވާހިނދުގައި) އެ ˺ސޫރަތް ކިޔެވުން˹ ވާޖިބު ވެގެން ނުވެއެވެ.
⚠️އެހެނަސް ފުރުސަތެއް ލިބިއްޖެނަމަ، އަދި ތެޅިގަތުމާއި އެފަދަ ކަމަކާއި ނުލައި ޤުރުއާން ކިޔެވުމަށް ވަޤުތުކޮޅެއް ލިބިއްޖެނަމަ، (އެހުސްވަޤުތުގައި) އެސޫރަތް ކިޔެވުމުގެ މައްޗަށް މަނަލެއް ނެތެވެ. އެހެނަސް އިމާމާ ފަހަތުން އަވަސްވެ އަދި ކުރިއަރަން ޖެހޭނަމަ، އެކަން ކުރުމަށް (ޝަރުޢީ) ސަބަބެއް ނެތެވެ. އެހެނީ މިކަމުމުގެ ސަބަބުން އަޅުކަމުން މީހާގެ ސަމާލުކަން ގެއްލި (ޤުރުއާނާއިމެދު) ވިސްނައި ފިކުރުކުރުމަށް ހުރަސް އެޅެއެވެ. والله أعلم. ❝
— އައްޝެއިޚް އަލްމުޙައްދިޘް، ސުލައިމާން ބުނު ނާޞިރު، އަލްޢަލްވާން (فوائد منتقاة، ބަސްކޮޅު)
ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.