ޟުޙާ ނަމާދުގެ ވަޤުތަކީ ކޮބައިތޯއެވެ؟ އެދެނެގަންނާނީ ކިހިނެތް ތޯއެވެ؟ އޭގެ އެންމެ މޮޅު އިތުރު ވަޤުތަކީ ކޮބައި ތޯއެވެ؟
❓ ޟުޙާ ނަމާދުގެ ވަޤުތަކީ ކޮބައިތޯއެވެ؟ އެދެނެގަންނާނީ ކިހިނެތް ތޯއެވެ؟ އޭގެ އެންމެ މޮޅު އިތުރު ވަޤުތަކީ ކޮބައި ތޯއެވެ؟
-①-
☪☪☪☪☪☪
ސުވާލު: ޟުޙާ ނަމާދުގެ ވަޤުތަކީ ކޮބައި ތޯއެވެ؟ އޭގެ ފެށޭ ވަޤުތާއި ނިމޭ ވަޤުތަކީ ކޮބައި ތޯއެވެ؟
ޖަވާބު: ޟުޙާ ނަމާދު ފެށޭ ވަޤުތަކީ ⌝ހެނދުނުގެ⌜ ނަހީގެ ވަޤުތު ނިމުމާއި އެކުގައެވެ. އެއީ [އެބަހީ: ހެނދުނު ގެ ނަހީގެ ވަޤުތަކީ] އިރު އުދަރެހުން އަރަން ފަށާ އިރުން ފެށިގެން އިރު އަރައި ފާޅުވުމާއި ހަމައަށް އޮންނަ ⌝ނަމާދު ކުރުން⌜ ނަހީ ވަޤުތެވެ. (އިރު ފާޅުވުން ބަލަނީ، އުދަރެހަށް ބަލާ މީހާގެ ލޮލުން ލޮންސިއެއް ގެ މިނަށް އިރު މައްޗަށް އެރުމުންނެވެ. އަދި މިއީ ގާތް ގަނޑަކަށް 15 މިނިޓެވެ.) އެހެންކަމުން އިރު ފާޅުވެ ނަހީގެ ވަޤުތު ނިމުމާއި އެކު ޟުޙާ ގެ ވަޤުތު އެވަނީ ވަދެފައެވެ.
އަދި އިރުމެދުޖެހުމުގެ ސަބަބުން ވަންނަ ދެވަނަ ނަހީގެ ވަޤުތާއި ހަމަޔަށް ޟުޙާގެ ވަޤުތު ދެމިއޮވެއެވެ. މި [ދެވަނަ ނަހީގެ] ވަޤުތަކީ: އިރުމެދުންފިލުމުގެ ކުރިޔަށް ބޯމައްޗަށް އިރު އަރާ ވަޤުތެވެ. (މިއީ ވަރަށް ކުޑަ ވަޤުތު ކޮޅެކެވެ. އަދި އެއީ މެންދުރު ނަމާދުގެ ބަންގީ ގާތްގަނޑަކަށް 5 މިނިޓު ކުރިޔަށެވެ.)
އެހެންކަމުން މިބުނެވުނު ⌝ދެނަހީގެ ދެމެދުގައިވާ⌜ މުޅި ވަޤުތަކީ ޟުޙާ ނަމާދަށް އޮތް ވަޤުތެވެ.
އަދި އެއަށް އެންމެ މޮޅުއިތުރު ވަޤުތަކީ އަވި ގަދަ ކޮށްލައި ބިންގަނޑު ހޫނުވެގަތުމުގެ ސަބަބުން ޅަ ޖަމަލުތަކަށް ތުރާވާން ފަށާ ވަޤުތެވެ. (އަދި މިއީ ގާތްގަނޑަކަށް މެންދުރު ވުމުގެ ގަޑިއިރެއް ދޮޅުގަޑިއިރެއް ކުރިޔަށެވެ.) އެއީ ޙަދީޘުގައި ވާފަދައިން ”އައްވާބީން“ ނޭ ނަންދެވޭ މީސްތަކުންގެ ނަމާދުގެ ވަޤުތެވެ. ❝
— އަލްމުޙައްދިޘް ޢަބްދުލް ކަރީމް އަލް-ޚުޟައިރު (މަޞްދަރު)
~ ގަލަންދާނު 🖋
ـــــــــــــــــــــ
📝 ފައިދާއެއް
އައްޠަރީފީ އާއި ސުވާލު ވެވުނެވެ: ޟުޙާ ނަމާދު ފެށޭ ގަޑިއަކީ މިނިޓުން ބަލާނަމަ ކޮބައިތޯއެވެ؟
ޖަވާބު: ސުނަން އަބޫ ދާވޫދުގައި ޛިކުރު ވެފައި ވާގޮތުގައި، ނަބިއްޔު ﷺ އެވަޤުތު އަންދާޒާ ކުރެއްވީ ”ލޮންސިއެއްގެ އުސްމިނަށް ⌝އިރު އެރުމުން⌜ ކަމެވެ. އެއީ ގާތްގަނޑަކަށް އިރުއެރުމަށްފަހު 12 އާއި 15 މިނެޓާއި ދެމެދުގެ ވަޤުތެކެވެ. އެއަށްވުރެ ދިގެއް ނޫނެވެ. ސަލާމަތަކަށްޓަކައި އެއީ އިރު އެރުމަށްފަހު 15 މިނެޓު ކަމަށް ބުނުން ރައްކައުތެރި އެވެ. والله أعلم
⚠️ނޯޓް: ލޮންސިއެއް ގެ ދިގުމިނާއި މެދު ޢިލްމުވެރިން ޚިލާފުވެފައި ވެއެވެ. ބައެއް ބޭކަލުން އެއީ 1 މީޓަރު ނޫނީ 1.5 މީޓަރު ކަމުގައި އަންދާޒާ ކުރައްވާ އިރު ބައެއް ބޭކަލުން 3 މީޓަރު ނޫނީ އެޔާއި ގާތްކުރާ ނޫނީ ކުޑަކޮށް ބޮޑު އަދަދެއް ވެސް ވިދާޅުވެއެވެ. ވަޤުތު އަންދާޒާ ކުރެއްވުމުގައި ގިނަ ބޭކަލުން އެއީ ގަޑި އިރެއްގެ 1/4 ކަމުގައި (ނޫނީ 15 މިނިޓު ކަމުގައި) ވިދާޅުވެއެވެ. ދިވެހި ބަހަށް ލޮންސިއެއް ތަރުޖަމާ ކުރުމުގައި ”އިރު ބޮންތިއަކަށް އެރުމާއި ހަމަޔަށޭ“ ލިޔެވިފައި ހުރެއެވެ. ބޮންތި އަކީ 1 މީޓަރާއި ގާތް ކުރާ އެޔަށް ވުރެ ކުޑަކޮށް ކުރު ލަޓިބުރި އެކެވެ.
⚠️فوائد
• وقال السفاريني -رحمه الله-:
«حتى ترتفع الشَّمس» ارتفاعًا يذهب عنه صُفرة الشَّمس أو حمرتها، وهو مُقدَّر بقدر رمح.
• المراد ببزوغ الشمس ظهورها وبروزها من الأفق أو بداية ظهورها.
قال في القاموس المحيط : بزغت الشمس بزغا وبزوغا شرقت، أو البزوغ ابتداء الطلوع . انتهى .
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.