ސުވާލު: عفا الله عنك، يا شيخ، ޟުޙާ ނަމާދުގެ ވަޤުތަކީ ކޮބައިތޯއެވެ؟ އޭގެ ފެށުމާއި ނިމުން ވަންނަ ވަޤުތަކީ ކޮބައިތޯއެވެ؟
_②_
ސުވާލު: عفا الله عنك، يا شيخ، ޟުޙާ ނަމާދުގެ ވަޤުތަކީ ކޮބައިތޯއެވެ؟ އޭގެ ފެށުމާއި ނިމުން ވަންނަ ވަޤުތަކީ ކޮބައިތޯއެވެ؟
ޖަވާބު: الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه وسلم تسليمًا كثيرًا. [...]
[...] ޟުޙާ ނަމާދުގެ ވަޤުތު ފެށެނީ އިރު އަރައި ފާޅުވުމުންނެވެ. (އެބަހީ: ހެނދުނު ގެ ނަހީގެ ވަޤުތު ނިމުމުންނެވެ. މިއީ އިރު އެރުމަށްފަހު 10 މިނިޓާއި 15 މިނިޓު ދެމެދު ވަޤުތެކެވެ.)
މިވަޤުތުގައި، އެބަހީ އިރު ފާޅުވުމާއި ވިއްދައި މި ނަމާދު ކުރާނަމަ، މުސްތަޙައްބު ވެގެންވަނީ 4 ރަކުޢަތް ކުރުމެވެ.
މިއީ އައްތިރުމިޛީ ރިވާކުރައްވައި ޞައްޙަ ކުރެއްވި އަބޫ ޛައްރުގެ ޙަދީޘުގެ މައްޗަށެވެ. އެ ⌝ޤުދުސީ⌜ ޙަދީޘުގައި، ﷲ جل وعلا ވަޙީ ކުރައްވަނީ:
«يَا ابْنَ آدَمَ ارْكَعْ لِي مِنْ أَوَّلِ النَّهَارِ أَرْبَعَ رَكَعَاتٍ أَكْفِكَ آخِرَهُ» ”އާދަމުގެ ދަރިޔާއެވެ! ދުވާލުގެ ފުރަތަމަ ކޮޅުގައި ތިމަން އިލާހަށް ކަލޭ ހަތަރު ރަކުޢަތް އަދާކުރާށެވެ. ދުވާލުގެ ފަހުކޮޅާއި ހަމަޔަށް އެއިން ތިބާއަށް ތިމަން އިލާހު ފުއްދަވައި ދެއްވާހުށީމެވެ.“
އަދި މުސްލިމްގެ ”ޞަޙީޙު“ ގައިވާ ޢަމްރު ބުނު ޢަބަސާ ގެ މިޙަދީޘުން މި މާނައަށް ބާރުދެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«...صَلِّ صَلاَةَ الصُّبْحِ ثُمَّ أَقْصِرْ عَنِ الصَّلاَةِ حَتَّى تَطْلُعَ الشَّمْسُ حَتَّى تَرْتَفِعَ... ثُمَّ صَلِّ فَإِنَّ الصَّلاَةَ مَشْهُودَةٌ مَحْضُورَةٌ» (ފަތިސް ނަމާދު ކޮށް އަވަދިވެގެން، ދެން ނަމާދު ކުރުމުން މަޑުޖަހާށެވެ. އެއީ (އުދަރެހުން) އިރުއަރައި އެއްކޮށް ފާޅުވުމާއި ހަމައަށެވެ... . ދެން ނަމާދު ކުރާށެވެ. އެހެނީ އެނަމާދަކީ ހެކިވެވި އެއަށް (މަލާއިކަތުން) ޙާޟިރުވެލައްވާ ނަމާދެކެވެ.)
އެހެންކަމުން މި ތަފްޞީލު: «އެނަމާދަކީ ހެކިވެވި އެއަށް (މަލާއިކަތުން) ޙާޟިރުވެލައްވާ ނަމާދެކޭ» — މިއިން ދަލީލުކޮށްދެނީ މިވަޤުތު ގައި ނަމާދު ކުރުމުގެ މޮޅުއިތުރު ކަމެވެ.⁽¹⁾
⚠️ދެންފަހެ މީސްތަކުން ތެރޭގައި މަޝްހޫރު «އެއީ ޙައްޖަކާއި ޢުމްރާ އެއްގެ އަޖުރޭ...» އޮންނަ ޙަދީޘު އާއިމެދު ދަންނައެ، އެއީ ޞައްޙަ ނޫން ރިވާޔަތެކެވެ...
އެހެންކަމުން ޟުޙާ ނަމާދު ފެށޭ ވަޤުތަކީ އިރު އަރައި ފާޅުވުމުންނެވެ. އަދި އޭގެ ނިމޭ ވަޤުތަކީ މެންދުރު ނަމާދު ވަޤުތު ވަނުމުގެ އިރުކޮޅެއް ކުރިޔަށެވެ. ⌝ގާތްގަނޑަކަށް⌜ 5 މިނިޓު ކުރިންނެވެ. އެއީ އިރުމެދުޖެހޭ ވަޤުތެވެ. އެހެނީ އިރުމެދުޖެހުމަަށްފަހު އިރުމެދުންފިލުމާއި ހަމަޔަށް އެ ހުއްޓި ހުރުން — އެބަހީ ޙަޤީޤަތުގައި ހުއްޓި ނުހުއްޓަސް ބަލާ މީހާގެ ލޮލަށް އެ ހުއްޓި ހުންނަ ހުރުމަށް — ވަޤުތެއް ކަނޑައަޅާ ނަމަ، ބެލެވެނީ، އެއީ ގާތްގަނޑަކަށް 5 މިނިޓު ކަމަށެވެ.
(އިރުމެދުންފިލުމާއި އެކީ މެންދުރު ނަމާދުގެ ވަޤުތު ވަނީއެވެ. ވީމާ އިރުމެދުން ފިލުމަށް ނަގަނީ ގާތް ގަނޑަކަށް 5 މިނިޓު ނަމަ، އިރުމެދުޖެހުންވަނީ މެންދުރު ނަމާދުގެ 5 މިނިޓު ކުރިއަށެވެ. އަދި އިރުމެދު ޖެހުމުގެ ވަޤުތަކީ ޟުޙާ ނަމާދު ނިމޭވަޤުތެވެ.) ޙަޤީޤަތަކީ އެއަށްވުރެން ވެސް މިވަޤުތު ކޮޅަކީ ކުޑަ ވަޤުތު ކޮޅެއް ކަމެވެ.
ވީމާ މިދެމެދުގައި (އިރު ފާޅުވާ ވަޤުތުން ފެށިގެން އިރުމެދު ޖެހުމާއި ހަމައަށް) އޮތް ވަޤުތަކީ އެކީއެއްކޮށް ޟުޙާ ނަމާދުގެ ވަޤުތެވެ.
✅އަދި ޟުޙާ ނަމާދަށް އެންމެ މޮޅު އިތުރު ވަޤުތަކީ (ބިންގަނޑުގެ) ހޫނު ގަދަވާ ހިނދުގައެވެ. އެއީ ޒައިދު ބުނު އަރްޤަމް ގެ ޙަދީޘުގެ މައްޗަށެވެ:
(صلاة الأوابين حين ترمض الفصال) (އައްވާބީން ނަމާދުވަނީ (އިރުއަރައި) ޅަ ޖަމަލުތައް ބިންގަނޑު ގެ ހޫނަށް (ފައިޖަހައި އޮތުމަށް) ތުރާވާން ފަށާ ހިނދުގައެވެ.
“
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ـــــــــــــــــــ
📝 މުޙިއްމު ތަފްޞީލުތަކެއް:
⬆️[1] ފަތިސްނަމާދަށްް ފަހު ނަމާދުޖަގަހައިގައި އިރުއަރަންދެން ހުރުމުގެ އަޖުރާއިމެދު ވާރިދުވެފައިވާ ރިވާޔަތް ތަކުގެ ޚުލާޞާ (ލިޔުން)
⬆️[2] ނަމާދު ކުރުން ނަހީ ވަޤުތުތައް (ޗާޓު)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.