ރުކޫޢު އަށް ފަހު ربنا ولك الحمد ކިޔުމުގެ ވަޤުތަކީ ކޮބައިތޯއެވެ؟
📑ރުކޫޢު އަށް ފަހު ربنا ولك الحمد ކިޔުމުގެ ވަޤުތަކީ ކޮބައިތޯއެވެ؟
—①—
ސުވާލު: (ރުކޫޢު އަށް ފަހު) ”ربنا ولك الحمد“ ކިޔުމުގެ ދަނޑިވަޅަކީ ކޮބައިތޯއެވެ؟ އަދި އެކަމުގެ ވަޤުތު ފާއިތުވަނީ ކޮން އިރަކުތޯއެވެ؟ އެބަހީ، އެ ޛިކުރަކީ تكبيرات الانتقال ފަދައިން ދެ ރުކުނުގެ ދެމެދުގައި ވާ އެއްޗެއްތޯ އަދި ރުކުނެއްގައި ހުރެ ނުކިޔޭ އެއްޗެއްތޯއޭ އެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:
ދެންފަހެ تكبيرات الانتقال (މީގެ ތަފްޞީލެއް ކުރިން ވާނީ ގެނެސްދެވިފައި) އަދި سمع الله لمن حمده ގެ ބަސްކޮޅާއި، ربنا ولك الحمد ގެ ބަސްކޮޅާއި މެދު ދަންނައެ، ޖުމްހޫރުންގެ ގާތުގައި މި އެންމެހާ ތަކެއްޗަކީ ނަމާދުގެ ސުންނަތް ތަކެތީގެ ތެރެއިން ހިމެނޭ ތަކެއްޗެވެ. (ގަސްތުގައި ވައްޓައިލިޔަސް ނަމާދު ޞައްޙަވާނޭ ތަކެއްޗެވެ.) އަދި ޙަންބަލީން އެއީ ނަމާދުގެ ވާޖިބު ތަކުގެ ތެރެއިން ވާއެއްޗެއް ގޮތުގައި ދެކިލައްވައެވެ. އަދި ވާޖިބެއް ނަމަ، ގަސްތުގައި އެ ދޫކޮށްލައިފިނަމަ އެބޭކަލުންގެ ގާތުގައި އެއީ ނަމާދު ބާޠިލު ވެދާ ކަމެކެވެ. އަދި ހަނދުމަނެތިގެން ނޫނީ ނޭނގިގެން އެ ދޫކޮށްލެވިއްޖެނަމަ، ކުށުސަޖިދަ ޖަހަންޖެހޭ ކަމެކެވެ.
ފަހެ تكبيرات الانتقال ގެ މަޙައްލަ އަކީ ޙަރަކާތް ކޮށް އަނެއް ރުކުނަށް ދިޔުމުގެ ވަޤުތުގައެވެ. އޭގެ ކުރިން ނޫނީ އޭގެ ފަހުންނެއް ވެސް ނޫނެވެ. އަދިކިއެއްތަ؟ ޙަންބަލީންގެ ގާތުގައި ޙަރަކާތް ކުރުމަށް ފެށުނުގެ ކުރިން ނޫނީ އަނެއް ރުކުނަށް ގޮސް ހަމަޖެހުމަށް ފަހު ގަސްތުގައި ތަކްބީރު ކިޔައިފި މީހާގެ ނަމާދު ބާޠިލުވެގެން ވެއެވެ. ވީމާ އެވާޖިބު އަދައުވި ކަމަށް ވަނީ، (މިޘާލަކަށް) ސަޖިދަޔަށް ގޮސް ހަމަޖެހުމުގެ ކުރިން ތަކްބީރު ކިޔައިފިނަމަ އެވެ. އަދި ޙަންބަލީންގެ ތެރޭގައި މިކަންތަކަށް (އެބަހީ: ނުވަޤުތުގައި ކިޔުމުން ނަމާދު ބާޠިލުވުމުގެ ކަންތަކުގައި) ކުޑަކޮށް ދޫދެއްވާ ބޭކަލުން ވެސް ވެއެވެ. އެއީ (ފިޤުހީ ޤަވާޢިދުތަކުގެ ތެރެއިން) [[عموم البلوى]] (މީސްތަކުންގެ ތެރޭގައި ފެތުރި ޢާންމުވެފައިވާ އަދި އެއިން މިންޖުވުން އުނދަގޫ) ކަންކަމުގެ ތެރެއިން މިކަން ހިމެނޭތީއެވެ. އަދި [[مشقة الاحتراز]] (އެއަށް ހުށިޔާރުވެ ސަލާމަތް ވުމުގެ ބުރަ ބޮޑުވެގެންވާ ކަންކަމުގެ) ތެރެއިން މިކަންތައް ހިމެނޭތީއެވެ. (އަދި މިޙާލަތްތަކުގައި ޝަރީޢަތް އަޅާގެ މައްޗަށް ތަކްލީފު ކުޑަކޮށްދެއެވެ.) އަދި ފަތުވާ: 126200 އަށް އިތުރަށް ބަލާށެވެ.
ދެންފަހެ، (ރުކޫޢަށް ފަހު) ربنا ولك الحمد ކިޔުމުގެ ކަންތަކުގައި ދަންނައެ، ޙަންބަލީންގެ ގާތުގައި އެއީ އިމާމު މީހާ އާއި ވަކިން ނަމާދު ކުރާ ފަރުދަށާއި، މައުމޫމުންގެ މައްޗަށް ވެސް ވާޖިބެކެވެ. އެގޮތުން، އިމާމު މީހާ އާއި ވަކިން ނަމާދުކުރާ ފަރުދެއް އެ ކިޔުން ވަނީ ރުކޫޢު އިން ތެދުވުމަށް ފަހު ކޮޅަށް ހުރެއެވެ. އަދި ސަޖިދަޔަށް ދާން ފެށުމާއި ހަމަޔަށް އެކަން ފަސްކުރުން ހުއްދަވެގެން ނުވެއެވެ. އަކިކިއެއްތަ، އެ ކިޔުންވަނީ ކޮޅަށް ހުންނަ ހުރުމުގައެވެ. އަދި މިދެވެރިން (އެބަހީ: އިމާމު މީހާ އަދި ވަކިންހުރެ ނަމާދު ކުރާ ފަރުދު) ⌝ރުކޫޢުއިން⌜ ތެދުވާން ޙަރަކާތް ކުރަމުން ކިޔުމަށް ވަނީ التسميع އެވެ. (سمع الله لمن حمده އެވެ.)
ދެންފަހެ ⌝ރުކޫޢުއިން⌜ ތެދުވާން ޙަރަކާތް ކުރަމުން މައުމޫމު މީހާ ކިޔުން ވަނީ: ربنا ولك الحمد އެވެ. އެހެނީ ޙަންބަލީ މަޛުހަބުގެ މުޣްތަމިދު ރައުޔުގެ މައްޗަށް سمع الله لمن حمده ކިޔުމީ، މައުމޫމު މީހާގެ މައްޗަށް ޝަރުޢުވެގެން ނުވާ ކަމެކެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.