ސަޖިދައިގައި އޮންނައިރު ދެފައިތިލަ ޖައްސައިގެން އޮތުމަކީ ސުންނަތް ގޮތް ތޯއެވެ؟
ސަޖިދައިގައި އޮންނައިރު ދެފައިތިލަ ޖައްސައިގެން އޮތުމަކީ ސުންނަތް ގޮތް ތޯއެވެ؟
—①—
☪☪☪☪☪☪
1⃣އައްޠަރީފީގެ ނަމާދު ފޮތުގައި ބަޔާންވެފައި ވެއެވެ:
”ސަޖިދާގައި ދެފައި ކައިރިކޮށް ޖައްސާފައި ބެހެއްޓުން ދަންނައެ، އެކަމުގައި ޞަރީޙަ ޞައްޙަ ޚަބަރެއް އަހަރެންނަށް އެނގިގެންނުވެއެވެ.
އިބްނު ޚުޒައިމާ، އެކަލޭގެފާނުގެ ޞަޙީޙުގައި، އަދި އެހެނިހެން ބޭކަލުންވެސް، ޢުރްވާގެ އަރިހުން ޢާއިޝާގެ އަރިހުން ނެރުއްވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلمގެ ސަޖިދަކުރުން ޞިފަކުރައްވާ އެކަމަނާ ރިވާކުރައްވާ ބަސްފުޅެއްގައި ވިދާޅުވިއެވެ:
(....وَجَدْتُهُ سَاجِدًا رَاصًّا عَقِبَيْهِ مُسْتَقْبِلًا بِأَطْرَافِ أَصَابِعِهِ الْقِبْلَةَ....)
މާނައީ: "...އަހުރެންނަށް އެކަލޭގެފާނު ފެނުނީ ސަޖިދާގައި ދެފުންނާބުފުޅު ކައިރިކޮށް ޖައްސަވައިގެން، އިނގިލިފުޅުތަކުގެ ކޮޅުތައް ޤިބްލައަށް ކުރިމަތިކުރައްވައިގެން އޮންނަވަނިކޮށެވެ...."
މިޚަބަރުގެ ޞައްޙަކަމާއިމެދު ކަމެއްވެއެވެ. މިޚަބަރުގެ އަޞްލުވަނީ ޞަޙީޙު (މުސްލިމް) ގައިއެވެ. އެކަމަކު އެއީ 'ފުންނާބު ޖެއްސުމުގެ' —އިތުރުވެފައިވާ— ޢިބާރާތް ނުލާއެވެ.
(ޞައޙީޙު މުސްލިމް ގައިވާ) ޢާއިޝާ رضي الله عنها ގެ ޙަދީޘްގައިވަނީ: ރޭތަކުގެ ތެރެއިން ރެޔެއްގައި އެކަމަނާއަށް އެކަލޭގެފާނު ގެއްލިގެން ހޯއްދެވިއެވެ. ވިދާޅުވިއެވެ:
(...فَالْتَمَسْتُهُ. فَمست يَدِي قَدَمَيْهِ..)
މާނައީ: "ދެން ތިމަން އެކަލޭގެފާނު ހޯދަނިކޮށް، ތިމަންގެ އަތްޖެހުނީ އެކަލޭގެފާނުގެ ދެފައިތިލަފުޅުގައިއެވެ."
އެކަމަނާގެ ބަސްފުޅުގައިވާ: 'ތިމަންގެ އަތް އެކަލޭގެފާނުގެ ދެފައިތިފަފުޅުގައި ބީހުނެވެ.' މިބަސްފުޅަކުން ދެފައިންޕުޅު ޖައްސަވާ ތަތްކުރައްވާ ބެހެއްޓުން ލާޒިމެއް ނުކުރެއެވެ. ފަހަރެއްގައި [ފުރަތަމަ ގެނެވުނު] ޞަޙީޙު އިބްނު ޚުޒައިމާގައިވާ (އިތުރުވެފައިވާ ޢިބާރާތަކީ) ބައެއް ރާވީންނަށް ފަހުމުވީ ގޮތެއްކަމުގައި ވެދާނެއެވެ. ދެން އެބޭފުޅުންގެ ފަހުމުގެ މައްޗަށް އެރިވާޔަތް ރިވާކުރެއްވިއެވެ.
އެއާއިއެކު މިފަދަ ލަފްޡަކުން ދެފައިތިލަ ޖައްސާ ތަތްކުރުން ސުންނަތްވެގެންވާކަމަށް ކަނޑައެޅިގެން ނުބުނެވޭނެއެވެ. އެއީ ސަބަބުތަކަށްޓަކައިއެވެ: އޭގެ ތެރޭގައި:
ފުރަތަމައީ: ފަހަރެއްގައި އެކަމަނާ ބަސްފުޅު ވިދާޅުވުމުގައި ފަސޭހަކޮށްލެއްވީއެވެ. އެބަހީ: އެކަމަނާ އެއްފައިތިލަ ފުޅުގައި އަތްޕުޅު ބީއްސެވުނެވެ. ދެން އަނެއް ފައިތިލަފުޅުވަނީ އެޔާއި ގާތުގައެވެ. (ޖައްސައިގެން އޮތުމުގެ މާނައިގައެއް ނޫނެވެ.) މިއީ އެއްބަސްވެވޭ ކަމެކެވެ.
ދެވަނައީ: ނަމާދުކުރާ މީހާގެ ދެފައިތިލަ ޖައްސައިގެން ތަތްކޮށްގެން ނުވިނަމަވެސް ހަމަ ތިބާގެ އެއް އަތް ދެފައިތިލާގައި ޖެހިދާނެއެވެ. އެއީ ކައިރި ކައިރީގައި ދެފައިތިލަ އޮތުމުންނެވެ. އެގޮތުން ތިބާގެ އަތްތިލައިން ކަނާތު ފައިތިލާގައި ޖެހި، އަދި ތިބާގެ އަތްދަނޑީގެ ނިމޭކޮޅު އޭނާގެ ވާތުފައިތިލާގައި ޖެހިދާނެއެވެ. ދެން ހަމަ ބަހުގެ ގޮތުން 'އަހަރެންގެ އަތް އޭނާގެ ދެފައިތިލާގައި ބީހުނެވެ.' ބުނުން ހަމަ އެޙާލަތުގައި ހުއްދައެވެ.
އެންމެ ފާޅުވާގޮތަކީ: މިކަމުގައި ސުންނަތްގޮތަކީ އޭނާގެ ދެފައިތިލަ ހަމަ އާދަކޮށް އޮންނަވަރަށް ބޭއްވުމެވެ. ދުރުކުރަން ޤަޞްދުކުރުމެއްނެތި، އަދި ކައިރިކޮށް ޖައްސަންވެސް ޤަޞްދުކުރުމެއް ނެތިއެވެ.
އައްޠަރީފީގެ ބަސްފުޅު، ނަމާދު ފޮތް (ދިވެހި ތަރުޖަމާ ޞ. 319 - 321) މިހިސާބަށް. ނިމުނީ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.