ސުވާލު: ބައެއް މީހުން އައްތަޙިއްޔާތުގައި ޝަހާދަތް އިނގިލި ޙަރަކާތް ކުރުވައެވެ. އަދި ބައެއް މީހުން ޙަރަކާތެއް ނުކުރުވައެވެ. މީގައި ޞައްޙަ…
☪☪☪☪☪☪
❓ ސުވާލު: ބައެއް މީހުން އައްތަޙިއްޔާތުގައި ޝަހާދަތް އިނގިލި ޙަރަކާތް ކުރުވައެވެ. އަދި ބައެއް މީހުން ޙަރަކާތެއް ނުކުރުވައެވެ. މީގައި ޞައްޙަ ގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު: އައްތަޙިއްޔާތުގައި ޝަހާދަތް އިނގިލިން އިޝާރަތް ކުރާނީތޯ (އެބަހީ: ނުތަޅުވައި އެހެނަސް ހިއްލައިގެން ހުރުން) ނޫނީ ޙަރަކާތް ކުރާނީތޯ އަކީ އޭގައި ޚިލާފު ބަލައިގަނެވިގެންވާ ކަމެކެވެ. އަދި މިފަދަ މައްސަލަތަކުގައި ޢިލްމުވެރިންގެ ތެރޭގައި އިހުއްސުރެ ދެބަސްވުން ނުނިމި ވެއެވެ.
މި މައްސަލާގައި އަހަރެމެންނަށް ފެންނަ (ދަލީލުގެ ގޮތުން ބުރަދަންބޮޑު) ރަނގަޅު ގޮތަކީ ޝަހާދަތް އިނގިލި އިޝާރާތް ކޮށްފައި ބެހެއްޓުމެވެ. އެހެނަސް ޙަރަކާތް ނުކުރުމެވެ. (އެބަހީ: ނުތެޅުވުމެވެ.) —والله أعلم.
ދެންފަހެ ޒާއިދަތު ބްނު ޤުދާމާ އަރިހުން އެކަލޭގެފާނު ވިދާޅުވިޔޭ: ޢާޞިމު ބްނު ކުލައިބު ވިދާޅުވިޔޭ، ތިމަންކަލޭގެފާނުގެ ބައްޕާފުޅު ވާއިލު ބްނު ޙުޖްރުގެ އަރިހުން ޚަބަރުދެއްވިޔޭ:
”..އެއަށްފަހު އެކަލޭގެފާނު —އެބަހީ ރަސޫލު ﷲ ﷺ — އިނގިލިފުޅުތައް މުށްކަވައި، ދެން ޝަހާދަތް އިނގިލި އުފުއްލެވިއެވެ. އަދި އެކަލޭގެފާނު އެއިން ޙަރަކާތް ކުރައްވާތަން އަހަރެން ދެކުނީމެވެ.“
މިހަދީޘާއިމެދު ދަންނައެ، މިސަނަދު ޞައްޙައެވެ. އެހެނަސް މީގައި މިއޮތް ބަސްކޮޅު ”އެއިން ޙަރަކާތް ކުރެއްވިޔޭ“ — މިއީ "ޝާޛް" ބަސްކޮޅެކެވެ. (އެބަހީ: އިތުބާރުގައި އެއަށްވުރެ ވަތުގަދަ އެހެން ރާވީން އެޙަދީޘުގައި ރިވާކުރެއްވި އިރު ނުހިމެނާ، އެހެނަސް ބަލިކަށި ރާވީއެއް އެކަހެރިކޮށް ގެނައި އިތުރު ތަންކޮޅެއްކަމުން ބަލިކަށި ކަމަށް ކަނޑައެޅޭ ބަޔެކެވެ.)
އެހެނީ މިއީ ޢާޞިމްގެ އަރިހުން މިޙަދީޘު ގެންނެވި الثقات (އިތުބާރުހުރި ރާވީންގެ) 11 ބޭކަލުން ތިއްބެވި އިރު، ހަމައެކަނި ޒާއިދަތު ބްނު ޤުދާމާ ގެންނެވި އިތުރުވުމެކެވެ.
ފަހެ ޢާޞިމް ގެ އަރިހުން (މިޙަދީޘު ނަޤުލު ކުރެއްވި) މިއެންމެހާ ثقات ބޭކަލުން "ޙަރަކާތް ކުރެއްވިޔޭ" ޛިކުރު ނުކުރައްވައެވެ. އެހެނަސް ޒާއިދާ އެކަހެރިކޮށް ގެނައި ގެނައުމެއް ފިޔަވައެވެ. އަދި މިކަމަކީ ޒާއިދާ އަށް މިޙަދީޘުގެ ލަފުޒުގައި "ޙަރަކާތް ކުރެއްވިޔޭ" އެއްކުރެއްވުމީ އޮޅިވަޑައިގަތުމެއް ކަމުގެ މައްޗަށް އޮތް އެންމެ ސާފު ދަލީލެވެ.
މިއާއިއެކުވެސް، ޢިލްމުވެރިންގެ ތެރެއިން މި އިތުރުވުން ބަލައިގަންނަވާ (މުއައްޚިރު ޙަދީޘް އުޞޫލުގެ) ބައެއް ބޭކަލުންވެސް ވެއެވެ. އެއީ މިއިތުރު ބަޔަކީ އިތުބާރު ހުރި ރާވީއެއް އިތުރު ކުރެއްވި ބަޔެއް ކަމުގައި ނިންމަވައެވެ. އެގޮތުން "އިޝާރާތް" ކުރުމާއި "ޙަރަކާތް" ކުރުން ޖަމާ ކުރައްވައި، އެއީ ޤިބުލަޔާ ދިމާލަށް ޝަހާދަތް އިނގިލި އިޝާރާތްކޮށް، ޤިބުލަޔަށް އިޝާރާތް ކުރުން މަތީ ދެމިހުންނަ ގޮތުގައި "ކުޑަކުޑަ ޙަރަކާތަކުން" ޙަރަކާތް ކުރުން ކަމުގައި ކަނޑައެޅުއްވިއެވެ. (ނޯޓް: މިއީ ބައެއް މީހުން ކަންތައް ކުރާފަދައިން، މައްޗަށް ތިރިޔަށް ވާގޮތަށް ގަދަ ޙަރަކާތެއް ކުރުމާއި ޚިލާފަށެވެ. ޙަރަކާތް ކުރުން ޞައްޙަ ކަމަށް ވިދާޅުވާ ބޭކަލުންގެ ޙަޤީޤީ މަފްހޫމަކީ މިއީއެވެ.) والله أعلم.
— الشيخ ތުރުކީ ބުނު މުބާރަކް، އަލްބިންޢަލީ (تقبله الله)
#فتاوى_عبر_الأثير (( 285 ))
~ ގަލަންދާނު 🖋
ــــــــــــــــــــ
އިތުރަށް ބަލައިހޯދުމަށް:
⬆️ލިޔުން: ”އައްތަޙިއްޔާތުގައި ޘާބިތުވެގެންވަނީ ޝަހާދަތް އިނގި ދިއްކުރެއްވި ކަމެވެ. ”ޙަރަކާތް“ ކުރެއްވި ކަމެއް ނޫނެވެ. (އައްޠަރީފީ)
⬆️ގަލަންދާނު އިންފޯގްރެފިކްސް (ޚުލާޞާ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.