ޚުލާޞާ)
—②—
⚫️(ޚުލާޞާ)
މީގެ މައްޗަށް ބަލައި ބުނަނެވެ: ޤުނޫތުގައި އަތްނެގުމުގެ މައްސަލައަކީ، އިޖުތިހާދީ މައްސަލައެކެވެ. ވީމާ އަތް ނަގައިފިމީހެއް ނަމަ، އޭނާ އަށް އެކަމުގައި އިންކާރު ކުރުމެއް ނުވެއެވެ. އަދި އަތް ނުނަގައިފި މީހެއްނަމަ، އޭނާއަށް ވެސް އެކަމުގައި އިންކާރު ކުރުމެއް ނުވެއެވެ. އެހެނީ ދެކޮޅުގެވެސް ދަލީލުތައް ވަރުގަދައެވެ.
➕ފުރަތަމަ ބައި ބުރަވަނީ އައްޒުހުރީގެ ޤަޥްލަށެވެ. އެކަލޭގެފާނު ޚަބަރު ދެއްވީ އެކަލޭގެފާނާއި ދިމާވެ އެއްދައުރެއްގައި އުޅުއްވި އަދި (ސީދާ) ބައްދަލުވެ ނޫނީ (އެބައެއްގެ ފުށުން ބަސްފުޅު) އަޑުއައްސަވާފައިވާ ފަރާތް ތަކުގެ ވާހަކައެވެ. [އޭގެ ތެރޭގައި އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ތެރެއިން އެންމެ ބޮޑެތި އިމާމުންތައް ހިމެނެއެވެ.] ވިދާޅުވީ: [لم تكن ترفع الأيدي في الوتر في رمضان] ((ރަމަޟާން މަހުގެ ވިތުރީގައި ⌝އެބޭކަލުންގެ⌜ އަތްތައް ނުއުފުލެވެއެވެ.))
[މީގެ އިތުރުން ނަބިއްޔު ﷺ އަރިހުން މިކަމުގައި އެއްޗެއް ޞައްޙަ ވާރިދުވެފައި ނުވުމާއި، މިއީ އަޅުކަމެއް ކަމާއި އެހެންކަމުން އަޅުކަމެއްގައި ވާރިދުނުވެ ވާ އެއްޗެއްގައި ޢަމަލު ނުކަުރުމުގެ އުޞޫލުވެސް ގެންނަވައެވެ.]
➕އަދި އަނެއް ކޮޅުން ބުނަނީ: ދުޢާގައި އަޞްލަކީ ދެއަތް އުފުލުން ކަމުގައެވެ. އެއީ މުސާފިރުވެ ހުރި މީހާ އާއިމެދު ނަބިއްޔު ﷺ (ޙަދީޘެއްގައި) ޛިކުރު ކުރެއްވި ފަދައިންނެވެ: «...يَمُدُّ يَدَيْهِ إِلَى السَّمَاءِ: يَا رَبِّ يَا رَبِّ...» ((އޭނާގެ ދެއަށް އުޑާއި ދިމާލަށް ދަމައި (ދުޢާކުރެއޭ) އޭ އަޅާ ހައްދަވައި ބޮޑު ކުރެއްވި އިލާހެވެ. އޭ އަޅާ ހައްދަވައި ބޮޑު ކުރެއްވި އިލާހެވެ.)) އެހެންކަމުން ދުޢާގެ އަޞްލަކީ އަތް އުފުލުމެވެ.
އޭގެ އިތުރުން އެވެރިން ބުނެއެވެ: އަދި އަމީރުލް މުއުމިނީން ޢުމަރުގެ އަރިހުން އެކަން އައިސްފައި ވެއެވެ. އަދި އެކަލޭގެފާނަކީ އަހަރެމެންނަށް އެބަޔަކަށް ތަބައުވުމަށް (ނަބިއްޔު ﷺ) އަމުރުކުރެއްވި (ޚުލާފާއުއް ރާޝިދޫން) ބޭކަލުން ތެރެއިން ބޭކަލެކެވެ.
[އަދި ތިންވަނަ ޤަޥްލެއްގައިވެސް ހިފިދާނެއެވެ. އެއީ ބައެއް ފަހަރު އުފުލައި ބައެއް ފަހަރު ނުއުފުކުމެވެ. މިއީވެސް (ޢިލްމުވެރިން ގެ) ޤަޥްލުތަކުން ޤަޥްލެކެވެ.]
—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
[ބުރެކެޓިގައި] އެވަނީ ޝެއިޚުގެ އެނޫން ފަތުވާއަކުން އިތުރު ކުރެވިފައިވާ ބައިތަކެވެ.
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.