ނަބިއްޔާ ﷺ ވިތުރި ކުރެއްވި ގޮތްތަކުގެ ޚުލާޞާ
ނަބިއްޔާ ﷺ ވިތުރި ކުރެއްވި ގޮތްތަކުގެ ޚުލާޞާ
(ހ)
9 ރަކުޢަތުން ވިތުރި ކުރައްވާނަމަ، 8 ވަނަ ރަކުޢަތުގައި (އައްތަހިއްޔާތަކަށް) އިށީންނަވައި ސަލާމް ނުދެއްވައެވެ. ދެން 9 ވަނަ ރަކުޢަތުގައި އިށީންނަވައި ސަލާމް ދެއްވައެވެ.
(ށ)
7 ރަކުޢަތުން ވިތުރި ކުރައްވާނަމަ، 6 ވަނަ ރަކުޢަތުގައު އިށީންނަވައެވެ. އެހެނަސް ސަލާމް ނުދެއްވައެވެ. ދެން 7 ވަނަ ރަކުޢަތުގައި އިށީންނަވައި ސަލާމްދެއްވައެވެ.
(ނ)
5 ރަކުޢަތުން ސަލާމް ވިތުރި ކުރައްވާނަމަ، 5 ވަނަ ރަކުޢަތުގައި މެނުވީ ނުއިށީންނަވައެވެ.
(ރ)
3 ރަކުޢަތުން ވިތުރި ކުރައްވާނަމަ ދެގޮތަކަށް ކުރައްވައެވެ:
ފުރަތަމަ ގޮތަކީ: ދެރަކުޢަތް ކުރައްވައި ސަލާމް ދެއްވައި އެއަށްފަހު އެއްރަކުޢަތް ކުރެއްވުމެވެ.
ދެވަނަ ގޮތަކީ: 3 ރަކުޢަތް މެދުނުކަނޑުއްވައި ކުރެއްވުމެވެ.
މީގެތެރެއިން ފުރަތަމަ ޙާލަތުގައި މައްސަލައެއް ކުރިމަތި ނުވެއެވެ. އެހެނަސް ދެވަނަ ޙާލަތުގައި، އެންމެ ފަހު ރަކުޢަތުގައި މެނުވީ އައްތަހިއްޔާތަށް އިށީނުމެއް ނުވެއެވެ. މިއީ ނަބިއްޔާ ﷺ ވިތުރި އާއިމެދު ޙަދީޘް ކުރެއްވި މިޙަދީޘް އާއި ވިދިގެންނެވެ: « لاَ تَشَبَّهُوا بِصَلاَةِ المَغْرِبِ » "މަޣްރިބު ނަމާދާއި އެ އެއްގޮތް ނުކުރާށެވެ." ރިވާކުރެއްވީ އިބްނު ޙިއްބާން އާއި އައްދާރަޤުޠްނީ އާއި އަލްޙާކިމް އާއި އަލްބައިހަޤީ އެވެ. އަދި އިސްނާދުގައި މައްސަލައެއްނެތެވެ.
އަދި ފުރިހަމަ ވިތުރީގެ އެންމެ މަދު މިންވަރަކީ 3 ރަކުޢަތެވެ.
(ބ)
އަދިއެހެނަސް އެއްރަކުޢަތް ކުރުންވެސް ޝަރުޢުވެގެންވެއެވެ.
(އަދި މިއެންމެހާ އަދަދު ތަކެއް "ޞަޙީޙް މުސްލިމް" ގައި ވާރިދުވެފައިވާ ޙަދީޘް ތަކުން ޘާބިތެވެ.)
____
~ މިއީ ޝެއިޚް ޢަބްދުﷲ އައްސަޢްދު މިކަމުގެ މައްޗަށްވާ ދަލީލު ގެންނެވުމަށްފަހު ލިޔުއްވި ޚުލާޞާ އެއްގެ ތަރުޖަމާ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.