ޖަމާޢަތު ނަމާދުގައި آمين ކިޔާއިރު ކިޔަން ޖެހެނީ އިމާމު މީހާއާއި އެކުއެކީގައިތޯ ނޫނީ ފަހުންތޯ؟
🖊 ޖަމާޢަތު ނަމާދުގައި آمين ކިޔާއިރު ކިޔަން ޖެހެނީ އިމާމު މީހާއާއި އެކުއެކީގައިތޯ ނޫނީ ފަހުންތޯ؟
—🔢—
ސުވާލު:
އަލްޖާމިޢު އައްޞަޙީޙު ގައި އަހަރެން ކީ ޙަދީޘެއްގައި ވަނީ:
«إِذَا أَمَّنَ الْإِمَامُ ، فَأَمِّنُوا ، فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلَائِكَةِ ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» ((އިމާމު 'އާމީން' ކިޔާހިނދުގައި ތިޔަބައިމީހުންވެސް އާމީން ކިޔާށެވެ. ހަމަކަށަވަރުން އެމީހެއްގެ އާމީން ކިޔުމާއި މަލާއިކަތް ބޭކަލުންގެ އާމީން ވިދާޅުވުމާއި ދިމާވެއްޖެ މީހާގެ އިސްވެދިޔަ ހުރިހާ ފާފަ އެއް ފުއްސަވައި ދެއްވާނެއެވެ.))
އަދި ފަޟީލަތުއް ޝެއިޚް ނާޞިރުއްދީން އަލްއަލްބާނީ ގެ އޯޑިއޯއެއްގައި ވިދާޅުވެފައިވެއެވެ: ”އަޚުންނޭވެ. އަހަރެންނަށް ވުރެ ކުރިން آمين ނުކިޔާށެވެ...“ ވިދާޅުވަނީ آمينގެ ނޫނު ސުކުނަށް (މައުމޫމުން) މަޑުކުޅައުމަށެވެ. މާނައީ އިމާމު ފުރަތަމަ އާމީން ކިޔައި ނިންމުމުން ދެން މައުމޫމުން އާމީން ކިޔުމަށެވެ. ވީމާ މިއީ އޭގައި އޮތް ޞައްޙަ ގޮތް ތޯއެވެ؟
ޖަވާބު:
الحمد لله والصلاة والسلام على رسول الله.
ފަހެ (ޝެއިޚް އަލްއަލްބާނީގެ ރައުޔު ކަމާއިމެދު) ތި ނަޤުލުކުޅަ ވާހަކައަކީ ތެދު ވާހަކައެކެވެ. އެހެނަސް މި (މިމައްސަލައިގެ) ރަނގަޅު ގޮތް އޮތީ އެއާއި އިދިކޮޅަށެވެ. މިއީ އައްޝެއިޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ رحمة الله تعالى عليه އެކަމެއްގައި (ދަލީލުތައް މިނެކިރުއްވައި) އިޖުތިހާދު ކުރައްވައި އެހެނަސް ރަނގަޅު ގޮތާއި ފެޔަށް ގޮތް ކަނޑައެޅުއްވުނު ކަމެކެވެ.
(އަލްއަލްބާނީ) ދެކިލެއްވީ މައުމޫމުމް آمين ކިޔުން ވަނީ އިމާމު މީހާ آمين ކިޔައި އަވަދިވުމުން ކަމުގައެވެ. އެކަމުގައި ދަލީލު ގެންނެވީ މިޙަދީޘުންނެވެ: «އިމާމު 'އާމީން' ކިޔާހިނދު» — ކޮށްނިމުނު ކަމެއްގެ ދޭހައިގައި — «ތިޔަބައިމީހުންވެސް އާމީން ކިޔާށެވެ.» އެބަހީ އިމާމު މީހާ ނިމުމުންނޭއެވެ.
⚠️އެހެނަސް ޢިލްމުވެރިން މި މާނަކުރުން ދެގޮތެއްގެ މައްޗަށް ކުށް ގޮތެއް ކަމުގައި ކަނޑައެޅުއްވިއެވެ:
1️⃣ފުރަތަމަ ކަމަކީ: އެހެން ރިވާޔަތެއްގައި ވާރިދުވެފައިވެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއޭ:
«إِذَا قَالَ الإِمَامُ { غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ } فَقُولُوا آمِينَ»
((އިމާމު މީހާ {غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ﴾ ކިޔުމުން، ތިޔަބައިމީހުން آمِين އޭ ކިޔާށެވެ.))
އެބޭކަލުން (ޢިލްމުވެރިން) ވިދާޅުވަނީ، މިއީ އިމާމު މީހާގެ آمِين އާއި މައުމޫމުމްގެ آمِين ގައި އެއްހަމަކަން ޙާޞިލުކުރުމަށްޓަކައި ކަމެވެ. ދެން އެޔާއި އެކު (އެދެބައިގެ آمِينَ) މަލާއިކަތުންގެ آمِين އާއި އެއްހަމަވުމެވެ. މިއީ ފުރަތަމަ ރައްދެވެ.
2️⃣[ދެވަނަ ކަމަކީ]: އިތުރުއެކަލޭގެފާނުގެ ޙަދީޘް [[إِذَا أَمَّنَ الْإِمَامُ ، فَأَمِّنُوا ((އިމާމު 'آمين' ކިޔާހިނދުގައި ތިޔަބައިމީހުންވެސް آمين ކިޔާށެވެ.))]]
މީގެ މަޢުނައީ އިމާމު 'آمين' ކިޔަން ޤަޞްދުކުރާހިނދު ތިޔަބައިމީހުންވެސް آمين ކިޔާށޭ އެވެ.
⬆️އެއީ މިވަޙީގައި އަޢިސްފައިވާ ފަދައިންނެވެ:
▶️فَإِذَا قَرَأۡتَ ٱلۡقُرۡءَانَ فَٱسۡتَعِذۡ بِٱللَّهِ◀️
((ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާހިނދު، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށޭ...))
މިތާނގައި ((ކިޔަވައި ވިދާޅުވާނަމަ)) މިއޮތީ ނިމުނު ކަމެއް ގޮތުގައި ހެއްޔެވެ؟ ނޫނީ ޤުރުއާން ކިޔެވުމަށް ޤަޞްދުކުރުން ހެއްޔެވެ؟ އާއެކެވެ. ޤުރުއާން ކިޔެވުމަށް ޤަޞްދުކުރާނހިނދު أعوذ ކިޔުމެވެ.
⬆️(އަދި މިޙަދީޘުގައި މިވާ ފަދައިންނެވެ)
«يا غلامُ إذا أكلتَ ، فقُلْ بسمِ اللهِ»
((އޭ ކުއްޖާއޭ! ތިބާ ކައިބޮއި ހަދާހިނދު ، ފަހެ (بسم الله) ކިޔާށެވެ.))
މިތާނގައި ((ކައިބޮއި ހަދާހިނދު)) ގަޔޭ މިއޮތީ ކައިބޮއެ ހަދައި ނިމުމުން ބިސްމިކިޔުން ހެއްޔެވެ؟ ނޫނީ ކާން ޤަޞްދުކުރާ ހިނދުގައި ހެއްޔެވެ؟
⬆️(އެނޫން ޙަދީޘް ރިވާޔަތެއްގައި)
«إذا دخَلتُمُ الخلاءَ فقولوا باسمِ اللهِ...»
((ފާޚާނާއަށްވަންނަ ހިނދުގައި، ކިޔާށޭ باسمِ اللهِ... (މިޛިކުރު ނިމުމާ ހަމަޔަށް)))
ފަހެ ((ފާޚާނާއަށްވަންނަ ހިނދުގައި)) އޭ ބުނެވެނީ ވަދެ ނިމުމަށް ފަހުގަހެއްޔެވެ؟ ނޫނީ ފާޚާނާއަށް ވަންނަން ޤަޞްދުކުރާހިނދުގައި ހެއްޔެވެ؟ ޤަޞްދުކުރާހިނދުގައި އެވެ.
✅އަހަރެމެންގެ ޢިލްމުވެރިންނާއި އިމާމުންގެ ބަސްފުޅުވަނީ މީގެ މައްޗަށެވެ. އަދި މިއަށް ބާރުދެނީ ނަބިއްޔު ﷺ ގެ ދެން އޮތް ޙަދީޘެވެ:
((އިމާމު މީހާ {...وَلاَ الضَّالِّينَ } ކިޔުމުން، ތިޔަބައިމީހުން آمِين އޭ ކިޔާށެވެ.))
⚠️ދަންނައެ، ނަބިއްޔު ﷺ (މައުމޫމުމް އިންތިޒާރުގައި ތިބޭގޮތުގައި) ގިނިކަންޏާ آمين ވިދާޅުވިކަމަށް އެއްވެސް ގޮތަކަށް ވާރިދުވެފައި ނުވެއެވެ. އެބަހީ:▶️غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ◀️ އަދި آمِينَ ކިޔެވުމުން، ތިމަންމެން آمِينَ ކިޔަނީ އެކަލޭގެފާނުގެ آمِينَ އަށް ފަހުގައި އޭ ބުނެ، ދެބަޔަށް ބައިކުރުން، ނަބިއްޔު ﷺ އަރިހުން އެއްވެސް ގޮތަކަށް ވާރިދުވެފައި ނުވެއެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.