ފަހެ (ސުވާލުގައި ބަޔާންވެވުނު) މިކަންތަކީ فضيلة الشيخ الإمام ناصر الدين الألباني -رحمه الله ގެ އިޖުތިޙާދުތަކުގެ ތެރެއިން އިޖުތިޙާދެކެވެ.…
—🔢—
ފަހެ (ސުވާލުގައި ބަޔާންވެވުނު) މިކަންތަކީ فضيلة الشيخ الإمام ناصر الدين الألباني -رحمه الله ގެ އިޖުތިޙާދުތަކުގެ ތެރެއިން އިޖުތިޙާދެކެވެ. އަދި އެ އިޖުތިހާދުގައި ރަނގުޅުގޮތަށް ނިންމެވިފައި ނުވެއެވެ. އަދި އެ ނިންމެވުމީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔާއި ޚިލާފަށް އޮތް ނިންމެވުމެކެވެ.
— އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ ޢަލްޢަދަވީ (ވީޑިއޯ)
~ ގަލަންދާނު 🖋
އަހަރެން ބުނަނެވެ:
1⃣އަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ((ޙަދީޘު: ((އިމާމު މީހާ {...وَلاَ الضَّالِّينَ } ކިޔުމުން، ތިޔަބައިމީހުން آمِين އޭ ކިޔާށެވެ.)) ވީމާ މިތާނގައި މައުމޫމުމް - آمِين ކިޔުމުގައި - އެއްހަމަ ކުރަނީ ކާކާހެއްޔެވެ؟ އިމާމުމީހާ އާއިއެވެ. އަދި މަލާއިކަތުންވެސް (އެވަޤުތުގައި) އާމީން ކިޔުއްވައެވެ....))
2⃣ޢަބްދުއް ރަޙްމާން އަލްބައްރާކު ވިދާޅުވިއެވެ: ”އަދި އޭގެ (އެބަހީ: آمين ކިޔުމުގެ) ދަނޑިވަޅަކީ އިމާމުމީހާ އާއި މައުމޫމު މީހާއަށް އެއް ވަޤުތެކެވެ. އެއީ ނަބިއްޔު ﷺ ގެ މި ޙަދީޘުގެ މައްޗަށެވެ: «وإذا قال ـ أي الإمام ـ: ولا الضالين، فقولوا: آمين» ((އަދި އޭނާ — އެބަހީ އިމާމު މީހާ — ﴿...ولا الضالين﴾ އޭ ކިޔުމުން، ތިޔަބައިމީހުން آمين އޭ ކިޔާހުށިކަމެވެ.)) — ރިވާކުރެއްވީ ދެޝެއިޚުންނެވެ. އަދި ޢިލްމުވެރިންގާތުގައި މިކަމުގައި ޢަމަލު ކުރުން ވަނީ މީގެ މައްޗަށެވެ. ދެންފަހެ މިޙަދީޘު: «إذا أمَّن الإمام فأمنوا» ((އިމާމު 'آمِين' ކިޔުމުން (ކިޔާހިނދުގައި) ތިޔަބައިމީހުންވެސް آمِين ކިޔާށެވެ.)) ޢިލްމުވެރިންގެ ތަފާތު މާނަކުރެއްވުންތައް (ތައުވީލުކުރެއްވުން) މީގައި ގެންނަވާފައިވެއެވެ. އަދި އެތައުވީލުތަކުގެ ލަނޑުދަނޑިއަކީ އަދި މަޤްޞަދަކީ މިދެޙަދީޘުގެ މާނަ (އަރައިރުން ނުވާނޭހެން) ޖަމަޢަ ކުރެއްވުމެވެ. އެކަން ޙާޞިލްވުން ވަނީ މައުމޫމު މީހާގެ آمين އިމާމު މީހާގެ آمين އާއި އެކުއެކީގައި ވުމުންނެވެ. އޭނާއަށް ވުރެ ފަސްކުރުމެއް ނޫނެވެ. އަދިކިއެއްތަ އޭނާއާއި އެކުގައި އެކަން އަދާ ކުރުމެވެ. އެކަން ވަނީ އިހުބަޔާންވެވުނި ޙަދީޘުން ދަލީލުވާ ފަދައިން، {..وَلاَ الضَّالِّينَ} އޭ ކިޔެވުމާއި އެކުގައެވެ. އަދި ބައެއް ޢިލްމުވެރިން (މިޙަދީޘު «إذا أمَّن الإمام فأمنوا») އޭގެ ބޭރުފުށަށް (ތައުވީލު ކުރައްވައި) ނަންގަވައެވެ. އެއީ މިމާނަޔާ އެއްގޮތްވާ ގޮތަށެވެ: «وإذا كبر الإمام فكبروا» ((އިމާމު މީހާ ތަކްބީރު ކިޔުމުން (އެބަހީ އެޔަށް ފަހުގައި) ތިޔަބައިމީހުންތަކްބީރު ކިޔާށެވެ.)) އެހެނަސް ރާޖިޙު (ދަލީލުގައި ބުރަދަން ބޮޑު) ޤަޥްލަކީ (ކުރިން ބުނެވުނު) ޖުމްހޫރުންގެ ޤަޥްލެވެ...“
3⃣އިބްނު ޢުޘައިމީން ވިދާޅުވިއެވެ:
”ދެންފަހެ ނަބިއްޔު ﷺ ގެ ޙަދީޘް ބަސްފުޅު «إذا أمَّن الإمام فأمِّنوا» ((އިމާމު 'آمين' ކިޔާހިނދު/ކިޔުމުން ތިޔަބައިމީހުންވެސް آمين ކިޔާށޭ)) — ބައެއް މީހުންނަށް އޮޅިފައިވާ ގޮތަށް މިއީ އިމާމު މީހާ آمين ކިޔުމުން، އޭގެ ފަހުން ތިޔަބައިމީހުން آمين ކިޔާށޭ ކަމަަށް ދޭކޭ ދޭކުމާއި މެދު ދަންނައެ، މިއީ ޞައްޙަގޮތެއް ނޫނެވެ. ފަހެ «އިމާމު 'آمين' ކިޔާހިނދު» "إذا أمَّن" ގެ މަޢުނައީ އިމާމު آمين ކިޔަން ފަށާހިނދުގައޭ އެވެ. މިއީ ދެވަނަ (ޙަދީޘުގައި) އޮތް ލަފުޡުން ދަލީލު ނަގައެވެ: ((އިމާމު މީހާ {...وَلاَ الضَّالِّينَ} ކިޔުމުން، ތިޔަބައިމީހުން آمِين އޭ ކިޔާށޭއެވެ.))“
4⃣އަދި އިސްލާމްވެބް ފަތުވާ 196473 ގައި ވަނީ މިއާއި އެއްގޮތަށް ގެންނަވާފައެވެ. (އިތުރު ތަފްޞީލަށް 196473 ، 460873) އަދި މިއީ އައްޝެއިޚް ސުލައިމާން އަލްޢަލްވާން ގެ ފަތުވާތަކުންވެސް ހާމަވާން އޮތް ރައުޔެވެ.
✨ފައިދާއެއް:
5⃣އައްޝެއިޚް އަޙްމަދު އައްޞުޤްޢޫބު ވިދާޅުވިއެވެ: ”ދަލީލުތަކުން ހާމަވަނީ އެންމެ މޮޅުއިތުރީ މައުމޫމުމީހާގެ آمِين އިމާމުމީހާގެ آمِين އާއި އެއްހަމަ ވުމެވެ. އަދި އޭނާއަށް ވުރެ ލަސް ނުވުމެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މިބަސްފުޅުގެ މައްޗަށެވެ: ((އިމާމު މީހާ {...وَلاَ الضَّالِّينَ} ކިޔުމުން، ތިޔަބައިމީހުން آمِين އޭ ކިޔާށެވެ.))
އަދި ((ހަމަކަށަވަރުން އެމީހެއްގެ آمين ކިޔުމާއި މަލާއިކަތް ބޭކަލުންގެ آمين ވިދާޅުވުމާއި ދިމާވެއްޖެ މީހާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވައި ދެއްވާނެއެވެ.)) މިތާނގައި وافق (ދިމާވުމޭ) އޮތް ބަސްފުޅުގެ މުރާދަކީ —والله أعلم— (އަގައިން ކިޔާ) ޤަޥްލު ދިމާވެ އަދި އިޚްލާޞްތެރިކަންވެސް (އެބޭކަލުން ފަދައިން) ސީދާވެ އޮތުމެވެ.
⬆️ވީމާ (އެއްކަމަކީ) ޤަޥްލުގައި ދިމާވުމެވެ: އެހެނީ އިމާމު މީހާ آمين ކިޔާހިނދުގައި މަލާއިކަތުންވެސް آمين ކިޔައެވެ.
⬆️އަދި (ދެވަނަ ކަމަކީ) އިޚްލާޞް ގައި ދިމާވުމެވެ. އެހެނީ މަލާއިކަތުންނަކީ އިޚްލާޞްތެރިކަމުގެ އަހުލުންނެވެ. ވީމާ އެބޭކަލުންގެ އަޅުކަމަކީ ރިޔާއު އެއް ޝިރުކެއް ނުއެކުލެވޭ މުޚްލިޞް އަޅުކަމެވެ.“ — ނިމުނީ
🟢ގުޅުންހުރި އިތުރު ތަފްޞީލު: ބިލާލުގެފާނާއި އަބޫ ހުރައިރާ އަށް ނިސްބަތްވާ ބަސްފުޅު "ތިމަންކަލޭގެފާނަށް ވުރެ ކުރިން آمين ނުކިޔާށޭ“ ގެ ޞައްޙަ ކަމުގެ ދަރަޖައާއި އޭގެ މާނަ (އައްސަޢްދު ، އިބްނު ބާޒު، އައްޞުޤްޢޫބު)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.