މީގައި މިވަނީ) އެއް ކަމެއްގެ އިދިކޮޅަށް އަނެއް ކަމެކެވެ. (އެބަހީ: އަޑު ކެނޑޭނޭ ފަދަ ހުރަސްތައް އައި އިރު، އެހުރަސްތައް ކަނޑުވައިލާ…
—②—
(މީގައި މިވަނީ) އެއް ކަމެއްގެ އިދިކޮޅަށް އަނެއް ކަމެކެވެ. (އެބަހީ: އަޑު ކެނޑޭނޭ ފަދަ ހުރަސްތައް އައި އިރު، އެހުރަސްތައް ކަނޑުވައިލާ ކަންކަމެވެ.) މާނައަކީ، މި ބުނި ހުރަސްތައް ނެތްނަމަ، އެ ޒަމާނުގައި ފަދައިން ބަންގީގެ އަޑު އިވުނީހެވެ. އެހެންކަމުން މިކަމުގައި އަހަރެމެން ގޮތްކަނޑައެޅުންވަނީ ދެކޮޅު މިނެކިރައިގެނެވެ. ތިބާއަށް (ބަންގީގެ) އަޑު އިވުމާ ދެމެދަށް ހުރި ހުރަސް ތަކުގެ ޙާލަތަށް ބަލައެވެ.⁽¹⁾
އަދި (އިޖާބަ ދޭންޖެހޭ ގާތްމިނުގައި ހުރެމެ) އުޛުރެއް މެދުވެރިވެއްޖެ ހިނދެއްގައި، އަހަރެމެން ރުޖޫޢަވާނީ އެ އުޛުރަށެވެ.
އަހަރެމެން ބުނެފައި މިވަނީ ޢާންމު ޙުކުމެވެ: «من سمع النداء فليجب» [[ބަންގީގެ އަޑު އިވޭ ކޮންމެ މީހަކު، އެއަށް އިޖާބަދޭހުށި ކަމެވެ.]] މިއީ ޝަރުޢީ ބަންގިއެއް ކަމުގައި އަހަރެމެން ދެކޭހިނދެއްގައި އެއަށް ތަބާވާންޖެހޭނޭ ކަމެވެ. އަދި މިކަމާއި ގުޅުންހުރި ޢާންމު ޝަރުޢީ ޙުކުމްތައް އެކި ނަޒަރުތަކުން އަހަރެމެން ގެނެސް، އެއަށް ތަބާވުން ވާޖިބުވެގެންވާކަން އަހަރެމެން ކަނޑައެޅީމެވެ. އަދި ބަންގީގެ އަޑު އިވޭ މީހާ އެއަށް އިޖާބަދޭން ޖެހޭނޭ ކަމެވެ. ދެން އޭނާއަށް އެކަމުގައި ބުރަބޮޑުކަމެއް ކުރިމަތިވާ ނަމަ ދަންނައެ، މަޝައްޤަތު (ދަތިއުނދަގުލަކީ) އެކަމުގައި ރުޚްޞާއެއް (ލުޔެއް) ކަމުގައި ވެއެވެ.
— އައްޝެއިޙް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋️
ــــــــــــــــــــــــ
[1] 🎁🎁 އިބްނު ބާޒު ވިދާޅުވިއެވެ:
”(ހ) އެހެން އަޑުތައް ނެތް ޙާލަތުގައި، އަދި (ށ) އަޑު އިވުން މަނަޢު ކުރާ ހުރަހެއް ނެތް ގޮތުގައި؛ ލައުޑްސްޕީކަރަކާއި ނުލައި ބަންގީގެ އަޑު ތިބާ ދިރިއުޅޭ ތަނަށް، (ނ) ބުރައެއް ނުއުފުލައި އަޑުއިވޭ ގޮތަކަށް އަޑު އިވޭނަމަ، ތިބާގެ މައްޗަށް ވާޖިބު ވެގެން ވަނީ މުސްލިމުންނާއި އެކު މިސްކިތުގައި ނަމާދުކުރުމެވެ. ... އަދި (އެއަށް ވުރެ) މިސްކިތާއި ދުރުގައި ތިބާ ވިއެއް ކަމަކު، ތިބާ ހިނގާފައި ނޫނީ ކާރުގައި ދިޔުމުގެ ބުރަ އުފުލާނަމަ، އެގޮތް ތިބާގެ މައްޗަށް ހެޔޮވެފައި މޮޅުއިތުރުކަން ބޮޑެވެ. ...އަދި އެކަމުގެ އިޚްލާޞްތެރި ކަމާއި ނިޔަތުގެ މަތީން ﷲ ތިބާގެ މައްޗަށް މިސްކިތަށް ދިޔުމާއި އަދި އެއިން އެނބުރިއައުމުގެ އެންމެހައި ޙަރަކާތަކަށް ހެޔޮޖަޒާ ލިޔުއްވައެވެ...“ (مجموع فتاوى الشيخ ابن باز 12/36)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.