ޖަމާޢަތުގައި ޢަޞްރު ނަމާދު ކޮށް ނިންމުމަށްފަހު، ނަމާދުކުރުން ނަހީ ވަޤުތުގައި ޢަޞްރު ނަމާދު ނުލިބުނު މީހަކާއެކު (ޖަމާޢަތެއް ހޯދައިދިނުމުގެ…
❓ ޖަމާޢަތުގައި ޢަޞްރު ނަމާދު ކޮށް ނިންމުމަށްފަހު، ނަމާދުކުރުން ނަހީ ވަޤުތުގައި ޢަޞްރު ނަމާދު ނުލިބުނު މީހަކާއެކު (ޖަމާޢަތެއް ހޯދައިދިނުމުގެ ނިޔަތުގައި) ނަމާދުކުރުން ހުއްދަވާނެ ހެއްޔެވެ؟
ސުވާލު: ޢަޞްރު ނަމާދު (ޖަމާޢަތް) ނިމުމަށްފަހު މީހަކު މިސްކިތަށް ވަނުމުން، އިމާމާއެކު ޢަޞްރު ނަމާދުކޮށް އަވަދިވެފައިވާ މީހަކު، އެ ވަގުތަކީ ނަމާދުކުރުން ނަހީ ކުރައްވާފައިވާ ވަގުތަކަށް ވާހާލު، އެމީހާއާއެކު ނަމާދުކުރުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު: އާނއެކެވެ. ޢަޞްރު ނަމާދަށްފަހު މީހަކު މިސްކިތަށް ވަނުމުން، އެ ނަމާދު ޖަމާޢަތަކަށް ހެދުމުގެ ގޮތުން އެމީހާއަށް ސަދަޤާތް ކުރުމަށް، (ޢަޞްރު ނަމާދުން އަވަދިވެފައިވާ) މީހަކު އޭނާއާއެކު ނަމާދުކުރަން ތެދުވުމަކުން މައްސަލައެއް ނެތެވެ. ސަބަބަކީ (ޢިލްމުވެރިންގެ ޚިލާފުތަކުގެ ތެރެއިން) އެންމެ ރާޖިޙު ބުނުމަކީ، ސަބަބަކާ ގުޅިފައިވާ ނަމާދުތަކަކީ ޢަޞްރު ނަމާދަށްފަހު ނުވަތަ ފަތިސް ނަމާދަށްފަހު ވިޔަސް ނަހީކުރެވިގެންވާ ނަމާދުތަކެއް ނޫނެވެ. ނަހީކުރައްވާފައިވަނީ ވަކި ސަބަބަކާ ނުލައި އިސްތިޘްނާނޫން ގޮތެއްގައި ސުންނަތް ނަމާދެއް ކުރަން އުޅޭ މީހާއަށެވެ. ނަހީ ކުރައްވާފައިވާ ވަޤުތުތަކުގައި ހުއްދަ ނޫން ކަމަކީ އެއީއެވެ.
— އައްޝެއިޚް މުޙައްމަދު ބުނު ޞާލިޙް އަލްޢުޘައިމީން (މަޞްދަރު)
~ ގަލަންދާނު 🖋️
ـــــــــــــــ
🎁🎁 މިމައްސަލައާއި ގުޅުން ހުރި ބައެއް ލިޔުންތައް:
⬆️ނަމާދު ކުރުން ނަހީ ވަޤުތުތައް (ފޮޓޯ)
⬆️ނަމާދު ކުރުން ނަހީ ވަޤުތުގައި ފަރުޟު ނަމާދު ޤަޟާ ކުރުމުގެ ޙުކުމް (ފަތުވާ)
⬆️ނަމާދު ކުރުން ނަހީ ވަޤުތު ތަކުގައި ސަބަބަކާއި އެކު ސުންނަތް ނަމާދެއް ކުރުމުގެ ޙުކުމް. (ފަތުވާ)
⬆️ނަމާދުކޮށްގެން ހުރި މީހާ މިސްކިތެއްގެ ޖަމާޢަތަށް ޢާދެވިއްޖެނަމަ ސުންނަތް ނަމާދެއްގޮތުގައި ބައިވެރިވާން އޮތް ޢަމުރާއި ނަހީގެ ވަޤުތެެއް ވިޔަސް އެނަމާދު ކުރެވޭނެކަން އަންގައިދޭ ޙަދީޘު (ލިޔުން)
⬆️ނަމާދުކުރުން ނަހީ ވަޤުތު ތަކުގައި ޝުކުރުަގެ ސަޖިދަ ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ (ބަސްކޮޅު)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.