ސުންނަތުން ޞައްޙަ ގޮތުގައި އައިސްފައިވާ ޝަރުޢީ ރުޤްޔާ
ސުންނަތުން ޞައްޙަ ގޮތުގައި އައިސްފައިވާ ޝަރުޢީ ރުޤްޔާ:
1- أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ* مِنْ شَرِّ مَا خَلَقَ ، (ﷲގެ ފުރިހަމަ ކަލިމަތަކުގެ ޒަރިއްޔާއިން، ޚަލްޤުވެފައިވާ އެންމެހާ ނުބަޔަކުން ރައްކާތެރިވުމަށް ޢަހަރެން އެދެމެވެ.) ރިވާކުރެއްވީ މުސްލިމް
* އެއީ ފުރިހަމަނޫން ކަމެއް އަދި ޢައިބެއްވެސް އޭގައި ނުހިމެނޭ ތަފާތުގިނަ ކަލިމަތަކެކެވެ.
2- ހަށިގަނޑުގައި ވޭން އަޅާ ތަނެއްގައި ތިބާގެ އަތް އަޅައި، ތިންފަހަރު بِاسْمِ اللَّهِ މިހެން ކިޔާށެވެ. އަދި ހަތް ފަހަރު: أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ މިހެން ކިޔާށެވެ. (މިއަޅާއަށް އިޙުސާސްމިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން، ﷲ އާއި އެެއިލާހުގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން މިއަޅާ ހޯދަމެވެ.) ރިވާކުރެއްވީ މުސްލިމް.
3- ނަބިއްޔު ﷺ އަރިހަށް ޖިބްރީލް ވަޑައިގެން ރުޤްޔާކުރައްވައި ވިދާޅުވިއެވެ: بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ (ﷲ ގެ އިސްމުފުޅުން ތިބާއަށް އުދަގޫދޭ އެންމެހާ ފަރާތަކާއެއްޗަކުން އަދި ކޮންމެ ނަފްސެއްގެ ނުބައިކަމުން ނުވަތަ ޙަސަދަވެރި އެސްފީނާ އަކުން އަހުރެން ތިބާއަށް ރުޤްޔާކުރަމެވެ. ﷲ ތިބާއަށް ޝިފާ ދެއްވާށިއެވެ. ﷲ ގެ އިސްމުފުޅުން އަހަރެން ތިބާއަށް ރުޤްޔާ ކުރަމެވެ.) ރިވާކުރެއްވީ މުސްލިމް
އަދި މުސްލިމްގެ އެގެން ބަސްފުޅެއްގައި:
بِاسْمِ اللَّهِ يُبْرِيكَ وَمِنْ كُلِّ دَاءٍ يَشْفِيكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَشَرِّ كُلِّ ذِي عَيْنٍ .
(ﷲ ގެ އިސްމުފުޅުން ތިބާގެ އެންމެހާ ބައްޔަކަށް ޝިފާދެއްވައި މިންޖުކުރައްވާށިއެވެ. އަދި ޙަސަދަލާހިނދު އެއިން ކޮންމެ ޙަސަދައަކުންވެސް އެވެ. އަދި އެސްފީނާގެ ކޮންމެ ނުބަޔަކުންވެސް އެވެ.)
4- ﷲ ގެ ރަސޫލު ﷺ ރުޤްޔާ ކުރެއްވާ އިރު ކިޔުއްވި ކަމަށް: تُرْبَةُ أَرْضِنَا، وَرِيقَةُ بَعْضِنَا، يُشْفَى سَقِيمُنَا، بِإِذْنِ رَبِّنَا (އަހަރެމެންގެ ބިމުގެ މަށިން، ބައެއްމީހުންގެ ކުޅުން، ބަލިމީހުން ޝިފާވެތޭ، އަހަރެމެންގެ ރައްބުގެ އިޛުނައިން) ދެޞަޙީޙުގައި، މިލަފުޒަކީ އަލްބުޚާރީ އިން.
5- ކަނާއަތުން (ތަދުވާ ތަނުގައި) އަތް އަޅުއްވައި ކިޔުއްވައެވެ:
اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَاسَ، اشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلاَّ شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا
(ޔާ ﷲ! އެންމެހައި މީސްތަކުންގެވެރި ރައްބެވެ! މިބަލިމަޑުކަން ފިއްލަވާނދޭވެ!
އިނބަ އިލާހީ ޝިފާ ދެއްވަވާ ފަރާތެވެ. އިނބަ އިލާހުގެ ޝިފާ މެނުވީ ޝިފާއު އެއް ނުވެއެވެ. އިބަ ﷲ ދެއްވަވާ ޝިފާގެ ސަބަބުން ބަލިމަޑުކަމުގެ އެއްވެސް އަސަރެއް މިހަށިގަނޑުގައި ނުލައްވަވާނދޭވެ!
އަދި އެދެބޭފުޅުންގެ އެހެން ރިވާޔަތެއްގައި ވާ ލަފްޡު އަކީ: امْسَحِ الْبَاسَ رَبَّ النَّاسِ، بِيَدِكَ الشِّفَاءُ، لاَ كَاشِفَ لَهُ إِلاَّ أَنْتَ (މީސްތަކުންގެ ރައްބެވެ. އުނދަގޫތައް ފިއްލަވާށިއެވެ. ޝިފާއު (ދެއްވުން)ވަނީ އިބަ އިލާހުގެ އަތްޕުޅުގައެވެ. އިބަ އިލާހު މެނުވީ ފަރާތަކަށް އެ ކަޝްފުކުރެއްވެވުން ނުވެއެވެ.)
6- أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ (އެންމެހައި ޝައިޠާނުންނާއި އަދި އެންމެހައި އެސްފީނާ ލޯތަކުން މިއަޅާ ރައްކައުތެރި ކޮށްދެއްވުމަށް ﷲ ގެ ފުރިހަމަ ބަސްފުޅުތަކުން ޙިމާޔަތަށް އެދެމެވެ.) ރިވާކުރެއްވީ އަލްބުޚާރީ އެވެ.
7- ތުރާތައް އިތުރުވާހިނދު، ﷲ އެއްކައުވަންތަ ކުރުމާއި އިޚްލާޞް ކުޅައުމުގެ ކަލިމަތައް ކިޔުން: لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ، وَرَبُّ الأَرْضِ، وَرَبُّ الْعَرْشِ الْكَرِيمِ (މަތިވެރިވެ ކެތްތެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. މަތިވެރި ޢަރުޝީގެ ވެރި ﷲ މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އުޑުތަކާއި ބިމާއި މާތް ޢަރުޝީގެ ވެރި ﷲ މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ.) ރިވާވެފައިވަނީ ދެޞަޙީޙުގައި.
8- ބަލިމީހެއް ކައިރިޔަށް ޒިޔާރަތްކޮށްފިނަމަ: «لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ» (ކަންބޮޑުނުވާށެވެ. ޠާހިރުވުމެކެވެ. إن شاء ﷲ) ރިވާކުރެއްވީ އަލްބުޚާރީ.
طَهُورٌ : (ޠާހިރުވުމެކޭ) އެބަހީ: މިބައްޔަކީ ފާފަތަކުން ތިބާ ޠާހިރުކޮށްލާ އެއްޗެކެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.