ގަލަންދާނު އެކެޑަމީގެ ކަރިކިއުލަމް
ގަލަންދާނު އެކެޑަމީގެ ކަރިކިއުލަމް
• ފުރަތަމަ ފިޔަވަހީގެ ލެވެލް 1 - ތަޢާރަފް
ދީނީ ޢިލްމު ހޯދައި އާލާ ކުރުމަށް ގިނަގުނަ ރާސްތާ ތަކާއި މާއްދާތައް ފަސޭހައިން ލިބޭން އޮތް މިދައުރުގައި، ވަރަށް ގިނަ ޒުވާނުން މިރާސްތާ ފަށައިގަންނާނޭ ތަނާއި މަގު ގެއްލިފައިވާތަން ފެނެއެވެ. މިހެންކަމުން ޢިލްމު އުނގެނުމުގެ އަސާސީ ބިންގާތައް ދޫކޮށް ގިނަވަޤުތުތަކެއް ކުދިކުދި ފަރުޢީ އަދި ވަކިވަކި ޚާއްޞަ ބަޙުޘްތަކުގައި ހޭދަކުރެވެއެވެ. ނުވަތަ މިރާސްތާމަތީ އެތަކެއް އަހަރުތަކެއް ހޭދަވާއިރު، ފަރުޟު ކުރެއްވި ޢިލްމުގެ ތެރެއިން ވަކި މަޥްޟޫޢު އަކަށް އެކަނި މީހާ ހުސްވެ ތިމާގެ މައްޗަށް ވާޖިބު އެހެން އެތައް ޢިލްމަކަށް ޖާހިލުވެ ހުރެވެއެވެ.
މިސަބަބަށްޓަކައި، ޢިލްމުގެ މިމާތް ރާސްތާ ފަށައިގަންނަ ދަރިވަރުންނަށް އެންމެ މުހިއްމު އަސާސީ ފޮތްތައް އެކުލަވާލުމަށް އަހަރެމެން ގަސްތުކުރީމެވެ. އަދި މިކަމުގެ އަސާސް އެއް ގޮތުގައި، ޝައިޚް ނާޞިރް އަލްފަހްދު ގެ (منهج مختصر في طلب العلم) އާއި ޝައިޚް ތުރްކީ ބިންޢަލީ ގެ (جدول معين للمبتدأ في طلب العلم في الدين) މިދެލިޔުމަށް ބަލައި، ދިވެހި އަދި އިނގިރޭސި ބަހުގެ ދަރިވަރުންނަށް ފަސޭހަ މިންގަނޑެއް އެކުލަވާލައި، ތަފާތު އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިޔަށްދާނޭ މަގުޗާޓެއް "ގަލަންދާނު އެކަޑެމީ" ގެ ނަމުގައި ހުށަހަޅަމެވެ.
ކޮންމެ މަރުޙަލާއެއްގައިވެސް ކިޔުމަށް ލާޒިމު ކުރެވޭ ފޮތްތަކުގެ ޢަރަބި އަޞްލާއި އެކު އެހެންޏާ އޭގެ އިނގިރޭސި ނޫނީ ދިވެހި ތަރުޖަމާ އެކުކެވިފައިވާނެއެވެ. އަދި ޢިލްމުވެރިޔެއް ނޫނީ ޢިލްމުގެ ދަރިވަރެއްގެ އެހީ ހޯދޭ ކުދިން، އެދެވިގެންވަނީ މިފޮތްތަށް އެފަދަ ފަރާތަކާއި އެކު ކިޔުމެވެ. މިހެންކަމުގައި ވިޔަސް، އަސާސީ މިފޮތްތަކުގެ ފުރަތަމަ މަރުޙަލާތަކުގައި ހޮވާލެވިފައި މިވަނީ އަމިއްލަޔަށްވެސް ކިޔައި އުނގެނެވޭނޭ މިންގަނޑަކަށް ބަލައިގެނެވެ.
ﷲ ގެ ރަސޫލު ﷺ ޙަދީޘް ކުރެއްވިއެވެ:
مَنْ يُرِدِ اَللَّهُ بِهِ خَيْرًا, يُفَقِّهْهُ فِي اَلدِّينِ — مُتَّفَقٌ عَلَيْهِ (އަޅަކަށް ހެވެއް މިންވަރު ކުރައްވަން ﷲ އިރާދަކުރައްވައިފިނަމަ، އެ އަޅަކަށް ދީނުގެ ޢިލްމު (އަދި ދީނުގެ ހެޔޮ ވިސްނުން) ދެއްވައެވެ.)
އަދިވެސްޙަދީޘް ކުރެއްވިއެވެ:
...وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إلَى الْجَنَّةِ، وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُونَهُ فِيمَا بَيْنَهُمْ؛ إلَّا نَزَلَتْ عَلَيْهِمْ السَّكِينَةُ، وَغَشِيَتْهُمْ الرَّحْمَةُ، وَ حَفَّتهُمُ المَلاَئِكَة، وَذَكَرَهُمْ اللَّهُ فِيمَنْ عِنْدَهُ...“. (رواه مسلم بهذا اللفظ)
”...ޢިލްމެއް ޙާސިލްކުރުމަށްޓަކައި (އެފަދަ) މަގަކުން ހިނގައިފިމީހާއަށް، ސުވަރުގެޔަށް ދެވޭ (މަގުތަކުންކުރެ) މަގެއް ﷲ އޭނައަށް ފަހިކޮށްދެއްވާނެއެވެ. ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް އެއްވެ، އެބައިމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވާނުލައްވާ ގޮތަކަށް، ﷲގެ ފޮތް ކިޔަވާ، އަދި އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ނަހަދައެވެ. އަދި އެބައިމީހުން ރަޙްމަތުން ވަށާލެވެއެވެ. އަދި މަލާއިކަތްބޭކަލުން އެބައިމީހުން ވަށާލައްވައެވެ. އަދި ﷲ އެއިލާހުގެ ޙަޟްރަތުގައިވާ ބޭކަލުންގެ (މަލާއިކަތް ބޭކަލުންގެ) އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ.“
ދުޢާއަކީ އަދި އުއްމީދަކީ މިމަސައްކަތުގައި ﷲ ބަރަކާތްލައްވަ ގިނަ މަންފާޢުތަކެއް އެންމެހާ މުސްލިމުންނަށް ލެއްވެވުމެވެ.
~ ގަލަންދާނު އެކެޑެމީ
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.