އުސްތާޛް ކަމާލް އައްސަނާނީރީ އާއި އަދީބާ، އަމީނާ ޤުޠުބު ގެ ހާޔާތަށް ނަޒަރެއް
📌އުސްތާޛް ކަމާލް އައްސަނާނީރީ އާއި އަދީބާ، އަމީނާ ޤުޠުބު ގެ ހާޔާތަށް ނަޒަރެއް
1954 ގައި މިޞްރުގެ އަނިޔާވެރި ޠާޣޫތު ޖަމާލް ޢަބްދުއް ނާޞިރު، ދީނީ ދަޢުވަތުގެ އުސްތާޛު، ކަމާލް އައްސަނާނީރީ ހައްޔަރުކުރިއެވެ. ތުހުމަތަކީ "ﷲ އަށްޓަކައި މަސައްކަތްކުރުމެވެ." އަދި ދަންޖެއްސުމަށް ޙުކުމް ކުރިއެވެ. ދެން އެ ލުއިކޮށް 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ!!
އަދި އަނިޔާގެ ސަބަބުން ހަށިގަނޑު އަނަރޫފަވެވަޑައިގަތެވެ. އެހެނަސް ރޫޙު އީމާންކަމުގައި ވަރުގަދަވިއެވެ. އަދި ހައްޔަރު ކުރެވުނުތާ 5 އަހަރު ތެރޭ ހޮސްޕިޓަލުގައި އެޑުމިޓުކުރެވުނެވެ.
އެތަނުގައި ސައްޔިދު ޤުޠުބު އާއި ބައްދަލުވެވަޑައިގަތެވެ!
އަދި އެބޭފުޅާ ބޮޑަށް އެގިދެނެވުމަށްފަހު، އެބޭފުޅާގެ އުޚްތު، އަމީނާ ޤުޠުބު އާއި ކައިވެނި ބައްލަވައިގަތުމަށް ޢެދި ދެންނެވިއެވެ. އެކަމަނާ ހޮސްޕިޓަލުގައި ޒިޔާރަތް ކުރެއްވުމުގެ ތެރޭ އެވާހަކަދެންނެވުމުން، އުމުރަށްޖަލަށް ލެވިފައިވާ ބޭކަލަކާއި ކައިވެނި ކުރުމަށް މި ޒުވާން، ޝާޢިރާ އަދި އަދީބާ އާނ ބަސް ދަންނަވައި ހައިރާން ކުރުވިއެވެ.
އަދި ކައިވެނީގެ ޢަޤުދުކުރެވުނެވެ.
އެކަމަނާ ޖަލަށް ކުރައްވާ ޒިޔާރަތްތަކުން މިބޭކަލުންގެ ގުޅުން އިތުރަށް ބަދަހިވިއެވެ. އޭރު ޒިޔާރަތް ކުރައްވަނީ އެކަމަނާގެ ދެ އަޚުން، މުޙައްމަދު (އައްޝެއިޚް މުޙައްމަދު ޤުޠުބު) އަދި ސައްޔިދު ޤުތުބުގެ ގާތަށެވެ. މިއާއި އެކު އެކަމަނާގެ ފިރިކަލުންނަށް ކުރައްވާ ޒިޔާރަތް އިތުރުވިއެވެ. އަދި އެކަމަނާއަކީ އެ ފަހުލަވާނު ފިރިކަލުންގެ ސަޕޯޓަރެކެވެ.
އަހަރުތައް ފާއިތުވެ، އެކަމަނާ ވަރުބަލިވެދާނޭ ކަމަށް އުސްތާޛް ކަމާލް ހީފުޅުވެވަޑައިގެން ކައިވެނި ނިންމަވާލެއްވުމަށް ހުށަހެޅުވިއެވެ. އަދި ވިދާޅުވިއެވެ: "ދުވަސްތައް ދިގުލައިފިއެވެ. އަދި ކަމަނާ މިބުރަ އުފުލުމަކަށް އަހަރެންނެއް ނޭދެމުއެވެ. މިކައިވެނި ކުރި އިރުވެސް މާދަން މިނިވަން ވާނޭ ކަމަށް އަހަރެން ނުބުނަމެވެ. އެހެނަސް 20 އަހަރު އޭގައިވިއެވެ. އަދި އަޖަލު ހަމަވަނީއެވެ. އަދި އަހަރެން މިވަނީ މިތަނުގައެވެ. އެހެނަކަމުން ކަމަނާއަށް ވަރިވުމުގެ މިނިވަންކަން ވެއެވެ. އެއީ ކަމަނާގެ އުމުރުގެ ބާކީއޮތްތަނެއް ޞާލިހުކަމާއި އެކު ދިރިއުޅުމަށެވެ. އަދި ކަމަނާގެ އުފަލަށް ވާ ހުރަހަކަށް ވުމަށް އަހަރެންނެއް ނޭދެމެވެ. އަދި ނުވެސް ރުހެމެވެ. އަހަރެމެން މިނިވަން ވުމަށްޓަކައި އެވެރިން ޝަރުތުއެކުރަނީ އަނިޔާވެރިންނަށް (ޠާޣޫތުންނަށް) ތާއީދުކުރުމަށެވެ. އެވެރިން އެ އެދޭ އެއްޗެއް - ﷲ ގެ އިޛުނަފުޅާއި އެކު - އަހަރެން ދެފަޅިކޮށްލިޔަސް ނުދޭހުށީމެވެ. އެހެންކަމުން ކަމަނާއަށް މިޔަދު އިޚްތިޔާރުކުރުން ވެއެވެ. އަދި ކަމަނާ އެދޭގޮތް އަހަންނަށް ލިޔާށެވެ. އަދި ﷲ ކަމަނާއަށް ހެޔޮގޮތް އެކަމުގައި މިންވަރު ކުރައްވާށިއެވެ."
އަނބިކަނބަލުން، އަމީނާ ޤުޠުބުގެ ޖަވާބުގައިވިއެވެ. "އަހަރެން ޚިޔާރުކުރަނީ ކަލާގެ މަގެވެ... ޖިހާދާއި ޖަންނަތުގެ މަގެވެ. ޘާބިތުކަމާއި ޤުރުބާނީގެ މަގެވެ. ޔަޤީނާއިއެކު، އެއްވެސް ގުޑުމެއް އަދި ހިތާމަޔެއްނުވާ ، އެއަކަށް އަހަރެމެން އަހުދުވެފައިވާ ޢަޤީދާގެ ވަރުގަދަ ގޮށުގެ މަތީ ދެމިހުރުމަށެވެ.!!"
އަދި އޭގެ 17 އަހަރު ފާއިތުވުމަށްފަހު، ކަމާލް އައްސަނާނީރީ، 1973 ގައި ޖަލުން މިނިވަންވެ ވަޑައިގެނެވިއެވެ.
އެ ވަފާތެރި އަނބިކަނބަލުންނާއި ބައްދަލުވެ، އުފާވެރިކަމުގެ އަހަރުތަކެއް އެކަމަނާގެ ލޯތްބާއި، ﷲ އަށްކިޔަމަންތެރިވުމާއި ތަޤުވާގައި ހޭދަކުރެއްވިއެވެ.
އަދި ވަރުބަލިކަމެއްނެތި ދީނީ ދަޢުވަތުގައި މަސައްކަތް ކުރައްވަމުންގެންދެވިއެވެ. ޖަލުގައި ހޭދަކުރެއްވީ ހަނގުރާމަވެރިޔެއް އަރާމުކޮށްލުންފަދައެވެ. ނޫނީ އުޅަނދަކަށް ތެޔޮއަޅާލަން މަޑުޖައްސާލުންފަދައެވެ.
އަދި ﷲ ގެ ކަލާން ފުޅު "واعبد ربك حتى يأتيك اليقين" ދަސްކުރައްވައި އަމަލުކުރެއްވިއެވެ.
އަދި އަފްޣާން ޖިހާދުގެ މައިކުރިތަކުގެ ތެރެއިން ކުރިއެއް އަދި އޭގެ އުސްތާޛުންގެ ތެރެއިން ވެލެއްވިއެވެ.
ދެން އަނެއްކާވެސް، އަނިޔާވެރިކަމާއި ޢުދުވާނުގެ އަތްމައްޗަށް 1981 ރައްދުވިއެވެ. އަދި ދެވަނަފަހަރަށް، އަދި އެންމެ ފަހު ފަހަރެއްގެ ގޮތުގައި ހައްޔަރުވިއެވެ.
އަދި މިޞްރުގެ އިންޓެލް ގެ އަތްދަށު އަނިޔަލުގައި، ﷲ ގެ އިޛުނަފުޅާއިއެކު ޝަހީދެއްގެ ނިޢުމަތް ޙާޞިލް ކުރެއްވިއެވެ.
އެހެންކަމުން، މިއަންނަނިވި ޅެންބައިތު ތަކަކީ، ކެތްތެރި އަނބިކަނބަލުން އަމީނާ ޤުޠުބު، އެކަމަނާގެ ފިރިކަލުން އަލް އުސްތާޛް ކަމާލް އަލްސަނާރިރީ رحمه الله އަށް ތައުޒިޔާ ވިދާޅުވެ ލިއުއްވި ބައިތުތަކެކެވެ. އަދި އޭގެ ފުރަތަމަ ބަޔަކީ ހައްޔަރުވެވަޑައިގަތުމާއި ވިދިގެންނެވެ. އަދި އޭގެ ފަހުބަޔަކީ ޝަހީދުވެވަޑައިގަތުމާއިވިދިގެންނެވެ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.