ފޮތާއި ސުންނަތުން ކަށަވަރުވެފައިވާ ދުޢާތަކުގެތެރޭގައި ދަރަނިވެރިވުމުން ރައްކައުތެރިވުމަށް ﷲ ޙަޟުރަތުން އެދުން ހިމެނެއެވެ
ފޮތާއި ސުންނަތުން ކަށަވަރުވެފައިވާ ދުޢާތަކުގެތެރޭގައި ދަރަނިވެރިވުމުން ރައްކައުތެރިވުމަށް ﷲ ޙަޟުރަތުން އެދުން ހިމެނެއެވެ:
ޢާއިޝާ رضي الله عنها ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ ﷺ ނަމާދުގައި މި ފަދައިން ދުޢާ ކުރައްވައެވެ:
«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَفِتْنَةِ الْمَمَاتِ ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْمَأْثَمِ وَالْمَغْرَمِ»
(އޭ ﷲ! ކަށްވަޅުގެ އަޒާބުން ރައްކާތެރި ކޮށްދެއްވުމަށް އެދި ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ޙަޟްރަތައް ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިއުޅުމުގެ ފިތުނައާއި މަރުވުމުގެ ފިތުނައިން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ފާފަ ކުރުމާއި ދަރަނިވެރިވުމުން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ.)
މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ: ”ދަރިނިވެރިވުމުން ރައްކައުތެރިކޮށްދިނުމަށް ކަލޭގެފާނު ދުޢާކުރައްވާގޮތް ހާދަގިނައެވެ.“ އެހެންކަމުން ޙަދީޘް ކުރެއްވިއެވެ:
«إِنَّ الرَّجُلَ إِذَا غَرِمَ حَدَّثَ فَكَذَبَ، وَوَعَدَ فَأَخْلَفَ»
(ހަމަކަށަވަރުން މީހަކު ދަރަނިވެރި ވެއްޖެނަމަ، ވާހަކަ ދައްކައި ދޮގު ހަދައެވެ. ވަޢްދުތައްވެ އެއާއި ޚިލާފުވެއެވެ.)
[އިއްތިފާޤުވެލައްވާފައިވާ ޙަދީޘެއް]
— އައްސަޢްދު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.